15 ޕޮއިންޓަށް ސެޓު ކުޅޭ ގަވާއިދު ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ އިން ފާސްކޮށްފި

Apr 26, 2026, 10:00 AM
ރާއްޖޭގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ރާއްޖޭގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދުނިޔޭގެ އެންމެ ގިނަަ ދުވަސްވީ އެއް ކުޅިވަރު، ބެޑްމިންޓަންގެ ސެޓުތައް ކުޅޭ ސްކޯރިން ސިސްޓަމް، 15 ޕޮއިންޓަށް ބަދަލުކުރަން، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މެމްބަރުން އިއްޔެ ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ. 

މީގެ ކުރިން، ބެޑްމިންޓަން ކުޅެފައިވަނީ، 21 ޕޮއިންޓަށެވެ. އެއީ، ސީދާ ދެ ސެޓުން ނޫނީ ތިން ސެޓު ކުޅެގެން މޮޅުވާ ކުޅުންތެރިއެއް ކަނޑައަޅާ ގޮތަށެވެ. އެކަމަކު، އިއްޔެ ބީޑަބްލިއުއެފް ކޮންގްރެސް އިން ފާސްކުރި އާ ގަވާއިދުގައި ބުނެފައިވަނީ، 2027 ވަނަ އަހަރުން ފެށިގެން، ރަސްމީކޮށް މެޗުތައް ކުޅޭނީ 15 ޕޮއިންޓަށް ސެޓެއްގެ ސްކޯ ކަނޑައަޅާ ގޮތަށެވެ. އެއްވަރުވަމުންދާނަމަ، 21 ޕޮއިންޓާ ހަމައަށް ކުރިއަށްދާނީ ދެ ޕޮއިންޓުގެ ލީޑެއް ލިބެންދެނެވެ. އޭގެ ފަހުން، އެއް ޕޮއިންޓުން ވެސް ސެޓެއްގެ މޮޅުވާ ކުޅުންތެރިއަކު ކަނޑައެޅޭނެ އެވެ.

މި ގަވާއިދަށް އަމަަލުކުރަން ފަށާ ތާރީހެއްގެ ގޮތުގައި ފާސްކޮށްފައި އޮތީ، ޖެނުއަރީ 4، 2027 އިން ފެށިގެންނެވެ. ގަވާއިދަށް މި ބަދަލު ގެންނަން 198 މެމްބަރުން ވޯޓު ދީފައިވެ އެވެ. އެއީ، ވޯޓުގެ 82.16 ޕަސެންޓެވެ. އަދި، ގަވާއިދާ ދެކޮޅަށް، 17.84 ޕަސެންޓް، 43 މެމްބަރުން ވޯޓު ދީފައިވެ އެެވެ. 

ޑެންމާކުގައި، އިއްޔެ ކުރިއަށްދިޔަ ބީޑަބްލިއުއެފް އަހަރީ އާންމު ޖަލްސާގައި، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން، ބީއޭއެމްގެ ރައީސް އިޝްފާން މުހައްމަދު (އިއްޕަ) ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. 

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ރައީސް، ކުންޔިން ޕަަތަމާ ލީސްވަޑްޓްރަކުލް ވިދާޅުވީ، މިއީ، ބެޑްމިންޓަންގެ މުސްތަގުބަލަށް ވިސްނައި ގެނެވުނު ބޮޑު ބަދަލެއް ކަމަށެވެ. އަދި، މި ބަދަލާ އެކު، ބައިނަލްއަގުވާމީ ލެވަލްގެ މެޗުތައް މިހާރަށް ވުރެން ބޮޑަށް ފޯރިގަދަވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

މިދިޔަ އަހަރު ބީޑަބްލިއުއެފްގެ 10 މުބާރާތެއް ވަނީ 15 ޕޮއިންޓުގެ ސްކޯރިން ސިސްޓަމަށް ކުޅެފަ އެވެ. އެ މުބާރާތްތަކުގައި، އެންމެ އަވަސް ފައިނަލަކީ އަންހެން ޑަބަލްސް އެވެ. އެއީ، 12 މިނިޓުން ނިމުނު ފައިނަލެކެވެ. ހުރިހާ ފައިނަލް މެޗެއް ވެސް 50 މިނިޓަށް ވުރެން އަވަހަށް ވަނީ ނިމިފަ އެވެ. މިކްސް ޑަބަލްސް މެޗެއް އެންމެ ގިނައިރު ވަންދެން ކުރިއަށްދިޔައީ، 35 މިނިޓަށެވެ. އެ 10 މުބާރާތުގެ 50 ފައިނަލަށް ބަލާއިރު، އެވްރެޖް މިނިޓަކީ، 29،9 މިނިޓެވެ. އަދި، އެ މެޗުތަކުގެ އެންމެ ދިގުކޮށް ނިމުނު މެޗުތަކަކީ އަންހެން ޑަބަލްސް އެވެ. އެވްރެޖް މިނިޓަކީ، 32.5 މިނިޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox