ކީޕަރުގެ ގޯލުން ރެއާލް ބަލިކުރުމަކީ ބެންފީކާ އަށް "އާދަޔާހިލާފު ކަމެއް": މޮރިނީއޯ

Jan 29, 2026, 10:19 AM
ކީޕަރުގެ ގޯލުން ރެއާލް ބަލިކުރުމަކީ ބެންފީކާ އަށް "އާދަޔާހިލާފު ކަމެއް": މޮރިނީއޯ

ލިޒްބަން (ޖެނުއަރީ 29) - މެޗުގެ ފަހު ވަގުތުގައި ގޯލްކީޕަރެއް ޖަހާ ގޯލަކުން ރެއާލް މެޑްރިޑް ބަލިކުރުމަކީ ބެންފީކާ އަށް "އާދަޔާހިލާފު ކަމެއް" ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މެޗުގެ އިތުރު ވަގުތުގައި ބެންފީކާގެ ކީޕަރު، އަނަޓޯލީ ޓްރޫބިން، އެ ޓީމުގެ އެޓޭކުގައި ބައިވެރިވާން ހުއްދަ ހޯދީ ބެންޗުގައި އިން މޮރީނިއޯ ގާތުންނެވެ. ބެންފީކާ އިން 3-2 އިން ލީޑުކުރަމުންދިޔަ މި މެޗުގައި އެ ޓީމުން އިތުރު ގޯލެއް ނުޖަހައި، މުބާރާތުގައި ކުރިއަށް ދެވެން ނެެތެވެ. އެއީ، 24 ވަނަ އަށް ޖެހިލައި ޕްލޭއޮފަށް ވަދެވެން އޮތީ އިތުރު ލަނޑެއް ކާމިޔާބުކޮށްގެންނެވެ. އެ ލަނޑު ޖެހީ ގޯލްކީޕަރު، ޓްރޫބިން ބޮލުންނެވެ.

ބެންފީކާގެ ކޯޗު މޮރީނިއޯ: އޭނާ ވަނީ ކީޕަރު ޓްރޫބިން އަށް ވަރަށް ތައުރީފުކޮށްފައި.

Advertisement

"ފުރަތަމަ އަހަންނަށް ނޭނގޭ ވީ ގޮތެއް ވެސް، އަހަރެން ކުރިއަށް އެޓޭކަށް ދާން ހުއްދަ ލިބުމުން، އެ ޖެހުމަށް އަރައި ބޮލުން ގޯލަށް ބޯޅަ ވަނުމާ އެކު އެންމެން އަހަރެން ވަށާލައި އުފާފާޅުކުރަން ފެށި، މިއީ އަހަރެންގެ ހަޔާތުގައި ވެސް ހިނގި އެންމެ ތަފާތު ކަންތައް،" ގޯލާ ބެހޭގޮތުން ޓްރޫބިން ބުންޏެވެ.

ކުރިން ރެއާލަށް ކޯޗުކޮށްދިން މޮރީނިއޯ މި ސީޒަނުގައި އެ ޓީމާ ހަވާލުވިއިރު، އެ ޓީމަށް ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިއުމަށް ހުރަސްތަކެއް އޮތެވެ. އެކަމަކު، އެ ހުރިހާ ކަމެއް ހަނދާނުން ދިޔައީ، ރެއާލް އަތުން ލިބުނު މޮޅުންނެވެ. މޮރީނިއޯ ބުނީ، ބެންފީކާ އަށް ރެއާލް ބަލިކުރެވުމަކީ ތާރީޙީ އަދި ފަހުރުވެރި ކަމެއް ކަމަށާއި، އަދި ފަހު ވަގުތު ކީޕަރުގެ ގޯލަކުން އެކަން ކުރެވުން "އާދަޔާހިލާފު" ކަމަށެވެ.

ޓްރޫބިންގެ މި ގޯލުގެ ވާހަކަ ބެންފީކާގެ ތާރީހުގައި ލިޔެވޭނެ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox