ހުލާސާކޮށް އިއްޔެ: ނޫސްވެރިން ބަހެއްޓި "ސަންދޯއް"

May 4, 2026, 1:00 AM
ސަންދޯއް ރައީސް އޮފީސް ކުރިމަތީގައި ބަހައްޓާފައި ހުރިއިރު އޭގެ ކުރިމަތީގައި ނޫސްވެރިން

ސަންދޯއް ރައީސް އޮފީސް ކުރިމަތީގައި ބަހައްޓާފައި ހުރިއިރު އޭގެ ކުރިމަތީގައި ނޫސްވެރިން

ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނޫސްވެރިން ވަނީ ރައީސް އޮފީސް ކުރިމަތީގައި ހިމޭން އިހުތިޖާޖެއް އިއްޔެ ބޭއްވި އެވެ. މި އިހުތިޖާޖުގައި ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު ރަމްޒުކޮށްދިނުމަށް ބޭނުންކުރި ސަންދޯއް ފުލުހުން ވަނީ ގެންގޮސްފައެވެ. ރާއްޖެ މިހާރު އޮތީ ޕްރެސް ފްރީޑަމް އިންޑެކްސްގެ 108 ވަނައިގައި ކަމަށްވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ހަތަރު ދަރަޖައިގެ ފަހަތަށް ސޮއްސާލުމެކެވެ. މި ހަބަރުގެ އިތުރުން އިއްޔެގެ ސުރުހީތަކުން ފާހަގަކޮށްލެވޭ ހަބަރުތައް ތިރީގައި އެ ވަނީ އެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމުގެ ރަމްޒެއްގެ ގޮތުން ޖެހި ސަންދޯއް ފުލުހުން ގެންގޮސްފި

ޕްރެސް ފްރީޑަމް އިންޑެކްސްގައި 180 ގައުމުގެ ތެރެއިން ރާއްޖެ އޮތީ 108 ވަނައިގައި. އެއީ މިދިޔަ އަހަރަށްވުރެ ހަތަރު ދަރަޖަ ފަހަތް. ސަންދޯކުގެ ފަހަތުގައި އަނގަ މަތީގައި ޓޭޕު އަޅައިގެން ނޫސްވެރިން ތިއްބައި ވޭނެއްގައި އައިސް ފުލުހުން ވަނީ އެ ސަންދޯއް ހިފައިގެން ގޮސްފައި.

ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނޫސްވެރިންގެ ހައްގުތައް އެންމެ މަތީ ދަރަޖައަށް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް، ދާދި ފަހުން "އަދަދު" ނޫހަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާއި، މީޑިއާތައް ކޮންޓްރޯލްކުރަން ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނާ ދެކޮޅަށް ޕެޓިޝަނެއް

މީޑިއާތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވުޖޫދުކުރި ގާނޫނު އުވާލުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއިކުރަން ވަނީ ފަށާފައެވެ. މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުމަށް 2100 ސޮއި ބޭނުންވާއިރު، ނޫސްވެރިންގެ ޖަމިއްޔާއިން ދެކޭގޮތުގައި މި ގާނޫނަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް ކުރެވޭ މަސައްކަތެކެވެ.

ކޮންޓްރޯލް ކޮމިޝަނުގެ ގާނޫނު އުވާލުމަށް ހުށަހަޅާ ޕެޓިޝަނަށް ސޮއި ހަމަކުރަނީ

މީޑިއާ ކޮންޓްރޯލް ކުރުމުގެ ބާރު ލިބޭ ގޮތަށް އޮތް ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ނޫސްވެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ މި ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނަށް މީޑިއާތައް ޖޫރިމަނާކުރުމާއި ރަޖިސްޓްރީ ބާތިލުކުރުން ފަދަ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ މުތުލަގު ބާރުތަކެއް ދީފައިވާ ކަމަށެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރަށް ނުވަ ކަމެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމާއި، ނޫސް އިދާރާތަކަށް ފުލުހުން ވަނުން ފަދަ އަމަލުތައް ހުއްޓާލުން ހިމެނެއެވެ. މީގެ އިތުރުން، "އަދަދު" ނޫހަށް ފުލުހުން ވަދެ ޓޭޒާ ބަޑި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނަކީ ހަތިޔާރު ބޭނުންކުރުމުގެ އުސޫލުތަކާ ހިލާފު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން ސަރުކާރަށް ނުވަ ކަމެއް ހުށަހަޅައިފި

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް، ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށްޓަކައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ސަރުކާރަށް ނުވަ ކަމެއް ހުށަހަޅައިފި. އެ ޖަމިއްޔާއިން މިގޮތަށް ގޮވާލީ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ގޮސްފައިވާތީ.

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން ސަރުކާރަށް ނުވަ ކަމެއް ހުށަހަޅައިފި

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް، ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށްޓަކައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ސަރުކާރަށް ނުވަ ކަމެއް ހުށަހަޅައިފި. އެ ޖަމިއްޔާއިން މިގޮތަށް ގޮވާލީ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ގޮސްފައިވާތީ.

ނުވަދިހަ ވަނަ އަހަރުގެ އެ ދުވަހާއި މިއަދު

"އަދަދު" ނޫހުގެ އޮފީހަށް ފުލުހުން އެ ދިން "ކުއްލި ހަމަލާ" އަކީ ސަރުކާރުގެ ރޭވުމެކެވެ. ބޭނުމަކީ އަދަދު ހުއްޓުވާލުން ކަމުގައި ގަބޫލު ކުރެވެއެވެ. އެ މަންޒަރުތައް ފެނުމުން ހަނދާނަށް އައީ 1990 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި ނެރުނު މަޝްހޫރު "ސަންގު" މަޖައްލާއާ ގުޅިގެން ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.

ސިޔާސީ އަދި އިގްތިސާދީ ދާއިރާ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އެ ޕާޓީން ވަނީ ތަރުތީބުކޮށްފައެވެ. މި މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މެންބަރު މީކާއިލް ނަސީމްގެ އިތުރުން އިބްރާހިމް މުހައްމަދު (ވާޑު) އެވެ.

އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ ތިން ކެންޑިޑޭޓުން

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް ނަޝީދާއި، މީކާއިލް ނަސީމް އަދި އިބްރާހިމް މުހައްމަދު ވާދަކުރައްވާކަން އެ ޕާޓީން ވަނީ އިއުލާންކޮށްފައެވެ. މި އިންތިހާބާ ގުޅޭ ޝަކުވާތައް ބެލުމަށް ތިން މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، އިންތިހާބުވާ ފަރާތަކުން ފަސް އަހަރުގެ ދައުރަކަށް ޕާޓީގެ އިދާރީ އަދި ސިޔާސީ އެންމެ އިސް މަސްއޫލިއްޔަތުތަކާ ހަވާލުވާނެއެވެ.

ބީއެމްއެލްގެ ޒާތީ މައުލޫމާތު ހިއްސާކުރުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިމިގްރޭޝަނާ ދެމެދު ގާއިމުކުރި ޑިޖިޓަލް އިންޓަގްރޭޝަނަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. މިއީ ކާޑު ލިމިޓުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށް ބޭންކުން ބުނި ނަމަވެސް، މިއީ ހުއްދަ ނުހޯދައި ޒާތީ މައުލޫމާތު ހިއްސާކުރުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ހުއްދަ ނުހޯދައި ޒާތީ މައުލޫމާތު ބީއެމްއެލްއާ ހިއްސާކުރާތީ އާންމުންގެ ކަންބޮޑުވުމާއި ފާޑުކިޔުން

ބީއެމްއެލްގެ ކާޑު ލިމިޓް ބޭނުންކުރެވޭނީ ރާއްޖޭން ބޭރަށް ފުރުމުން ކަމަށް ކަނޑައަޅައި، އިމިގްރޭޝަނާ ގުޅިގެން މީހުންގެ ދަތުރުފަތުރުގެ މައުލޫމާތު ބޭންކަށް ލިބޭ ގޮތް ހެދުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ކަސްޓަމަރުންގެ ހުއްދައެއް ނެތި ޒާތީ މައުލޫމާތަށް އަރައިގަތުމެއް ކަމަށާއި، މި ބަދަލުގެ ސަބަބުން ބޭންކުގެ ކަސްޓަމަރުން ނޫން މީހުންގެ މައުލޫމާތު ވެސް ބޭންކަށް އެނގުމުގެ ފުރުސަތު އޮންނާނެ އެވެ.

ކުޅިވަރު

ފުޓްބޯޅަ މުބާރާތްތަކުގެ ފަހުގެ ޚަބަރު

ރާއްޖޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުން ސްރީ ލަންކާ ވަކިވުމާ ގުޅިގެން، އެ ޖާގަ އަފްގާނިސްތާނަށް ދިނުމަށް ވަނީ ނިންމާފައެވެ. މި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

ރާއްޖޭގައި ބާއްވާ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުުން ސްރީ ލަންކާ ވަކިވުމުން ބަދަލުގައި އަފްގާނިސްތާން

އަންނަ މަހު މާލޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ފުރަތަމަ ނިންމި ސްރީ ލަންކާ އިން މުބާރާތުން ވަކިވުމާ ގުޅިގެން، އެ ޖާގަ އަށް އަފްގާނިސްތާނުން އެ މުބާރާތުގައި ވާދަކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި. ރާއްޖޭގެ އިތުރުން، މި މުބާރާތުގައި ވާދަކުރާނީ އަފްގާނިސްތާން، ޕާކިސްތާން އަދި ބަންގްލަދޭޝް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް 3-2 އިން ބަލިކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ވަނީ ޔަގީންކޮށްފައެވެ. މިއީ ދެ ސީޒަނުގެ މެދުކެނޑުމަކަށްފަހު ޔުނައިޓެޑަށް މި މުބާރާތުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

ލިވަޕޫލް ބަލިކޮށް ޔުނައިޓެޑުން ޗެމްޕިއަންސް ލީގު ޖާގަ ޔަގީންކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް 3-2 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ވަނީ ޔަގީންކޮށްފައި. ޔުނައިޓެޑުން ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބް ފުޓްބޯޅަ މުބާރާތް ޗެމްޕިއަންސް ލީގުގައި ކުޅެނީ ދެ ސީޒަން ފަހުން.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox