ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުންނަށް ފާރަލުމަށް އިނގިރޭސި ޔުނިވަސިޓީތަކުން ބޮޑު ހޭދައެއް

Apr 22, 2026, 1:40 AM
ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގައި މުޒާހަރާކުރި ދަރިވަރުންނަކީ އަމިއްލަ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ "ހޯރަސް" އިން ފާރަލައި މޮނިޓަ ކުރި މީހުންގެ ތެރޭގައި ހިމެނޭ ބައެއްކަން ހާމަވެއްޖެ

ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގައި މުޒާހަރާކުރި ދަރިވަރުންނަކީ އަމިއްލަ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ "ހޯރަސް" އިން ފާރަލައި މޮނިޓަ ކުރި މީހުންގެ ތެރޭގައި ހިމެނޭ ބައެއްކަން ހާމަވެއްޖެ

ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުންނާއި އެކަޑެމިކް ބޭފުޅުންނަށް ފާރަލުމަށް އިނގިރޭސިވިލާތުގެ އެންމެ ނުފޫޒުގަދަ 12 ޔުނިވަސިޓީއަކުން އަމިއްލަ ސެކިއުރިޓީ ކުންފުންޏަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވާކަން އަލްޖަޒީރާ އާއި ލިބަޓީ އިންވެސްޓިގޭޓްސް އިން ކުރި ތަހުގީގަކުން ހާމަވެއްޖެއެވެ.

މި މަސައްކަތަށް "ހޯރަސް ސެކިއުރިޓީ ކޮންސަލްޓަންސީ ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކަށް 2022 އިން ފެށިގެން މަދުވެގެން 440،000 އިނގިރޭސި ޕައުންޑް ޔުނިވަސިޓީތަކުން ވަނީ ދައްކާފައެވެ.

މި ތަހުގީގުން ހާމަވި ގޮތުގައި، އިނގިރޭސި އަސްކަރީ ޖާސޫސީ އިދާރާގެ ކުރީގެ އިސްވެރިން ހިންގާ މި ކުންފުނިން ދަނީ ދަރިވަރުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލައި، އިހުތިޖާޖުތަކާ ގުޅޭ މައުލޫމާތު އެއްކޮށް، ޓެރަރިޒަމާ ގުޅުންހުރި ނުރައްކަލެއް އޮތްތޯ ބެލުމުގެ ނަމުގައި ސިއްރު ރިޕޯޓުތައް ތައްޔާރުކުރަމުންނެވެ.

Advertisement

ފާރަލުމުގެ މި ހަރަކާތްތަކުގައި ބައިވެރިވި ޔުނިވަސިޓީތަކުގެ ތެރޭގައި އޮކްސްފޯޑް، އިމްޕީރިއަލް ކޮލެޖް ލަންޑަން، ޔޫސީއެލް، ކިންގްސް ކޮލެޖް ލަންޑަން އަދި ބްރިސްޓަލް ޔުނިވަސިޓީ ފަދަ މަޝްހޫރު މުއައްސަސާތައް ހިމެނެއެވެ. ބްރިސްޓަލް ޔުނިވަސިޓީން ވަނީ ފަލަސްތީނަށް ތާއީދުކުރާ ގްރޫޕްތަކާއި ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ މައުލޫމާތު ހޯދުމަށް އެ ކުންފުންޏަށް ހާއްސަ ލިސްޓެއްވެސް ދީފައެވެ.

ހޯރަސްގެ އިސްވެރިއެއް ކަމަށްވާ ކާނަލް ޓިމް ކޮލިންސް ވަނީ ހުޅަނގުގެ ގައުމުތަކުގައި ފަލަސްތީނަށް ތާއީދުކޮށް ބާއްވާ މުޒާހަރާތަކަކީ ރަޝިޔާ އާއި އިރާނުން އަޑީގައި ތިބެގެން ހިންގާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން އދ. ގެ ހާއްސަ ރެޕަޓުއަ ގީނާ ރޮމޭރޯ ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދަރިވަރުންގެ މައުލޫމާތު އެއްކުރުމަކީ ގާނޫނީ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. މިފަދަ ފާރަލުންތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި ބިރުވެރިކަން އުފެދި، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔުނިވަސިޓީތަކުން މި ތުހުމަތުތަކުގެ ދިފާއުގައި ބުނެފައިވަނީ، ބޭރުގެ ކުންފުނިތަކުގެ އެހީތެރިކަން ހޯދަނީ ކެމްޕަހުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އާންމުކޮށް ފެންނަން ހުރި މައުލޫމާތުތައް ދިރާސާކުރުމަށް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ލެކްޗަރާއިންގެ ޔޫނިއަނުން ވަނީ ދަރިވަރުންނަށް ފާރަލުމަށް މިހާ ބޮޑު ހޭދައެއް ކުރުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ހޯރަސް ކުންފުނިން މި މައްސަލާގައި އަދި އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox