ސާފް ޗެމްޕިއަންޝިޕްގައި ވީއޭއާރް ބޭނުންކުރަން މަޝްވަރާތަކެއް

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ މި އަހަރުގެ މުބާރާތުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ހޯސްޓްކުރީ 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގަ އެވެ. އޭގެ ފަހުން، އެ މުބާރާތް މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި ނަމަވެސް، އޭރު ވާހަކަ ދެކެވުނު ހޯމް އެންޑް އަވޭ ފޯމެޓަށް މުބާރާތް ބޭއްވޭނެ ގޮތެއް ހަމަނުޖެހި، މި އަހަރަށް ފަސްކުރަން ޖެހުނީ އެވެ. އެކަމަކު، މިހާރު ވާހަކަތައް ދެކެވެމުން އަންނަ ގޮތަށް ބަލާއިރު، މި ފަހަރު ވެސް މުބާރާތް ކުރިއަށްދާނީ ސެންޓްރަލައިޒްކޮށް، ކުރިން ވެސް ބާއްވަމުން އައި ގޮތަށެވެ.  ސާފް ޗެމްޕިއަންޝިޕް، މި އަހަރު ބަންގްލަދޭޝްގައި ބޭއްވުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށް ސަރަހައްދުގެ ގިނަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.  އެ ގޮތުން، ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސާފް އިން މިހާރު ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު 21 އިން އޮކްޓޫބަރު މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި ހޯސްޓްކުރުމަށް ކުރަން ޖެހޭ ގިނަ ކަންކަން ނިންމައިފަ އެެވެ. 

އެކަމާ ގުޅޭގޮތުން، ސާފްގެ އޮފިޝަލަކު، "އަދަދު ސްޕޯޓްސް" އަށް ބުނެފައިވަނީ، ރަސްމީކޮށް އަދި އިއުލާނުކޮށްފައިނުވާ ކަމަށެެވެ. 

ބަންގްލަދޭޝްގެ މީޑިއާ އަކަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ، ޕުރުޝޯތަމް ކަޓޭލް ދެއްވި އިންޓަވިއުއަކަށް ހަވާލާދީ ސާފްގެ ގިނަ ގައުމުތަކުގެ މީޑިއާތަކަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުރަތަމަ ފަަހަރަށް ސާފް ޗެމްޕިއަންޝިޕްގައި މި ފަަހަރު ވީއޭއާރް ބޭނުންކުރަން އަންނަނީ މަސައްކަތް ކުރަމުުންނެވެ. އަދި، މި ކަން ކަށަވަރުކުރެވޭނީ އެކަން ކުރުމުގެ ގާބިލުކަން ހުރިހާތޯ ހުރިހާ ގޮތަކުން ބެލުމަށް ފަހު ކަމަށް ވެސް ކަޓޭލް ވިދާޅުވެފައިވެ އެވެ. 

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ބޭއްވުމުގެ ފުރުސަތު ބޮޑު

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް، މި އަހަރު ބަންގްލަދޭޝްގައި ބޭއްވުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށް ސަރަހައްދުގެ ގިނަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައި. އެންމެ ފަހުން މުބާރާތް ބޭއްވީ 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި

މީގެ އިތުރުން، ސާފް އިން އަންނަނީ، އަންނަ އަހަރު ވެސް ސާފް ޗެމްޕިއަންޝިޕްގެ މުބާރާތެއް ބޭއްވުމުގެ ވާހަކަތައް ދައްކަމުންނެވެ. 

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ހޯސްޓްކުރީ 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގަ އެވެ. އޭގެ ފަހުން، އެ މުބާރާތް މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި ނަމަވެސް، އޭރު ވާހަކަ ދެކެވުނު ހޯމް އެންޑް އަވޭ ފޯމެޓަށް މުބާރާތް ބޭއްވޭނެ ގޮތެއް ހަމަނުޖެހި، މި އަހަރަށް ފަސްކުރަން ޖެހުނީ އެވެ. އެކަމަކު، މިހާރު ވާހަކަތައް ދެކެވެމުން އަންނަ ގޮތަށް ބަލާއިރު، މި ފަހަރު ވެސް މުބާރާތް ކުރިއަށްދާނީ ސެންޓްރަލައިޒްކޮށް، ކުރިން ވެސް ބާއްވަމުން އައި ގޮތަށެވެ. 

ބަންގްލަދޭޝްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފިނަމަ، މި މުބާާރާތް އެ ގައުމުގައި މި ހޯސްޓްކުރަނީ، ހަ އަހަރަށް ފަހު އެވެ. އެންމެ ފަހުން، ބަންގްލަދޭޝްގައި 2018 ވަަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރިއިރު، 2021 ވަނަ އަހަރު ބޭއްވީ ރާއްޖޭގަ އެވެ. 

ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. އެ ގޮތުން، 2003 ވަނަ އަހަރު ރާއްޖޭން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވިއިރު، 2009 ވަނަ އަހަރު އިންޑިއާ އަތުން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވި އެވެ. އަދި، 2018 ވަނަ އަހަރު ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ޗެމްޕިއަންކަން ހޯދި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox