ސާފް ވިމެންސް ޗެމްޕިއަންޝިޕް: ރާއްޖެ އާއި އިންޑިއާ އަދި ބަންގްލަދޭޝް އެއް ގްރޫޕަކަށް

Apr 22, 2026, 2:29 PM
ގައުމީ އަންހެން ފުޓްބޯޅަ ޓީމުން މިދިޔަ އަހަރު އިންޑިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުން މިދިޔަ އަހަރު އިންޑިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން.

އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ އަދި ބަންގްލަދޭޝް، އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ. 

މި ފަަހަަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 25 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގޯއާގެ ފަޓޯޑާ ސްޓޭޑިއަމްގައި ކުރިއަށްދާ މުބާރާތުގަައި ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް ބަންގްލަދޭޝް އަކީ އެންމެ ފަހުން ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން އެވެ. އަދި، މި ގްރޫޕްގައި ދެން އޮތް އިންޑިއާ އިން ވަނީ ފަސް ފަހަރު މި މުބާރާތުގެ ތަށި ހޯދައިފަ އެވެ.

ރާއްޖޭން ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ހޯދި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރީ 2016 ވަނަ އަހަރު ބޭއްވި މުބާާރާތުގަ އެވެ. އެ ފަހަރު ރާއްޖޭން ސެމީ ފައިނަލަށް ދަތުރުކުރީ ފުރަތަމަ މެޗުން 5-2 އިން ސްރީ ލަންކާ ބަލިކޮށް، ދެ ވަނަ މެޗުން 9-0 އިން ނޭޕާލް އަތުން ބަލިވި ނަމަވެސް ފަހު މެޗުގައި 3-1 އިން ބޫޓާންގެ މައްޗަށް ކުރިހޯދައިގެންނެވެ. ސެމީ ފައިނަލުގައި ބަލިވީ ބަންގްލަދޭޝް އަތުން 6-0 އިންނެވެ. 

މި ފަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ޕާކިސްތާނުން ވާދަނުކުރެ އެެވެ. އިންޑިއާގައި މުބާރާތް ހޯސްޓްކުރާތީވެ، ޕާކިސްތާނުން ޓީމު ނުފޮނުވަން ނިންމީ އެވެ. ގްރޫޕް އޭގައި ހިމެނެނީ ނޭޕާލް، ސްރީ ލަންކާ އަދި ބޫޓާން އެވެ. 

އެންމެ ފަހުން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުުޅުނު ފުރަތަމަ މެޗުން 1-0 އިން ލަންކާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ނޭޕާލް އަތުން 11-0 އިން ބަލިވި އެވެ. އަދި، ތިން ވަނަ މެޗުގައި ބޫޓާން އަތުން ބަލިވީ 13-0 އިންނެވެ. 

ގައުމީ އަންހެން ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުގެ ކުރީކޮޅުގައި ވަނީ އިންޑިއާއާ ދެކޮޅަށް އެ ގައުމުގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅެފަ އެެވެ. ފުރަތަމަ މެޗުން ރާއްޖެ 14-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ބަލިވީ 11-1 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox