ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނެއް ފުރަތަމަ ފަހަރަށް ހުޅުވާލައިގެން ބާއްވަނީ

Aug 11, 2025, 2:36 AM
ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނެއް ފުރަތަމަ ފަހަރަށް ހުޅުވާލައިގެން ބާއްވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން، ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނެއް ކުރިއަށްގެންދަން ނިންމައިފި އެވެ.

މި ގޮތަށް ނިންމައިފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކޮމިޓީއަކާ ހަވާލުކުރުމުން، އެ ކަމުގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ ކޮމިޓީގެ ފަރާތުންނެވެ. އަދި، މި ނިންމުމަށް، ގިނަ އެކަޑަމީތަކާއި ކްލަބްތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހަށް ދެމިގެންދާ ގޮތަށް، ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި، ކުރިއަށްގެންދާ ގައުމީ ޓީމުުގެ ސިލެކްޝަނުގައި، މާލެ ސިޓީ، އައްޑޫ ސިޓީ، ނައިފަރު، އަދި ބ. އޭދަފުށިން ކުޅުންތެރިން ވާދަކުރެ އެވެ.

އެ ގޮތުން، ގައުމީ ސްކޮޑު އެކުލަވާލުމަށް ކުރިއަށްގެންދާ މި ސިލެކްޝަނުގައި، ފިރިހެން އަށް ކުޅުންތެރިން އަދި އަންހެން އަށް ކުޅުންތެރިން ހޮވާނެ އެވެ. އަދި މީގެ ތެރެއިން، އަންހެން ހަ ކުޅުންތެރިއަކަށް އަދި ފިރިހެން ހަ ކުޅުންތެރިއަކަށް ގައުމީ ޓީމުގެ މުސާރަ ދޭނެ އެވެ. އަދި، ރިޒާވް ސްކޮޑުގައި، އަންހެން ދެ ކުޅުންތެރިންނާއި ފިރިހެން ދެ ކުޅުންތެރިން ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

ސިލެކްޝަން ނިމުމުން، ކުޅުންތެރިންނަށް އަމިއްލަ އެކަޑަމީ އާއި ކްލަބްގައި ވެސް ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގެ ފުރުސަތު އޮންނާނެ އެވެ. ސިލެކްޝަން ރޭވިފައިވާ ގޮތަށް ބަލާއިރު، އަންހެން ކުޅުންތެރިން ހަ ގްރޫޕަށް އަދި ފިރިހެން ކުޅުންތެރިން ހަ ގްރޫޕަށް ވަނީ ބަހައިފަ އެވެ. ކުޅުންތެރިން ސީޑުކުރުމުގައި ބަލާފައިވަނީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ރޭންކިން އަށެވެ.

ކޮންމެ ގްރޫޕަކުން އެއް ވަނަ ގައުމީ ސްކޮޑަށް ހޮވޭއިރު، ރިޒާވް ދެ ޖާގަ ދޭނީ ގައުމީ ކޯޗު މެޗުތައް ބެލުމަށް ފަހު، ކުޅުމަށް ބަލައި، އެންމެ ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިންނަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިލެކްޝަނުގައި ބައިވެރިވުމަށް ގިނަ އެންޓްރީސްތަކެއް ވަނީ ލިބިފަ އެވެ. އަދި، މި ގޮތަށް ހުޅުވާލެވިގެން ގައުމީ ސްކޮޑަށް ކުޅުންތެރިން ހޮވުމުގެ ސިލެކްޝަނެއް ބޭއްވިގެންދިއުމަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ތިބި ހުނަރުވެރި ކުޅުންތެރިންނަށް ވެސް ގައުމީ ޓީމާ ހަމައަށް އަންނަން ފަހިވި ފުރުސަތެއްގެ ގޮތުގައި ކުޅުންތެރިން ފާހަަގަކުރެ އެވެ.

އަންނަ އޮކްޓޫބަރު މަހު، ބަހްރޭނުގައި ކުރިއަށްދާ ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖެ ތަމްސީލްކުރާނެ ގައުމީ ބެޑްމިންޓަން ސްކޮޑު ކަނޑައެޅުމަށް ވެސް އެކަޑަމީތަކަށް ހުޅުވާލައިގެން ސިލެކްޝަނެއް ކުރިއަށްގެންދިޔަ އެވެ. ސިލެކްޝަނަށް ފަހު، މުބާރާތަށް ހޮވިފައިވަނީ، ޖޫނިއާ ޕޫލުގެ ހަތަރު އަންހެން ކުޅުންތެިންނާއި ތިން ފިރިހެން ކުޅުންތެރިންގެ އިތުރުން ނައިފަރު އެކަޑަމީގެ ކުޅުންތެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox