އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާން ބޭނުން ނަމަ މިއަދު ޕާޓީއަށް ވަންނަން ޖެހޭ

Apr 22, 2026, 7:20 PM
އެމްޑީޕީ އިން ބޭއްވި ހިނގާލުމެއްގައި މީހަކު އެ ޕާޓީގެ ދިދައެއް ހިފައިގެން: ޗެއާޕާސަން އިންތިހާބު އޮންނާނީ ޖޫން 12، ގައި -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީ އިން ބޭއްވި ހިނގާލުމެއްގައި މީހަކު އެ ޕާޓީގެ ދިދައެއް ހިފައިގެން: ޗެއާޕާސަން އިންތިހާބު އޮންނާނީ ޖޫން 12، ގައި -- ފޮޓޯ: އަދަދު ފައިލް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ އިންތިހާބުގައި ވޯޓުލާން ބޭނުންވާ ނަމަ މިއަދު ޕާޓީއަށް ވަންނަންޖެހޭނެ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ. 

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ އިންތިހާބު އޮންނާނީ ޖޫން 12، ގަ އެވެ. އެ އިންތިހާބަށް އިއުލާނު ކުރީ ވެސް މިއަދެވެ. އިންތިހާބަށް ކުރިމަތިލާން ދިނީ މިއަދުން ފެށިގެން 10 ދުވަހެވެ. 

ޗެއާޕާސަން އިންތިހާބުގައި ވޯޓުލާން ބޭނުންވާ މީހުން މިއަދުގެ ނިޔަލަށް ޕާޓީއަށް ވަންނަންޖެހޭނެ ކަމަށް އެމްޑީޕީ އިން ބުނީ ވެސް މިއަދެވެ. އެހެންކަމުން އިންތިހާބުގައި ވޯޓުލާން ބޭނުން ނަމަ މިރޭ 12:00 ގެ ކުރިން އެމްޑީޕީއަށް ވަންނަން ޖެހޭނެ އެވެ. 

އިލެކްޝަންސް ކޮމިޝަނުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ވަނުމަށް ހުށަހެޅޭނެ އެވެ. އަދި ޕާޓީތަކުން އެ ހުށަހެޅުން ގަބޫލުކޮށްފި ނަމަ މަދު ވަގުތުކޮޅެއްގެ އެ ޕާޓީއެއްގެ މެންބަރަކަށް ވެވޭނެ އެވެ. 

ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައި ވަނީ ދެ ބޭފުޅުންނެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. 

ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަން އެވެ. ޕާޓީ ރަޖިސްޓްރީ ކުރުމަށްފަހު 2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރު ވެރިކަން ލިބިވަޑައިގަންނަވަންދެން ނަޝީދު އެ މަގާމު ފުރުއްވި އެވެ. 

މީކާއީލްއަކީ އެމްޑީޕީގެ ޔޫތު ވިންގުގެ ރައީސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މިއީ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިހާބުވި ދެވަނަ ދައުރެވެ. ޗެއާޕާސަންގެ މަގާމަށް މީކާއީލް އިންތިހާބުވެއްޖެ ނަމަ އޭނާ ވާނީ އެ މަގާމަށް ފުރުއްވާ އެންމެ ޒުވާން މެންބަރަށެވެ. 

ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވީ މާރިޔާ އަހުމަދު ދީދީ އާއި މޫސާ މަނިކު (ރީކޯ މޫސަ) އާއި އަލީ ވަހީދު އާއި ހަސަން ލަތީފް އާއި ފައްޔާޒް އިސްމާއިލް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox