ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓް ބޮޑުކުރިކަން ރައީސް އިއުލާންކުރައްވައިފި

ހިރިލަންދޫ ސްކޫލްގެ 71 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ؛ ލެކްޗަރާއިންގެ މުސާރައަށް ގެނައި ބަދަލު އިއުލާންކުރައްވައިފި

ހިރިލަންދޫ ސްކޫލްގެ 71 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ؛ ލެކްޗަރާއިންގެ މުސާރައަށް ގެނައި ބަދަލު އިއުލާންކުރައްވައިފި

ސަރުކާރު ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސަންޓަށް އިތުރުކޮށްފައިވާ ކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއުލާންކުރައްވައިފި އެވެ.

ތ. ހިރިލަންދޫ ސްކޫލްގެ 71 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މުސާރައިގެ މި ކުރިއެރުމާއެކު، އާންމު ލެކްޗަރާއިންނަށް ކުރިން ލިބެމުން އައީ 18،680ރ. ކަމަށް ވިޔަސް މި މަހުން ފެށިގެން އިތުރު ވަގުތުގެ ފައިސާ ނުހިމަނައި، 29،900ރ. ލިބޭނެ ކަމަށެވެ.

"މިއީ 59 އިންސައްތައިގެ ކުރިއެރުމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސީނިއާ ލެކްޗަރާއަކަށް ކުރިން 20،830ރ. ލިބުނު ނަމަވެސް، މި މަހުން ފެށިގެން 34،000ރ. ލިބޭނެ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި ޔުނިވާސިޓީތަކުގެ އެހެން ސީނިއާ މަގާމުތަކުގައި ތިބި ޕްރޮސެފަރުންނާއި ލެކްޗަރާއިންގެ މުސާރައަށް ގެނައި ބަދަލު އިއުލާންކުރެއްވި އެވެ.

ލެކްޗަރާއިންގެ މުސާރައަށް ގެނައި ބަދަލުތައް؛

  • އެސިސްޓެންޓް ޕްރޮފެސާ - 23،500ރ. އިން 39،400ރ. އަށް
  • އެސޯސިއޭޓް ޕްރޮފެސާ - 26،000ރ. އިން 45،000ރ. އަށް
  • ޑީން - 30،000ރ. އިން 38،000ރ. އަށް
  • ރަޖިސްޓްރާ - 23،000ރ. އިން 42،000ރ. އަށް
  • ޑެޕިއުޓީ ވައިސް ޗާންސެލަރު - 39،000ރ. އިން 48،000ރ. އަށް
  • ވޮކޭޝަނަލް އެސޯސިއޭޓް ލެކްޗަރާ - 14،000ރ. އިން 26،000ރ. އަށް
  • ވޮކޭޝަނަލް ލެކްޗަރާ - 17،000ރ. އިން 29،000ރ. އަށް
  • ވޮކޭޝަނަލް ސީނިއާ ލެކްޗަރާ - 17،000ރ. އިން 34،000ރ. އަށް

ލެކްޗަރާއިންގެ އިތުރަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަ ވެސް އަންނަ މެއި މަހުން ފެށިގެން ބޮޑުވާނެ ކަމަށް، މިދިޔަ މަހު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ސިއްހީ ދާއިރާގެ އިތުރުން ބައެއް އެހެނިހެން މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް މެއި މަހުން ފެށިގެން އެލަވަންސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު ޓީޗަރުންގެ މުސާރަ ވެސް ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ. ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ޓީޗަރުންނާއި، އެޑިއުކޭޝަން ޕްރޮފެޝަނަލްސްގެ މުސާރަ، ގާތްގަނޑަކަށް 50 ޕަސެންޓަށް ކުރިއެރުން ގެނެސްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox