ހައިޝަމް އާއި ނާޝިތު ގައުމީ ބެޑްމިންޓަން ސްކޮޑަށް

Aug 13, 2025, 5:33 PM
ހައިޝަމް އާއި ނާޝިތު ގައުމީ ބެޑްމިންޓަން ސްކޮޑަށް

ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވި ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނުން ކުރިހޯދސައި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ހައިޝަމް އިބްރާހިމް އަލީ އާއި ބެޑްމިންޓަން އެކެޑަމީ އޮފް ނައިފަރުގެ އިބްރާހިމް ނާޝިތު ހަމްދީ، ގައުމީ ސްކޮޑުން ޖާގަ ހޯދައިފި އެވެ.

މި މަހު 11 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ ގައުމީ ޓީމުގެ ސިލެކްޝަނުގައި، މާލެ ސިޓީ، އައްޑޫ ސިޓީ، ނައިފަރު، އަދި ބ. އޭދަފުށިން ކުޅުންތެރިން ވާދަކުރި އެވެ. މި ސިލެކްޝަން ބޭއްވުމަށް، ނިންމައިފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކޮމިޓީއަކާ ހަވާލުކުރުމުން، އެ ކަމުގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ ކޮމިޓީގެ ފަރާތުންނެވެ. އަދި، މި ނިންމުމަށް، ގިނަ އެކަޑަމީތަކާއި ކްލަބްތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ސިލެކްޝަން ރޭވިފައިވާ ގޮތަށް ބަލާއިރު، އަންހެން ކުޅުންތެރިން ހަ ގްރޫޕަށް އަދި ފިރިހެން ކުޅުންތެރިން ހަ ގްރޫޕަށް ވަނީ ބަހައިފަ އެވެ. ކުޅުންތެރިން ސީޑުކުރުމުގައި ބަލާފައިވަނީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ރޭންކިން އަށެވެ. ކޮންމެ ގްރޫޕަކުން އެއް ވަނަ ގައުމީ ސްކޮޑަށް ހޮވޭއިރު، ރިޒާވް ދެ ޖާގަ ދޭނީ ގައުމީ ކޯޗު މެޗުތައް ބެލުމަށް ފަހު، ކުޅުމަށް ބަލައި، އެންމެ ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިންނަށެވެ.

މި ސިލެކްޝަނުގައި، 32 ފިރިހެން ކުޅުންތެރިންނާއި 22 އަންހެން ކުޅުންތެރިން ވާދަކުރި އެވެ. ސިލެކްޝަނުން ހޮވުނު، 12 ކުޅުންތެރިންގެ ތެރެއިން އަށް ކުޅުންތެރިން ނިސްބަތްވަނީ، ރިވައިވަލް ސްޕޯޓްސް ކްލަބް އަށެވެ.

އެ ގޮތުން، ސްކޮޑަށް ހޮވުނު ފިރިހެން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރިވައިވަލްގެ ހައިޝަމް، ކުޅުމަށް އެނބުރި އައިސްފައިވަނީ، ސިލެކްޝަނާ ވަރަށް ކުޑަ މުއްދަތެއް އޮއްވަ އެވެ. ވ. ކެޔޮދޫ އަށް އުފަން، ހައިޝަމް، ފާއިތުވި ދެ އަހަރެއްހާ ދުވަހަށް ބަލާއިރު، މުބާރާތްތަކެއް ކުޅެފައިނުވެ އެވެ. އޭނާ ރަނގަޅު ފޯމެއްގައި ހުއްޓައި ކުޅުން ހުއްޓާލަން ޖެހުނީ ގައުމީ ސްކޮޑަށް ނޭރުމުންނެވެ. އެކަމަކު، އާ ފެށުމަކުން ފަށަން އެނބުރި އައިސް މި ވަނީ ސިލެކްޝަނުގައި ހުނަރު ދައްކައި، ގައުމީ ޓީމުން ފުރުސަތު ހޯދައިފަ އެވެ.

ނައިފަރު އެކަޑަމީގެ އުމުރުން 16 އަހަރުގެ ނާޝިތު އަކީ މި ފަހަކަށް އައިސް ކުރިއެރުން ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. ބަހްރޭނުގައި އަންނަ އޮކްޓޫބަރު މަހު އޮންނަ އޭޝިއާގެ ޔޫތު ގޭމްސްގެ ސްކޮޑުން ވެސް އޭނާ ޖާގަ ހޯދި އެވެ.

ފިރިހެން ސްކޮޑުގައި ދެން ހިމެނެނީ، ރިވައިވަލްގެ ޒަޔާން ޒަކީ، ނިބާލް އަހުމަދު، ހަސަން ޒަޔާން މުހައްމަދު އަދި، އާދަމް މަހީން މުހައްމަދު އެވެ.

ދާދި ފަހުން ނައިފަރުގައި ކުރިއަށްދިޔަ މުބާރާތުގެ ތެރެއިން ލައިބާ ބޯޅަ ފޮނުވާލަނީ.

އަންހެން ކުޅުންތެރިންނަށް ބަލާއިރު، ސްކޮޑުގައި ހިމެނެނީ، ރިވައިވަލްގެ ފާތިމަތު ނަބާހާ (ނަބާ)، އައިމިނަތު ނަބީހާ (ނަބީ)، އައިޝަތު އާލިޝާ މޫސާގެ އިތުރުން، ގައުމީ ޕޫލުގެ، އުމުރުން 12 އަހަރުގެ ލައިބާ އަހުމަދު މަހުލޫފް (އެލީ)، ޝުބާ މުހައްމަދު ޝަރީފް އަދި ޔަލްވީ ހުސެއިން ޒުހުރީ އެވެ.

މީގެ ތެރެއިން ލައިބާ ވަނީ، ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށްދިޔަ ޖޫނިއާ ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކޮށް މެޑަލް ވެސް ހޯދައިފަ އެވެ. އަދި، މި ފަހަރު ގައުމީ ސިލެކްޝަނުގައި ވާދަކޮށް، ގްރޫޕްގެ ހުރިހާ މެޗަކުން މޮޅުވެ، ހަގު އުމުރުގައި ސީނިއާ ސްކޮޑުން މި ވަނީ ޖާގަ ހޯދައިފަ އެވެ.

ސިލެކްޝަނުން ހޮވުނު، ކުޅުންތެރިންނަށް އަމިއްލަ އެކަޑަމީ އާއި ކްލަބްގައި ވެސް ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގެ ފުރުސަތު އޮންނަ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox