ރަސްމާލެ ހިއްކަން ގެނައި ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ފުރައިފި

ރަސްމާލެ ހިއްކާ ޑްރެޖަރެއް

ރަސްމާލެ ހިއްކާ ޑްރެޖަރެއް

އެއާޕޯޓުތައް އޮޕަރޭޓުކުރާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ބޭނުންކުރަން އެ ކުންފުނިން ބޮޑު އަގުގައި ޗާޓަރުކޮށްގެން ގެނައި ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު، ކްރިސްޓޮބާލް ކޯލަން ރާއްޖޭން ފުރައިފި އެވެ. 

އެމްއޭސީއެލްގެ  ބިން ހިއްކުމުގެ ޕްރޮޖެކްޓުތަކުގައި ބޭނުންކުރަން ވެގެން އެ ކުންފުނިން ވަނީ ބެލްޖިއަމްގެ ޔަން ޑަ ނަލް ކުންފުނީގެ އިތުރުން ކްރިސްޓޮބާލް ކޯލަންގެ އިތުރުން، ހަމަ އެ  ސައިޒުގެ ލީވް އެރިކްސަން ވަނީ ކުއްޔަށް ނަގާފަ އެވެ. 

މީގެ ތެރެއިން ކޯލަން ރާއްޖެ އައިސްސުރެން ހަރަކާތްތެރިވަމުން އަންނަނީ ރަސްމާލެ ހިއްކުމުގަ އެވެ. އަނެއް ޑްރެޖަރު، އެރިކްސަން، ބޭނުންކުރީ ހއ. ދިއްދޫގެ ބިން ހިއްކާށެވެ. އެ ޕްރޮޖެކްޓު ނިންމާލުމަށް ފަހު އެ ޑްރެޖަރު ވެސް ހަރަކާތްތެރިވަމުން އައީ ރަސްމާލެ ސަރަހައްދުގަ އެވެ.

މިދިޔަ ހަފުތާ ނިމެން އުޅެނިކޮށް އަދަދު އަށް ވަނީ މި ޑްރެޖަރުތަކުން ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި، އެންކަރުކުރި ކަމަށް މައުލޫމާތު ލިބިފަ އެވެ. އެ ދުވަހުން ފެށިގެން މި ނޫހުން ވާނީ ކަނޑު އުޅަނދުފަހަރު ޓްރެކްކުރާ މެރިންޓްރެފިކް އާއި ވެސްލްފައިންޑާ ބޭނުންކޮށްގެން މި ވެސްލްތަކުގެ ލޮކޭޝަން ޓްރެކްކޮށްފަ އެވެ.

ކްރިސްޓޮބާލް ކޯލަންގެ ވޭތުވި ދެ ދުވަހުގެ ޓްރެކިން ޑޭޓާ

އޭރު ބެލިއިރު، ދެ ޑްރެޖަރު ވެސް އޮތީ ފުށިދިއްގަރު ފަޅު ބޭރުގައި އެންކަރުކޮށްފަ އެވެ. އޭރުން ފެށިގެން، އިއްޔެގެ ވަގުތެއްގައި ކްރިސްޓޮބާލް ކޯލަން ރާއްޖޭން ފުރުމާ ހަމައަށް މި ދެ ޑްރެޖަރުން ކުރެ ޑްރެޖަރެއް އެންކަރުން ނުނަގަ އެވެ. ލީވް އެރިކްސަން އޮތީ ޓްރެކް ކުރަން ފެށިއިރު ވެސް އޮތް ސަރަހައްދުގަ އެވެ. 

މި ޑްރެޖަރުތައް ފުރައިގެން ދިޔައިރު، އެމްއޭސީއެލްއާ ހަވާލުކުރި ރަސްމާލޭގެ ސައިޓުތައް ވެސް ހިއްކާ ނުނިމެ އެވެ. އެމްއޭސީއެލްއާ ހަވާލުކުރި ރަސްމާލޭގެ ތިން ސައިޓުގެ ތެރެއިން މިހާތަނަށް އެއްކޮށް ހިއްކާ ނިމުނީ ސައިޓު "އޭ" އެވެ. ޑްރެޖަރުތައް އެންކަރުކުރީ ސައިޓު "ބީ" ހިއްކަން ފެށުމަށް ފަހުގަ އެވެ. 

ލީވް އެރިކްސަންގެ ވޭތުވި ދެ ދުވަހުގެ ޓްރެކިން ޑޭޓާ

ފުށިދިއްގަރު ފަޅު މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޯތައް ބެލިއިރު، ސައިޓު "ބީ" ހިއްކުން ހުއްޓުނަތާ ދެ ހަފުތާ ވަރު ވެއްޖެ އެވެ.

އެމްއޭސީއެލްއިން ހިއްކަމުން އަންނަ ސައިޓުތައް

  • ސައިޓު އޭ - 138 ހެކްޓަރު
  • ސައިޓު ބީ - 154 ހެކްޓަރު
  • ސައިޓު އެޗް - 12 ހެކްޓަރު
  • ސައިޓު އައި - 18 ހެކްޓަރު

އަދަދު އިން ވަނީ އެމްއޭސީއެލްއިން ކުއްޔަށް ނަގައިގެން އުޅޭ ޑްރެޖަރުތައް ފޮނުވާލި ސަބަބު ސާފުކުރަން އެ ކުންފުނީގެ މީޑިއާ އޮފިޝަލަށް ގުޅުމުން، ބަލާފަ ޖަވާބެއް ދޭނެ ކަމަށް ބުންޏެވެ. ނަމަވެސް އަދި އެ ކުންފުނީގެ ބަހެއް ނުލިބެ އެވެ.

އެމްއޭސީއެލްއިން ކުއްޔަށް ނަގައިގެން އުޅޭ ޑްރެޖަރުތަކުގެ ތެރެއިން ބިން ހިއްކުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަނީ ތ. އަތޮޅުގައި އޮތް ފިލީޕޯ ބުރުނެލޭޝީ އެކަންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox