މޯލްޑިވިއަން އާއި ސްރީލަންކަން އެއާލައިންސް އެއްބަސްވުމަކަށް
މޯލްޑިވިއަން އާއި ސްރީލަންކަން އެއާލައިންސްގެ ދަތުރުފަތުރުގެ ވިއުގަ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ބޭރުގެ ފަތުރުވެރިންނަށް ރާއްޖޭގެ 17 މަންޒިލަކަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ފަހިވުމާއި ދިވެހި ދަތުރުވެރިންނަށް ވެސް އެއް ޓިކެޓެއްގައި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމުގެ ލުއިފަސޭހަކަން ލިބިގެންދާނެ