ފައްޔާޒްގެ ހޫނު ބަހުގެ ހަމަލާއެއް ވައްޑެއަށް!
އެމްޑީޕީ ބަލިކަށިކުރުމުގައި ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އިސް ދައުރެއް އަދާކުރެއްވި ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ފައްޔާޒު ވިދާޅުވީ މާޒީގައި ލިބުނު ގެއްލުންތަކުގެ ހަނދާންތައް ހުރި ނަމަވެސް، މިހާރުގެ އަމާޒަކީ ބަދަލުހިފުމުގެ ބަދަލުގައި ޕާޓީއާއެކު ކުރިއަށް ގޮސް ގައުމު އަނބުރާ ހޯދުން ކަމަށެވެ.