އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް

Nov 11, 2025, 5:07 PM
ޗެމްޕިއަންކަން ހޯދި ކުޅުދުއްފުށި ޓީމު ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ނަވާޒް އައްސަދު / އެފްއޭއެމް

ޗެމްޕިއަންކަން ހޯދި ކުޅުދުއްފުށި ޓީމު ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ނަވާޒް އައްސަދު / އެފްއޭއެމް

ރާއްޖޭގެ ފުރަތަމަ ޑިވިޝަނާ ހަމައަށް އައުމަށް ފުރުސަތު ފަހިވެފައި އޮތްގޮތަށް އެކުލަވާލައިފައިވާ، ބީއެމްއެމް އެެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން، ކުޅުދުއްފުށިން ހޯދައިފި އެވެ.

ޖުމްލަ އެކު، ހަތަރު ރަށަކުން ހދ. އަތޮޅުގެ މުބާރާތުގައި ވާދަކުރާއިރު، މެޗުތައް ކުރިއަށްދިޔައީ ކުޅުދުއްފުށީގަ އެވެ.

ކުޅުދުއްފުށިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުން ހަނިމާދޫ އަތުން 3-1 އިން މޮޅުވެގެންނެވެ. ދެން، މި އަތޮޅުން ވާދަކުރީ، ނެއްލައިދޫ އާއި ނޮޅިވަރަމް އެވެ.

Advertisement

ފައިނަލް މެޗުގައި ކުޅުދުއްފުށީގެ ލަނޑުތައް ޖެހީ މުހައްމަދު މުންސިފް، މުހައްމަދު ޝިފާން އަދި ޒައިދު މުހައްމަދު އެވެ. ހަނިމާދޫގެ ލަނޑު ޖެހީ، އަލީ ހުސެއިން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، މުންސިފް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކުޅުދުއްފުށީގެ ޝިފާން އެވެ. އޭނާ ވަނީ ޖުމްލަ އެކު، 11 ލަނޑު ޖަހައިފަ އެވެ.

ފައިނަލަށް ދާ ދެ ޓީމަށް ލިބޭ ރީޖަނަލް ކޮލިފައިން އިން ޖާގަ ހޯދީ ޗެމްޕިއަން، ކުޅުދުއްފުށްޓާއި ރަނަރަޕް ހަނިމާދޫ އަށެވެ. ނޯތު ރީޖަންގައި ދެން ހިމެެނެނީ، ހދ. ގެ އިތުރުން، ހއ، ށ، ނ، ރ، ބ އަދި ޅ އެވެ.

ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ.

ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.

މިއަދުގެ ފައިނަލް މެޗުގައި ކުޅުދުއްފުށި ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: ނަވާޒް އައްސަދު / އެފްއޭއެމް

އެޓޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ހޯސްޓްކުރާ ރަަށްތަކަށް ބަލާއިރު، ކ. އަތޮޅުގެ މެޗުތައް ގުރައިދޫގައި ކުޅޭއިރު، ނ. އަތޮޅުގެ މެޗުތައް ހޯސްޓްކުރަނީ ކެނދިކުޅުދޫގަ އެވެ. އއ. އަތޮޅުގެ މެޗުތައް ތޮއްޑޫގައި ކުޅޭއިރު، އދ.ގެ މެޗުތައް މަހިބަދޫ ޕެލޭ ސްޓޭޑިއަމްގައި ކުޅެން ވަނީ ނިންމައިފަ އެެވެ. އަދި، ގދ.ގެ މެޗުތައް ހޯސްޓްކުރާނީ ގައްދޫގަ އެވެ.

މިހާރު އޮތްގޮތުން، ބައިވެރިވެފައިވާ ޓީމުތަކުގެ ނިސްބަތަށް ބަލައި، ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ނިންމާފައިވާ އަތޮޅުތަކަކީ، ޅ. ވ، ފ، އަދި ދ، އަތޮޅެވެ. އަދި، އެއް ޓީމު ބައިވެރިވެފައިވާތީ، އަތޮޅު ތަމްސީލްކުރުމުގެ ފުރުސަތާ އެކު، އޮޓޮމެޓިކުން އަނެއް ބުރުގެ ޖާގަ ލިބިފައިވަނީ، ތ. ބ. އަތޮޅާއި ޏ. ފުވައްމުލަކު ސިޓީގަ އެވެ.

މުބާރާތުގައި، ޅ. އަތޮޅުން ކުރެންދޫ އާއި ނައިފަރު ކުޅޭއިރު، ނ. އަތޮޅުން ވާދަކުރަނީ ކެނދިކުޅުދޫ އާއި ކުޑަފަރި އާއި މަނަދޫ އެވެ. ލ. އަތޮޅުން ކުޅެނީ، ފޮނަދޫ، ކުނަހަންދޫ، ގަން އަދި މާބައިދޫ އެވެ. ގއ. އިން ދެއްވަދޫ އާއި ވިލިނގިލިން ކުޅޭއިރު، ގދ. އިން ކުޅެނީ، ގައްދޫ، ހޯޑެއްދޫ އަދި ތިނަދޫ އެވެ. އައްޑޫ ސިޓީން ކުޅެނީ ފޭދޫ، މަރަދޫ އަދި ހިތަދޫ އެވެ. ފ. އަތޮޅުން މަގޫދޫ އާއ ނިލަންދޫ ކުޅޭއިރު، ދ. އަތޮޅުން ކުޅެނީ ކުޑަހުވަދޫ އާއި މީދޫ އެވެ.

ކ. އަތޮޅުން ގުރައިދޫ، ހިންމަފުށި، މާފުށި އަދި ހުރާ އިން ވާދަކުރާއިރު، އދ. އަތޮޅުން ހަ ޓީމެއް ވާދަކުރެ އެވެ. އެއީ، ގްރޫޕް އޭގައި މަހިބަދޫ، ހަންޏާމީދޫ، ކުނބުރުދޫ ކުޅޭއިރު، ގްރޫޕް ބީގައި، ފެންފުށި، އޮމަދޫ އަދި ދިގުރަށެވެ. އއ އަތޮޅުން، ތޮއްޑޫ އާއި އުކުޅަސް އަދި ރަސްދޫން ކުޅޭއިރު، ވ އަތޮޅުގައި، މުލަކާއި ވޭވަށް ބައްދަލުކުރާނެ އެވެ

އެފްއޭއެމް އިން އެޓޯލް ޗެމްޕިއަންޝިޕްގެ ފޯމެޓް ރާވާފައިވާ ގޮތަކީ ފީފާ ފޯވާޑްގެ ރުހުން ލިބިފައިވާ އޮނިގަނޑެކެވެ. އެ ގޮތުން، އަތޮޅު ބުރު ނިމުމަށް ފަހު، 18 ދަނޑެއްގައި، ނޮކައުޓް ބުރުގެ މެޗުތަކެއް ކުޅެވިގެންދާނެ އެވެ. އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ)ގެ އެހީއެއް ދޭން ފީފާ އިން ވަނީ ނިންމައިފަ އެވެ. މިއީ، ދާދި ފަހުން ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަމަޖައްސައިދެއްވި ފަންޑެކެވެ.

އެފްއޭއެމުން އިއުލާނުކޮށްފައިވާ މި ސީޒަނުގެ ކަލަންޑަރުގައިވާ ގޮތުން، ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަން ކަނޑައެޅުމާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން، އަންނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ނިމުމުގެ ކުރިން، ކަނޑައެޅިގެންދާނެ އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.

މި ސީޒަނުން ފެށިގެން، ދިހަ ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.

ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox