ޕޭ ހާމަނައިޒްކުރިއިރު ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވި ކަމަށް މުއިއްޒު އެއްބަސްވެވަޑައިގެންފި

މުހައްމަދު މުއިއްޒު: މިދިޔަ ސަރުކާރުން ފެށި ޕޭ ހާމަނައިޒްކުރުމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުން ޕޭ ހާމަނައިޒްކުރިއިރު ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުނުވާ ކަމަށް އެމަނިކުފާނު ވަނީ އެއްބަސްވެވަޑައިގެންފައި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: މިދިޔަ ސަރުކާރުން ފެށި ޕޭ ހާމަނައިޒްކުރުމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުން ޕޭ ހާމަނައިޒްކުރިއިރު ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުނުވާ ކަމަށް އެމަނިކުފާނު ވަނީ އެއްބަސްވެވަޑައިގެންފައި -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ މުސާރަތައް އެއްހަމަ ކުރަން މިދިޔަ ސަރުކާރުން ފެށި ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ދަށުން މި ސަރުކާރުން ޕޭ ހާމަނައިޒްކުރިއިރު ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވި ކަމަށް ރައީސް މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންފި އެވެ. 

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ދަށުން މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުން ވައުދުވިޔަސް، ޕޭ ހާމަނައިޒްގެ ދަށުން ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވިކަމީ ހަގީގަތެއް ކަމަށެވެ. 

"ޕޭ ހާމަނައިޒޭޝަންގެ ތެރެއިންވެސް ގެއްލުންތަކެއް ނޫނިއްޔާ އެންމެ އެދެވޭ ގޮތަށް އެކަން ނުކުރެވި ތިބި މުވައްޒަފުން ތިބި. އެއީ ހަމަ ހަގީގަތް. އަޅުގަނޑު ނިންމީކީ އެހެނެއް ނޫން ދެއްތޯ. އަޅުގަނޑު ހުރިހާ ރައްޔިތުންނަށްވީ ވައުދަކީ މުސާރަ ބޮޑުކޮށްދޭން. އެހެންނަމަވެސް އަޅުގަނޑު މި ފާހަނގަވީ އެކި ސަބަބުތަކާ ހެދި ޕޭ ކޮމިޝަނުން ޕޭ ހާމަނައިޒްކުރިއިރު މުސާރަ ބޮޑުނުވެ އެހެންނަމަވެސް ކުޑަވިވެސްވި ބައެއް ފަރާތްތައް ތިބިކަން އެނގިފައިވަނީ،" މުއިއްޒު ވިދާޅުވި އެވެ.  

މުއިއްޒު ވިދާޅުވީ ޕޭ ހާމަނައިޒްކުރިއިރު މުވައްޒަފުންގެ މުސާރަ ބޮޑުނުވުމުގެ މައްސަލަ ހައްލުކޮށް މިހާރު ނިމިފައިވާ ކަމަށާއި ޖުމްލަކޮށް މުސާރަ ބޮޑުނުވެ ތިބި އެންމެންގެ މުސާރަ ދެން މުސާރަ ލިބިގެންދާއިރު ހައްލުވާނެ ކަމަށެވެ. 

"މިފަހަރު މުސާރަ ލިބޭއިރު، އަޅުގަނޑު މިއަދު ހެނދުނު އެންމެ ފަހުން މައުލޫމާތު ނަގައިގެން މިއައީ ޕޭ ކޮމިޝަނުގެ ފަރާތުން. މިފަހަރު މުސާރަ ލިބޭއިރު އިރާދަކުރެއްވިއްޔާ ޖުމްލަކޮށް ވަކިވަކި އިންޑިވިޖުއަލް ކޭސަސް ނުހުންނާނެ ވާހަކައެއް ނޫން. އެކަމަކު ޖުމްލަކޮށް މިކަހަލަ މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ،" މުއިއްޒު ވިދާޅުވި އެވެ. 

ޕޭ ހާމަނައިޒްކުރިއިރު އެޗްއާރް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންނާއި ލީގަލްގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ކުޑަވި ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

މުސާރަތައް އެއް ހަމަ ކުރުމުގެ ސިޔާސަތުގެ ބިންގަލަކީ، މީގެ ދިހަ އަހަރު ކުރިން ފާސްކޮށްފައިވާ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނެވެ. މި ގާނޫނު 2016 ގައި ފާސްކުރި ނަމަވެސް ފުރަތަމަ ދެ އަހަރު މި ގާނޫނުގައި ބުނާ މަގުސަދުތައް ހާސިލުވާނެ އެއްވެސް ބަދަލެއް މުސާރަތަކަށް ނުގެނެ އެވެ.

މި މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެ ސަރުކާރުގެ ދައުރުގެ ވަރަށް ކުރީކޮޅު ނޭޝަނަލް ޕޭ ކޮމިޝަނަށް އާ މެންބަރުން ނަގައި، އެ ކޮމިޝަނުގެ މައިގަނޑު މަސައްކަތަކީ "ޕަބްލިކް ސާވިސް ޕޭ ފްރޭމްވާކް" އެއް އެކުލަވާލުން ކަމުގައި ކަނޑައެޅި އެވެ.

އޭރު ސަރުކާރުން ބުނީ 2020 ވަނަ އަހަރުން ފެށިގެން މުސާރަތައް ބޮޑުކުރަން ފަށާނެ ކަމަށެވެ. ނަމަވެސް އެ އަހަރު ލައިގަތް ކޮވިޑު19 ބަލިމަޑުކަމުގެ ތެރޭގައި އިގުތިސޯދު އަޑިއަޅާލުމުން މި ސިޔާސަތު ތަންފީޒުކުރުން ފަސްކުރި އެވެ.

ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ފުރަތަމަ ބޮޑު ކުރީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކެވެ. އެއީ މެއި، 2022 ގައި، އެވެ. އެ ފަހުން މާޗު، 2023 ގައި މަތީ ތައުލީމު ދާއިރާގެ މުސާރަތައް ބޮޑުކުރި އެވެ. އަދި މެއި، 2023 ގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރި އެވެ.

މުހައްމަދު މުއިއްޒު ވެސް ވަނީ މި ސިޔާސަތު ކުރިއަށް ގެންދަން ނިންމަވައި، މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފަ އެވެ. އޭގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީ މުވައްޒަފުންނާއި ކައުންސިލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެ އެވެ.

މި އަހަރުގެ ތެރޭގައި ބޮޑުކުރަން ހުރި މުސާރަތައް ބޮޑުކުރުމާއެކީ، ހުރިހާ ދާއިރާއެއްގެ މުސާރަތައް އެއްހަަމަ ކުރެވުނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox