ހުލާސާކޮށް އިއްޔެ: ސަރުކާރުގެ އައިނު ފިހާރަ ލަންކާ ބަޔަކު ހިންގާކަމުގެ ތުހުމަތު

Dec 18, 2025, 1:25 AM
ސަރުކާރުގެ އައިނު ފިހާރަ، "އެމްސީޖީއެޗް އޮޕްޓިކަލްސް" ރައީސް މުއިއްޒު މި އަހަރު ޖުލައި 27 ވަނަ ދުވަހު ހުޅުވައި ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އައިނު ފިހާރަ، "އެމްސީޖީއެޗް އޮޕްޓިކަލްސް" ރައީސް މުއިއްޒު މި އަހަރު ޖުލައި 27 ވަނަ ދުވަހު ހުޅުވައި ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައިގެ ހިންގުން ބޭރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ، ދިވެހި ވިޔަފާރިވެރިއަކު ބޮޑު ތުހުމަތެއް ކުރި އެވެ.

މުއިއްޒު ވިޔަފާރިވެރިންނާއެކު ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ބައްދަލުވުމުގައި ގެސްޓްހައުސް އަދި އައިނު ފިހާރައިގެ ވިޔަފާރި ކުރާ އަހުމަދު ނަސީމް ބުނީ، އައިޖީއެމްއެޗްގެ ތެރޭގައި ހިންގާ އައިނު ފިހާރަ، "އެމްސީޖީއެޗް އޮޕްޓިކަލްސް" އަކީ ސްްރީލަންކާގެ ބައެއްގެ ބޮޑު ބައިވެރިވުމެއް އޮތް ވިޔަފާރިއެއް ކަމަށެވެ.

މިއީ ދިވެހި ވިޔަފާރިވެރިން ބާކީކޮށް، ގައުމުގެ ފައިސާ ބޭރުވަމުންދާ "ހިތާމަހުރި" ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

Advertisement

ނަސީމް ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުން މިހާރު އައިޖީއެމްއެޗުން އައިނު ހައްދަމުންދާއިރު، އެ ހުރިހާ ފައިސާއެއް ލަންކާގެ ބަޔަކަށް ލިބޭ ގޮތަށް އޮތުމަކީ ގައުމުގެ އިގްތިސާދަށް ލިބޭ ބޮޑު ގެއްލުމެކެވެ.

"ލަންކާ ބަޔަކަށް އައިޖީއެމްއެޗްގެ ތަނެއް ދެއްވިއިރު، މާލޭގައި އެބަތިބި އެފަދަ ތަނެއް ހިންގޭނެ ގާބިލް ދިވެހި ވިޔަފާރިވެރިން. އެފަދަ ވިޔަފާރިވެރިޔަކަށް އައިޖީއެމްއެޗް ހިންގަން ދިންނަމަވެސް މާ ރަނގަޅު ވާނެ،" އޭނާ ބުންޏެވެ.

"[މިއީ] ކުރިއަށް އޮތް ތަނުގައި ސަމާލުކަން ދީގެން އިސްހާކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން އެކަންތައް."

ސަރުކާރުން މިފަދަ ވިޔަފާރިއެއްގެ ތެރެއަށް ވަނުމުގެ ކުރިން ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކޮށްފައި ނެތް ކަމަށާއި، އެފަދަ މަޝްވަރާ ކުރެވުނު ނަމަ 2000ރ އަށް ލިބޭ އައިނު ދިވެހި ވިޔަފާރިވެރިންނަށް ވެސް ދެވޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

އައިނު ހައްދަން އާސަންދައިން ދޭ އަދަދު 2000ރ. ބޮޑުކުރީ ސަރުކާރުގެ އައިނު ފިހާރަ ހުޅުވުމުގެ މަހެއްހާ ދުވަސް ކުރިންނެވެ. ސަރުކާރުގެ އައިނު ފިހާރަ ހުޅުވީ މި އަހަރުގެ ޖުލައި 27 ގަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox