ސައުތު، ނޯތު އަދި ސެންޓްރަލް ލީގު ފެންނަނީ ވަރުގަދަކޮށް

Apr 29, 2026, 11:04 AM
އެފްއޭއެމް ރީޖަނަލް ލީގު ކޮލިފައިންގައި ކ. ހުރާ އާއި އދ. މަހިބަދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ހުރާ ކޮމިއުނިޓީ ކްލަބް - އެޗްސީސީ/ ފޭސްބުކް.

އެފްއޭއެމް ރީޖަނަލް ލީގު ކޮލިފައިންގައި ކ. ހުރާ އާއި އދ. މަހިބަދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ހުރާ ކޮމިއުނިޓީ ކްލަބް - އެޗްސީސީ/ ފޭސްބުކް.

މުޅި ރާއްޖެ އަށް ދިވެހި ޕްރިމިއާ ލީގު ފުޅާކުރުމުގެ ގޮތުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލައިފައިވާ ފުޓްބޯޅައިގެ އޮނިގަނޑުގައިވާ ގޮތަށް، އެފްއޭއެމްގެ ތިން ސަރަހައްދެއްގެ ރީޖަނަލް ލީގުތަކުގައި ވާދަކުރާ ޓިމުތައް ވަނީ ފައިނަލްވެފަ އެވެ. އަދި، ކޮންމެ ރީޖަނަލް ލީގެއްގައި ހަތަރު ޓީމެއް ވާދަކުރާއިރު، އެ ލީގުތަކުގެ ކުރިމަތިލުންތައް ފެންނަނީ ފޯރިގަދަކޮށެވެ. 

އެފްއޭއެމް އިން ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ބަދަލުކޮށް އަތޮޅު ފުޓްބޯޅަ މުބާރާތް ފެށީ ފުރަތަމަ ޑިވިޝަނަށް ޓީމުތަކަށް އާދެވޭ ގޮތަށް ހަތަރު ރީޖަނަކަށް ބަހާލައިގެންނެވެ. ސެންޓްރަލް ރީޖަންގެ އިތުރުން ދެން ހިމެނެނީ، ނޯތު ރީޖަން އާއި ސައުތު ރީޖަން އަދި މާލެ ރީޖަން އެވެ.ނޯތު ރީޖަންގައި ހިމެެނެނީ، ހދ. ގެ އިތުރުން، ހއ، ށ، ނ، ރ، ބ އަދި ޅ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑެއް އެކުލަވާލައި ފެށި އެޓޯލް  ޗެމްޕިއަންޝިޕްގެ އަތޮޅުތަކުގެ މުބާރާތްތައް މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ނިންމައިފަ އެވެ. އެފްއޭއެމުން ވަނީ ރާއްޖޭގެ ފުޓްބޯޅަ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން އަށް ބަހާލައިފަ. މާލެ ރީޖަން ފިޔަވައި އަނެއް ތިން ޒޯނުގެ ތެރޭގައި ސަބް ދެ ޒޯން ހިމެނެ އެވެ.  އެ ސަބް ޒޯންތަކުގެ މެޗުތައް ނިމި، މިހާރު ވަނީ، ރީޖަނަލް ލީގުތަކުގައި ކުޅޭނެ ޓީމުތައް ކަނޑައެޅިފަ އެވެ. 

ނޯތު ރީޖަނަލް ލީގުގެ ޓީމުތައް:

ހއ. ދިއްދޫ، ހދ. ހަނިމާދޫ، ނ. މަނަދޫ. ބ. އޭދަފުށި

ސެންޓްރަލް ޒީޖަނަލް ލީގުގެ ޓީމުތައް:

ކ. ހުރާ، އދ. މަހިބަދޫ، ދ. މީދޫ، ދ. ކުޑަހުވަދޫ

ސައުތު ރީޖަނަލް ލީގުގެ ޓީމުތައް:

ލ. ގަން، ލ. ކުނަހަންދޫ، ގދ. ގައްދޫ، ސ. ފޭދޫ

މާލެ ރީޖަނަލް ލީގަކީ، މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތެވެ. 

ރީޖަނަލް ލީގުގެ މެޗުތައް އަންނަ މަހުގެ ދެ ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާއިރު، މި ލީގުގައި މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ޓީމުތައް ކަނޑައެޅޭނީ ރީޖަނަލް ލީގުތައް ނިމުމަށް ފަހު އެވެ. 

އެ ގޮތުން، ކޮންމެ ރީޖަނަލް ލީގެއްގެ ޗެމްޕިއަން ޓީމަށް ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުން ޖާގަ ލިބޭނެ އެވެ. ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ކުޅޭނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން، ސެންޓްރަލް ރީޖަނަލް ލީގުގެ ޗެމްޕިއަން، ސައުތު ރީޖަނަލް ލީގުގެ ޗެމްޕިއަންގެ އިތުރުން ދެ ވަނަ ޑިިވިޝަން (މާލެ ރީޖަން)ގެ ޗެމްޕިއަންގެ އިތުރުން، ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. 

ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް، ދިވެހި ޕްރިމިއާ ލީގު 26/27 ސީޒަނުން ޖާގަ ލިބޭނެ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox