އެހީ ހިފައިގެންދިޔަ ބޯޓަކުން ހައްޔަރުކުރި ދެ އެކްޓިވިސްޓުން އިސްރާއީލުން ޑީޕޯޓްކޮށްލައިފި

May 10, 2026, 11:25 AM
ބްރެޒިލްގެ އެކްޓިވިސްޓް ތިއާގޯ އަވީލާ. -- ފޮޓޯ: ރޮއިޓާސް

ބްރެޒިލްގެ އެކްޓިވިސްޓް ތިއާގޯ އަވީލާ. -- ފޮޓޯ: ރޮއިޓާސް

ގައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި ފްލޮޓިލާއެއްގައި ތިއްބާ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި ދެ އެކްޓިވިސްޓުން ކަމަށްވާ ސްޕެއިންގެ ސައިފް އަބޫ ކޭޝެކް އާއި ބްރެޒިލްގެ ތިއާގޯ އަވީލާ، އިސްރާއީލުން އިއްޔެ ޑީޕޯޓްކޮށްލާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މި ދެ އެކްޓިވިސްޓުންނަކީ އިސްރާއީލުން ގައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށާއި އެ ސަރަހައްދަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް، މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު ސްޕެއިން އިން ފުރި "ސެކަންޑް ގްލޯބަލް ސުމޫދު ފްލޮޓިލާ" ގައި ބައިވެރިވި ދެ މީހުންނެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ހައްޔަރުކުރުމަ ށްފަހު އެ މީހުން ގެންދިޔައީ އިސްރާއީލަށެވެ.

Advertisement

އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އަބޫ ކޭޝެކްގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކާ ގުޅުން އޮތް ކަމުގެ ތުހުމަތު ކުރެވޭއިރު، އަވީލާގެ މައްޗަށް ކުރަނީ ގައިރު ގާނޫނީ ހަރަކާތްތަކެއް ހިންގި ކަމުގެ ތުހުމަތެވެ. ނަމަވެސް، މި ދެ މީހުން ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އެ މީހުން ބުނި ގޮތުގައި އެއީ ގައްޒާގެ އާންމު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގެ އިންސާނީ މިޝަނެއްގައި އުޅުނު ބައެއް ކަމަށާއި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އެ މީހުން ހައްޔަރުކުރުމަކީ ގާނޫނާ ހިލާފު އަމަލެކެވެ.

ގައްޒާގެ ކަންކަން ބަލަހައްޓަމުން ގެންދަނީ ފަލަސްތީނުގެ ހަމާސް އިންނެވެ. އިސްރާއީލާއި ހުޅަނގުގެ ގިނަ ގައުމުތަކުން ހަމާސް ކަނޑައަޅާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox