އދ ގެ 80 ވަނަ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ލިބޭ 21 ގައުމު ތެރޭގައި ރާއްޖެ ހިމެނިއްޖެ

މީގެ ކުރިން ބޭއްވި އދ. ގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ބޭއްވި އދ. ގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އދ ގެ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ލިބޭ 21 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި މިއަދު އޮތް އިންތިހާބުގައި އދ ގެ 80 ވަނަ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު އޭޝިއާ ޕެސިފިކް ގްރޫޕުން ދެން ލިބުނީ ލުބުނާން އާއި ބަންގްލަދޭޝްގެ އިތުރުން ސައުދީއަރަބިއްޔާ އަދި ޓިމޯލެސްޓޭ އަށެވެ.

އދ ގެ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ލިބޭ ގައުމުތަކުގެ ދައުރަކީ އެއްވެސް ސަބަބަކާ ލައިގެން އާންމު ޖަލްސާގެ ރައީސްކަން ކުރައްވާ ބޭފުޅާއަށް ހާޒިރު ނުވެވޭ ހާލަތުގައި ޖަލްސާ ކުރިއަށް ގެންދިޔުމެވެ. އެ ހާލަތުގައި ރައީސްއަށް ލިބިގެންވާ އެންމެހައި ބާރުތައް ނައިބުރައީސްކަން ކުރައްވާ ބޭފުޅަކަށް ވެސް ލިބޭނެ އެވެ.

އދ ގެ ކޮންމެ އާންމު ޖަލްސާއެއްގައި ވެސް ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު 21 ގައުމަކަށް ލިބެ އެވެ. އޭގެތެރޭގައި ހިމެނެނީ:

  • އެފްރިކާއިން އިންތިހާބު ކުރާ ހަ ގައުމު
  • އޭޝިއާ ޕެސިފިކް ގައުމުތަކުގެ ތެރެއިން އިންތިހާބު ކުރާ ފަސް ގައުމު
  • ލެޓިން އެމެރިކާއިންނާއި ކެރީބިއަންގެ ގައުމުތަކުގެ ތެރެއިން އިންތިހާބު ކުރާ ދެ ގައުމު
  • ހުޅަނގު ޔޫރަޕުން އިންތިހާބު ކުރާ ދެ ގައުމު
  • އިރުމަތީ ޔޫރަޕުން އިންތިހާބު ކުރާ އެއް ގައުމު
  • އދ ގެ ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ ދާއިމީ ފަސް ގައުމު

ފޮރިން މިނިސްޓްރީން ބުނީ އދ ގެ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ދިވެހިރާއްޖެއަށް މި އަހަރު ލިބުން ވަރަށް ހާއްސަ ކަމަށެވެ. ސަބަބަކީ މި އަހަރަކީ އދ ގެ މެންބަރު ގައުމަކަށް ރާއްޖެ ވީތާ 60 އަހަރު ފުރޭ އަހަރު ކަމަށްވުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox