މޯލްޑިވިއަން އާއި ސްރީލަންކަން އެއާލައިންސް އެއްބަސްވުމަކަށް

The new addition to Maldivian's fleet. -- Photo: Mirash Nashim/ Adhadhu

The new addition to Maldivian's fleet. -- Photo: Mirash Nashim/ Adhadhu

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސްގެ ދަތުރުފަތުރުގެ ވިއުގަ ގުޅާލައި ލަންކާ މަގުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އެކި ކަންކޮޅުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެ އެއްބަސްވުމެއްގައި ދެ އެއާލައިންގެ ދެމެދުގައި ސޮއިކޮށްފި އެވެ.

މޯލްޑިވިއަންއިން ބުނީ އެ އެއްބަސްވުމުގެ ދަށުން، ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް، މޯލްޑިވިއަންގެ އެހީގައި ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، ކޮލަމްބޯ މެދުވެރިކޮށް ދުނިޔޭގެ މުހިންމު މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރެވޭނެ އިންތިޒާމުތައް އެ އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދާނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުންޏެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި ދަތުރުވެރިންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޯލްެޑިވިއަން އިން ބުންޏެވެ. އެގޮތުން މޯލްޑިވިއަންގެ ފަސިންޖަރުންނަށް ކޮލަމްބޯ މެދުވެރިކޮށް ސްރީލަންކަން އެއާލައިންސް އިން ދަތުރުކުރާ ބައިނަލްއަގުވާމީ މަންޒިލްތަކަށް ދަތުރުކުރުމުގައި އިތުރު ލުއިފަސޭހަކަމާއި އިތުރު އިހުތިޔާރުތައް ލިބިގެންދާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް އެއް ޓިކެޓެއްގައި، ފަސޭހަ ކަނެކްޝަންތަކެއް މެދުވެރިކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމުގެ މަގު ތަނަވަސްވެގެންދާނެ އެވެ.

އެކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް އިޔާސް ވިދާޅުވީ، މިއީ ރާއްޖެއަށް އޮންނަ އެކްސެސިބިލިޓީ ނުވަތަ ދަތުރުފަތުރުގެ ފުރުސަތުތައް އިތުރުކުރުމަށާއި، މާލެއިން ބޭރުން އަތޮޅުތަކަށް އޮންނަ ގުޅުން ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ފުޅާ ދާއިރާއާއި މޯލްޑިވިއަންގެ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ވިއުގަ ގުޅާލުމުން، ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބުމުގެ އިތުރުން ދިވެހިންނަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެ،" އިޔާސް ވިދާޅުވި އެވެ.

މި ޕާޓްނަޝިޕަކީ ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށާއި، ދެ އެއާލައިންގެ ވިއުގަ ގުޅުވާލައިގެން ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ދެ ކުންފުނިން ގެންގުޅޭ ތަސައްވުރުގެ ބައެއް ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

ސްރީލަންކަން އެއާލައިންސްއަކީ ދުނިޔޭގެ މަޝްހޫރު ވަންވޯލްޑް އެލަޔަންސްގެ މެންބަރެކެވެ. އެ އެއާލައިނުން، ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކާއި އޭޝިއާގެ އެކި ސަރަހައްދުތަކުގެ އިތުރުން އުތުރު އެމެރިކާ އާއި އޮސްޓްރޭލިއާ ހިމެނޭހެން ޖުމުލަ 62 ގައުމެއްގެ 114 މަންޒިލަކަށް ދަތުރުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox