ގްލޯބަލް ސުމޫދު ފްލޮޓިލާ

4 ލިޔުން

ފަހުގެ

އިޒްރޭލްގެ ވަޒީރުންނާ ދެކޮޅަށް އިޓަލީން ތަހުގީގެއްދުނިޔެ

އިޒްރޭލްގެ ވަޒީރުންނާ ދެކޮޅަށް އިޓަލީން ތަހުގީގެއް

ގައްޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓުތަކުގައި ތިބި އެކްޓިވިސްޓުންނަށް އަނިޔާކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އިޒްރޭލުގެ ދިފާއީ ވަޒީރާއި އަސްކަރިއްޔާގެ އިސް ވެރިންނާ ދެކޮޅަށް އިޓަލީން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ހިންގަނީ އިޓަލީގެ 50 ރައްޔިތަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން، ރަހީނުކުރުމާއި، ލާއިންސާނީ އަނިޔާ ދިނުމާއި، ޖިންސީ ގޯނާކުރުން ފަދަ ސީރިއަސް މައްސަލަތަކެއް ބެލުމަށެވެ.

ފްލޮޓިލާ ބައިވެރިންނަށް އަނިޔާކުރި މައްސަލަ މެލޭޝިއާއިން ކޯޓަށްދުނިޔެ

ފްލޮޓިލާ ބައިވެރިންނަށް އަނިޔާކުރި މައްސަލަ މެލޭޝިއާއިން ކޯޓަށް

ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި "ގްލޯބަލް ސުމޫދު" ފްލޮޓިލާގެ ބައިވެރިން ރަހީނުކޮށް އަނިޔާކުރި މައްސަލަ އިސްރާއީލާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅުމަށް މެލޭޝިއާ ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މިކަމާ ގުޅޭ ގާނޫނީ ހެކިތައް އެއްކޮށް ނިމުނުހާ އަވަހަކަށް މައްސަލަ ހުށަހަޅާނެ ކަމަށާއި، މީގެ އިތުރުން ޑިޕްލޮމެޓިކް ގޮތުން ވެސް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރާނެ ކަމަށް މެލޭޝިއާއިން ވަނީ ހާމަކޮށްފައެވެ.