އެފްއޭއެމްގެ ރީޖަނަލް ކޮލިފައިން ހަ ރަށެއްގައި ފަށަނީ

Apr 9, 2026, 7:19 PM
އޭދަފުށީ ސްޓޭޑިއަމް

އޭދަފުށީ ސްޓޭޑިއަމް

މުޅި ރާއްޖެ އަށް ދިވެހި ޕްރިމިއާ ލީގު ފުޅާކުރުމުގެ ގޮތުން، އެފްއޭއެމް އިން ފަށާފައިވާ އެފްއޭއެމްގެ އަތޮޅު ފުޓްބޯޅަ މުބާރާތް، ބީއެމްއެމް އެެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރީޖަނަލް ކޮލިފައިން މި މަސްތެރޭ ހަ ރަށެއްގައި ފަށަން ނިންމާފައިވާކަން އެފްއޭއެމް އިން އިއުލާނުކޮށްފި އެވެ. 

ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑެއް އެކުލަވާލައި ފެށި އެޓޯލް  ޗެމްޕިއަންޝިޕްގެ އަތޮޅުތަކުގެ މުބާރާތްތައް މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ނިންމައިފަ އެވެ. 

އެފްއޭއެމުން ވަނީ ރާއްޖޭގެ ފުޓްބޯޅަ އުތުރު ރީޖަން، ސެންޓްރަލް ރީޖަން، ދެކުނު ރީޖަން އަދި މާލެ ރީޖަން އެވެ. މާލެ ފިޔަވައި އަނެއް ތިން ޒޯނުގެ ތެރޭގައި ސަބް ދެ ޒޯން ހިމެނެ އެވެ. 

އެފްއޭއެމް އިން ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ބަދަލުކޮށް އަތޮޅު ފުޓްބޯޅަ މުބާރާތް ފެށީ ފުރަތަމަ ޑިވިޝަނަށް ޓީމުތަކަށް އާދެވޭ ގޮތަށް ހަތަރު ރީޖަނަކަށް ބަހާލައިގެންނެވެ. ސެންޓްރަލް ރީޖަންގެ އިތުރުން ދެން ހިމެނެނީ، ނޯތު ރީޖަން އާއި ސައުތު ރީޖަން އަދި މާލެ ރީޖަން އެވެ.ނޯތު ރީޖަންގައި ހިމެެނެނީ، ހދ. ގެ އިތުރުން، ހއ، ށ، ނ، ރ، ބ އަދި ޅ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.

އެފްއޭއެމް އިން ރީޖަނަލް ކޮލިފައިން ފަށަން ހަމަޖައްސާފައިވާ ތާރީހުތައް:

ނޯތު ރީޖަން ޒޯން 1 (ހއ. ދިއްދޫ) - 18 އޭޕްްރީލް - 28 އޭޕްރީލް

ނޯތު ރީޖަން ޒޯން 2 (ބ. އޭދަފުށި) - 15 އޭޕްރީލް - 30 އޭޕްރީލް

ސެންޓްރަލް ރީޖަން ޒޯން 1 (އދ. މަހިބަދޫ)  - 15 އޭޕްރީލް - 30 އޭޕްރީލް

ސެންޓްރަލް ރީޖަން ޒޯން 2 (ދ. މީދޫ) - 15 އޭޕްރީލް - 28 އޭޕްރީލް

ސައުތު ރީޖަން ޒޯން  1 (ލ. ގަން) - 18 އޭޕްރީލް - 28 އޭޕްރީލް 

ސައުތު ރީޖަން ޒޯން 2 (ގދ. ގައްދޫ) - 18 އޭޕްރީލް - 28 އޭޕްރީލް

އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، އަހުމަދު ޒަރީރު، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ ރީޖަނަލް ކޮލިފައިން ހޯސްޓްކުރާނެ ރަށްތައް ކަނޑައެޅުމުގައި އެފްއޭއެމް އިން ނިންމީ، ފުރުސަތު ހުޅުވާލުމުން، އެ އަށް ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ކަންކަން ހުރި ގޮތް އިވެލުއޭޓް ކުރުމަށް ފަހު ކަމަށެވެ. އެ ގޮތުން، މީގެ ކުރިން އެފްއޭއެމް އިން ރަށްރަށުގައި އަތޮޅު މުބާރާތް ހޯސްޓްކޮށްފައިވާ ގޮތުގެ ކަންކަމަށް ބަަލައި، މި ފަހަރު ވަސީލަތްތައް ހުރި ނެތް ގޮތް ބެލުމަށް ފަހު، އެންމެ ރަނގަޅު އިންތިޒާމްތައް ހަމަޖެހިފައި ހުރި ރަށްތަކަށް ހޯސްޓްކުރުމުގެ ފުރުސަތު ދިނީ ކަމަށް ޒަރީރު ވިދާޅުވި އެވެ. 

ދިހަ ޓީމާ އެކު މިހާރު ކުޅޭ ރާއްޖޭގެ މައި ލީގު، ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވިއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވެފައިވެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.

ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ.

މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ. ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަަނައިގެ ގޮތުގައި ކޮލިފިކޭޝަނުގައި ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox