ލަމްޕާޑް އެންމެ ގިނަ ކަންކަން ދަސްކުރީ މޮރީނިއޯ ކައިރިން

May 8, 2026, 8:38 AM
ކަވެންޓްރީ ސިޓީގެ ކޯޗު ލަމްޕާޑް: އޭނާ ވަނީ ކެރިއަރަށް އެންމެ ބޭނުންތެރި ބަދަލެއް ގެނެވުނީ މޮރީނިއޯގެ ސަބަބުން ކަމަށް ބުނެފައި.

ކަވެންޓްރީ ސިޓީގެ ކޯޗު ލަމްޕާޑް: އޭނާ ވަނީ ކެރިއަރަށް އެންމެ ބޭނުންތެރި ބަދަލެއް ގެނެވުނީ މޮރީނިއޯގެ ސަބަބުން ކަމަށް ބުނެފައި.

ލަންޑަން (މެއި 8) - ކެރިއަރުގައި އެންމެ ގިނަ ކަންކަން ދަސްވީ ހޯސޭ މޮރީނިއޯ ކައިރިން ކަަމަށް ކަވެންޓްރީ ސިޓީ އަށް އިނގިރޭސި ދެ ވަަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގެ ތަށި ހޯދައިދީ 25 އަހަރަށް ފަހު އެ ޓީމު އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިން ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ. 

 އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ކަވެންޓްރީ އަށް ލިބުމަކީ، 1987 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން އެ ޓީމުން ހޯދި ފަހުން އެ ކްލަބްގެ ތާރީހުގައި ހާސިލްވި އެންމެ ބޮޑު ކާމިޔާބެވެ. މި ކާމިޔާބީގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ފަރާތަކީ، 2024 ވަނަ އަހަރުގެ ނޮވެމްބަަރު 28 ވަނަ ދުވަހު ކަވެންޓްރީއާ ހަވާލުވި ކޯޗު ލަމްޕާޑް އެވެ.

ލަމްޕާޑް ހަވާލުވިއިރު، ލީގުގެ 17 ވަނައިގައި އޮތް ކަަވެންޓްރީގެ ހާލަތު އެއްކޮށް ކަހަލަ ގޮތަކަށް ބަދަަލުކޮށް، ފުރަތަމަ ފުލް ސީޒަނުގައި އެ ޓީމަށް ޕްރިމިއާ ލީގުގެ ޖާގައެއް މި ހޯދައިދިނީ އެވެ. 

Advertisement

ޗެލްސީ އާއި ޑާބީ އަދި އެވަޓަން އަށް ކުރިން ކޯޗުކޮށްދިން ލަމްޕާޑް އަލުން ޗެލްސީ އަށް ދާން އުޅޭ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ކަވެންޓްރީގައި މަޑުކުރަން އޭނާ ވަނީ ނިންމައިފަ އެވެ. އަދި، ކެރިއަރުގައި ކަވެންޓްރީ ކަހަލަ ޓީމެއްގައި ހުރެ މަސައްކަތްކުރާއިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މޮރީނިއޯ ފަދަ ކޯޗެއް ކައިރިން ކަންކަން ދަސްވެފައި ހުރުން ކަމަށް ލަމްޕާޑް ވަނީ ބުނެފަ އެވެ. 

"އަހަރެންގެ ކެރިއަރަށް އެންމެ ބޮޑު ބަދަލެއް ގެނެސްދިނީ މޮރީނިއޯ. އަމިއްލަ ނަފްސާ މެދު އޮތް އިތުބާރު މައްޗަށް ހިއްލައިދިން. ވަރަށް ގިނަ ކަންކަމުގެ ޒިންމާ އަމިއްލަ އަށް ނަގައިގެން ކުރިއަށްދާނެ ގޮތް ބުނެދިން، ޕްރެޝަރާ ކުރިމަތލާން ކެރިގެން ހުންނަން ފަރިތަކޮށްދިން، އަދިވެސް އެ ކަންކަމުގެ ބޭނުން އެބަ ހިފޭ،" ލަމްޕާޑް ބުންޏެވެ. 

ކުޅުމުގެ ކެރިއަރުގައި ލަމްޕާޑް ވަނީ މޮރީނިއޯގެ ކޯޗުކަމުގައި 215 މެޗު ކުޅެފަ އެވެ. 

ކަވެންޓްރީން އިން އިނގިރޭސި ޗެމްޕިއަންޝިޕްގެ ތަށި ހޯދީ 46 މެޗުން 95 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުން 28 މެޗުން މޮޅުވެ، 11 މެޗު އެއްވަރުކުރިއިރު، ބަލިވީ ހަތް މެޗުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox