ތަންމަކުނާއި ކަތުރުފަނި އަޅައިގެން އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ބަންދުކޮށްފި

އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު: އެތަނުގައި ކަތުރުފަންޏާއި ތަންމަކުނުގެ އަޅައި، ފަންގަސްވެސް ވަނީ ޖަހާފައި -- ފޮޓޯ: ރައީސް އޮފީސް

އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު: އެތަނުގައި ކަތުރުފަންޏާއި ތަންމަކުނުގެ އަޅައި، ފަންގަސްވެސް ވަނީ ޖަހާފައި -- ފޮޓޯ: ރައީސް އޮފީސް

އައިޖީއެމްއެޗް އިން ހިންގާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގައި ކަތުރުފަންޏާއި ތަންމަކުނު އެޅުމުގެ އިތުރުން ފަންގަސް ޖަހައިގެން މިދިޔަ ހޯމަ ދުވަހު ބަންދުކޮށްފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި މިދިޔަ ނޮވެމްބަރު 1، ގައި ހުޅުވި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ބަންދުކުރަން ނިންމީ ކުތުރު ފަނި އަޅައި، ފަންގަސް ޖަހައިގެން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އުނދަގޫތައް ދިމާވެ، އިމާރާތް ބޭނުންކުރަން ދިމާވަމުންދިޔަ ދަތިތަކާ ގުޅިގެންނެވެ. 

"އެތަން ބަންދުކުރިއިރު އައިޖީއެމްއެޗް އިން ބުނީ މަރާމާތަށޭ ބަންދުކުރީ. އަސްލު އެތަން ބަންދުކުރީ މަރާމާތަކަށް ނޫން. އެތަން ހުޅުވިތާ ފަަސްމަސް މިވީ. އެކަމަކު އެތަން މެއިންޓެއިން ނުކުރެވިގެން ފަންގަސް އަޅައިގެން، އެތާ ކުދިންތައް އެލާޖިކް ރިއެކްޝަން އައިސްގެން ބަންދުކުރީ. ޕެސްޓު އައުޓްބްރޭކެއް އައިސްގެން،" އެކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އަށް ބުންޏެވެ. 

މިކަމުގެ މައުލޫމާތު އެނގޭ މީހާ މި ނޫހަށް ބުނީ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ހުޅުމުގެ ކުރިން އެތަނުގައި ފަންގަސް ޖަހައި ފަނިފަކުސާގެ މައްސަލަ އުޅޭކަން އައިޖީއެމްއެޗްގެ މެނޭޖްމަންޓަށް އެނގޭ ކަމަށެވެ. ނަމަވެސް އެކަމަށް ފިޔަވަޅުތަކެއް ނާޅައި އެތަން ހުޅުވި ކަމަށާއި ފަހުން ރަނގަޅަށް މެއިންޓެއިން ވެސް ނުކުރާ ކަމަށް އޭނާ ބުންޏެވެ. 

މިކަމާ ގުޅިގެން އައިޖީއެމްއެޗް އިން މިދިޔަ ހޯމަ ދުވަހު ބުނީ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ބަންދުކުރީ މަރާމާތު ކުރުމަށް ވަގުތީ ގޮތުން މިއަދުގެ ނިޔަލަށް ކަމަށެވެ. އައިޖީއެމްއެޗް އިން ބުނީ އެތަން މާދަމާ ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ. 

އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ބަންދުކޮށްފައި ހުންނަ މުއްދަތުގައި އެ ސެންޓަރުން ދެމުން ގެންދާ ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް އައިޖީއެމްއެޗްގެ ޖީއޯޕީޑީއަށް ވަނީ ބަދަލުކޮށްފަ އެވެ. އޭގެއިތުރުން ވެކްސިން ޖެހުމުގެ ހިދުމަތް ދަމަނަވެއްޓަށް ވަނީ ބަދަލުކޮށްފަ އެވެ. 

އެ ސެންޓަރުން ދެމުންދިޔަ ހިދުމަތްތަކުގެ ތެރޭގައި އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުން، އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުގެ ލަފާ ހޯދުން އަދި މެޑިކަލް ޗެކަޕް ހެދުން ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox