ފީފާ އިން ނޭޕާލަށް މައްސަލަތައް ހައްލުކުރަން މުހުލަތެއް ދީފި

Apr 5, 2026, 12:44 PM
ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެެއިން ނޭޕާލްގެ ކީޕަރު އަދި ކެޕްޓަން ކިރަން (ވ) ގައުމީ ސަލާމްކިޔަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެެއިން ނޭޕާލްގެ ކީޕަރު އަދި ކެޕްޓަން ކިރަން (ވ) ގައުމީ ސަލާމްކިޔަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކަތުމަންޑޫ (އޭޕްރީލް 5) -  ނޭޕާލުގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް އިން އެ ގައުމުގެ ފުޓްބޯޅަ އިދާރާ، އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) ސަސްޕެންޑްކޮށްފައިވާއިރު، އެ މައްސަލަތައް ހައްލުކޮށް، އިންތިހާބުގެ ކަންކަން ކޮޅެއްގައި ޖެއްސުމަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން އަންފާ އަށް މުހުލަތެއް ދީފި އެވެ. 

ނޭޕާލްގެ ސަރުކާރުގެ ފަރާތުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތް، ނޭޝަނަލް ސްޕޯޓްސް ކައުންސިލުން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން (އަންފާ) ވަނީ ތިން މަސްދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ ސްޕޯޓްސް ކައުންސިލްގެ މި ނިންމުމާ އެކު، ސަރުކާރުގެ ނުފޫޒު ނޭޕާލްގެ ފުޓްބޯޅަ އަށް ފޯރި ކަމަށް ނިންމައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ނޭޕާލް ސަސްޕެންޑް ކުރުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. އެކަމަކު، ފީފާ އިން އަންނަނީ މި މައްސަލައިގައި އެންމެ ރަނގަޅަށް ކަންކަން ކުރިއަށްގެންދެވޭތޯ މަސައްކަތްކުރަމުންނެވެ. 

ސްޕޯޓްސް ކައުންސިލްގެ ހިންގާ ގަވާއިދުން ލިބިދޭ ބާރުގެ ބޭނުންކޮށް އަންފާ ސަސްޕެންޑް ކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ، ބާއްވަން މަސައްކަތްކުރަމުން އައި އަންފާގެ އަވަސް އިންތިހާބުގެ ކަންކަން ސްޕޯޓްސް ކައުންސިލުން ދިން ލަފަޔާ އެއްގޮތަށް ކުރިއަށް ނުގެންދިއުމުންނެެވެ. ފެބްރުއަރީ 11 ގައި ބާއްވަން ނިންމި އަންފާގެ އިންތިހާބު ނޭޕާލުގެ ޕަޓާން ހައި ކޯޓުން ޖެނުއަރީ މަހު ނިންމި ނިންމުމާ އެއްގޮތަށް ހުއްޓިފައި އޮތް ނަމަވެސް، އަންފާ އިން މަސައްކަތް ކުރަމުން އައީ މިދިޔަ މަހު 27 ވަނަ ދުވަހު އެ އިންތިހާބު ބޭއްވުމަށެވެ. އެކަމަކު، ސްޕޯޓްސް ކައުންސިލްގެ ނިންމުމާ އެކު އަންފާ އިން އިންތިހާބުގެ ކަންކަން މަޑުޖައްސާލައި، ފީފާގެ ލަފަޔަކަށް އެދުނީ އެވެ. 

ނޭޕާލް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ފީފާ އިން އަންފާ އަށް ފޮނުވި ސިޓީގައި ވަނީ، ހުރި މައްސަލަތައް ހައްލުކޮށް، އިންތިހާބުގެ ކަންކަން ވެސް އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ބާރު އަޅައިފަ އެވެ. އަދި، މި ކަން ފީފާ އިން ލަފާދޭ ގޮތަށް ކުރިއަށް އޮތް ހަތް ދުވަސްތެރޭގައި ހިނގައި، ހައްލަކަށް ދިއުމުގެ މަސައްކަތް ފަށަން ޖެހޭނެ ކަމަށް ފީފާ އިން ވަނީ އަންފާ އަށް އަންގައިފަ އެވެ. 

ފީފާ އިން މިހާތަނަށް ވެސް ވަނީ އަންފާ އަށް ފިޔަވަޅެއް އަޅައިފަ އެވެ. މި މަހު ތައިލެންޑްގައި ކުރިއަށްދާ އަންހެން ފުޓްބޯޅައިގެ، ފީފާ ސީރީސް މުބާރާތަކުން ނޭޕާލަށް ދީފައިވާ ފުރުސަތު އެ ޓީމު އަތުލާން ނިންމުމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، ފީފާ ސީރީސްގައި ނޭޕާލްގެ ބަދަލުގައި މިހާރު ވާދަކުރުމަށް ނިންމާފައިވަނީ އިންޑޮނޭޝިއާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox