އާޒިމްއަށް ހަމަލާދިން މައްސަލަ ދެ ދުވަސްފަހުން ފުލުހުން ތަހުގީގުކުރަން ފަށައިފި

މާލޭ މޭޔަރު އާދަމް އާޒިމް އަށް ހަމަލާ ދިން މީހާ ދުރުކުރަން މުޒާހަރާގެ ބައެއް ބައިވެރިން މަސައްކަތް ކުރަނީ

މާލޭ މޭޔަރު އާދަމް އާޒިމް އަށް ހަމަލާ ދިން މީހާ ދުރުކުރަން މުޒާހަރާގެ ބައެއް ބައިވެރިން މަސައްކަތް ކުރަނީ

މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމްއަށް މިދިޔަ ހުކުރު ދުވަހުގެރޭ މީހަކު ހަމަލާދިން މައްސަލަ، އޭގެ ދެ ދުވަސްފަހުން ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އާޒިމްއަށް މީހަކު ހަމަލާދިނީ، އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ މަގުމަތީ ހަރަކާތްތަކުގެ ތެރެއިން، މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި އޭނާ ބައިވެރިވަމުން ދަނިކޮށެވެ. އޭނާއަށް ހަމަލާދިން ވަގުތު އެމްޑީޕީގެ އެއްވުމުގެ ބައިވެރިންނާއި ހަމަލާދިން މީހާއާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ.

އެ ސަރަހައްދުގައި އެ ވަގުތު ވެސް ފުލުހުން ހަރަކާތްތެރިވަމުންދިޔަ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ. ނަމަވެސް، އެ މައްސަލައިގައި މީހަކު ހައްޔަރުކުރިތޯ އަދަދު އިން ސުވާލުކުރުމުން ފުލުހުން ޖަވާބެއް ނުދިނެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދޭތޯ ސުވާލުކުރުމުން، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement

"އޭޕްރިލް 24، 2026 ވަނަ ދުވަހުގެރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ، އެމްޑީޕީގެ މުޒާހަރާއާއެކު އާޒިމް ކުރިއަށްދަނިކޮށް، މަގުމަތިން މީހަކު ގޮސް އާޒިމްގެ މޭމަތީގައި ޖަހައި ކޮށްޕާލާ މަންޒަރެވެ. އެކަމާ ގުޅިގެން ފުލުހުން ބަހެއް ނުބުނި ނަމަވެސް، މީހެއްގެ ރުހުމަކާ ނުލައި އެ މީހެއްގެ ގައިގައި އަތްލުމަކީ ކުށެއްކަމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާ
ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާ

އާޒިމްއަށް ހަމަލާދިނުމާ ގުޅިގެން އަދަދު އަށް އޭނާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާއަށް ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިއީ [ހަމަލާ ދިނުމަކީ] ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް،" އާޒިމް ވިދާޅުވިއެވެ.

ހަމަލާތަކުން ރައްޔިތުންގެ އަޑު ކަނޑުވައިނުލެވޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މުޒާހަރާތައް މިހާރަށްވުރެ ވަރުގަދަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަނިޔާކޮށްގެން ރައްޔިތުންނަށް މިކޮށްދޭ މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލާނެކަން މި އަނިޔާވެރި ސަރުކާރަށް ބުނެލަން ބޭނުން. ތަޅާފޮޅާ މަރައިގެން އަޅުގަނޑުމެން ނުހުއްޓުވޭނެ. މިއަށްވުރެ މުޒާހަރާތައް ވަރުގަދަކުރާނަން،" އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox