ބެޑްމިންޓަން ލެޖެންޑަރީ ތަރި އަކްސެލްސެން ރިޓަޔާކޮށްފި

Apr 15, 2026, 2:15 PM
ބެޑްމިންޓަން ތަރި ވިކްޓޯ އަކްސެލްސެން

ބެޑްމިންޓަން ތަރި ވިކްޓޯ އަކްސެލްސެން

އޮޑެންސް، ޑެންމާކް (އޭޕްރީލް 15) -  ބެޑްމިންޓަންގެ ލެޖެންޑަރީ ތަރި ވިކްޓޯ އަކްސެލްސެން ޕްރޮފެޝަނަލްކޮށް ބެޑްމިންޓަން ކުޅުން ހުއްޓާލައިފި އެވެ. 

އުމުރުން 32 އަހަރުގެ އަކްސެލްސެން ރިޓަޔާކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބުރަކަށީގެ އޮޕަރޭޝަނެއް ކުރުމަށް ފަހު، ކުރިން ހުރި ލެވަލަށް ގޮސް ކުޅުމަށްޓަކައި ކުރި މަސައްކަތްތައް ކާމިޔާބުނުވުމުންނެވެ. 

އަކްސެލްސެން ބުނީ އޭނާގެ ކެރިއަރުގައި އަަބަދުވެސް ބޭނުންވަނީ އެންމެ މަތީ ލެވަލްގައި ކުޅުމަށާއި ޓްރެއިނިންތައް ވެސް އެ ލެވަލްގައި ކުރިއަށްގެންދިއުމަށް ކަމަށެެވެ. އެކަމަކު، މިދިޔަ އަހަރެއްހާ ދުވަހު އޭގެއިން އެއްވެސް ކަމެއް ބޭނުންވި ލެވަލްގައި ނުކުރެވި އެންމެ ފަހުން ހަޔާތުގެ އެންމެ އުނދަގޫ ނިންމުން ނިންމަން ޖެހުނީ ކަމަށް އަކްސެލްސެން ވަނީ ބުނެފަ އެވެ.

"މިއީ އަހަންނަށް ފަސޭހަ ދުވަހެއް ނޫން، އެކަމަކު، މި ނިންމުން ނިންމަން ޖެހޭ އުނދަގޫ ދުވަސް އަންނާނެކަން އެނގޭ. އަހަންނަށް އޮތީ މި ހާލަތް ގަބޫލުކޮށް ހަގީގަތާ ކުރިމަތިލުން،" އަކްސެލްސެން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ، އަކްސެލްސެން ވަނީ 2016 ވަނަ އަހަރުގެ ރިއޯ އޮލިމްޕިކްސް އިން ލޯ މެޑަލް ހޯދުމަށް ފަހު، ޓޯކިޔޯ 2020 އާއި ޕެރިސް 2024 އޮލިމްޕިކްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އަދި، ދުނިޔޭގެ ބެޑްމިންޓަން މުބާރާތް، ވޯލްޑް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން، އަކްސެލްސެން ވަނީ 2017 އާއި 2022 ވަނަ އަހަރު ހޯދައިފަ އެވެ. އަދި، 2014 ވަނަ އަހަރު ތިން ވަނަ ވެސް ހޯދި އެވެ. 

ދުނިޔޭގެ ރޭންކިން އެއް ވަނައިގައި 100 ހަފްތާ ހޭދަކުރި އަކްސެލްސެން ވަނީ ކުރިން އެ ރެކޯޑް އޮތް ލީ ޗޮން ވެއިގެ ރެކޯޑް މުގުރާލައިފަ އެވެ. އަކްލްސަން ވަނީ ޔޫރަޕިއަން ބެޑްމިންޓަން ޗެމްޕިއަންޝިޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ، 2016 އާއި 2018 އަދި 2022 ގައި ހޯދައިފަ އެވެ. 

ޖޫނިއާ އުމުރުފުރާ އިން ފެށިގެން އަކްސެލްސެން ވަނީ 2006 އިން ފެށިގެން ދުނިޔޭގެ ލެވަލް މުބާރާތްތަކުގައި ކުޅެން ފަށައިފަ އެވެ. އޭނާ ސީނިއާ ލެވަލްގެ ބެޑްމިންޓަން މުބާރާތްތަކުގައި ކުޅެން ފެށީ 2009 އިން ފެށިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox