ނޭޝަނަލް ޕޭ ކޮމިޝަން
4 ލިޔުން
ހަބަރުކައުންސިލްތަކުގެ އެސްޖީންގެ މުސާރަ ބޮޑުތަނުން ކުޑަކޮށްފި
ޕާމަނަންޓް ސެކެޓްރީންނާއި ކައުންސިލްތަކުގެ އެސްޖީންގެ މުސާރަ އާއި އިނާޔަތްތައް އޮގަސްޓް 1، އިން ފެށިގެން ބޮޑުތަނުން ކުޑަކުރުމަށް ޕޭ ކޮމިޝަނުން ވަނީ ނިންމާފައި. މި ބަދަލާއެކު ރަށު ކައުންސިލްތަކުގެ އެސްޖީންގެ މުސާރައިން 10،000ރ އާއި 15،000ރ އާ ދެމެދުގެ އަދަދެއް އުނިވާނެ.
ހަބަރުނިންމުން ބަދަލުކޮށް އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ކުޑަކޮށްފި
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ހުރެ، ޕޭ ކޮމިޝަނުން ވަނީ އެ ނިންމުން ބަދަލުކޮށް މުސާރަ ކުޑަކޮށްފައެވެ. މިގޮތުން ރަށްރަށުގެ ކޮމިޓީ ރައީސުންގެ މުސާރަ 15،000 ރުފިޔާއަށް އަދި ސިޓީތަކުގެ ރައީސުންގެ މުސާރަ 20،000 ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ. އާންމު މެންބަރުންގެ މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު، މީގެ ކުރިން މުސާރަ ކުޑަވެގެން މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
