ޓްރަމްޕްގެ މަންދޫބުންނާއި ޑީޕީ ވޯލްޑުން ސިއްރު މަޝްވަރާގައި
ޓްރަމްޕްގެ "ޕީސް ބޯޑް" މަންދޫބުންނާއި ދުބާއީގެ ޑީޕީ ވޯލްޑުން ގުޅިގެން، ގާޒާގެ ލޮޖިސްޓިކްސް، އިންފްރާސްޓްރަކްޗާ އަދި އާ ބަނދަރެއް ބިނާކުރުމާ ގުޅޭ ސިއްރު މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. "ނިއު ގާޒާ" ބިނާކުރުމުގެ މި ރޭވުމުގެ ދަށުން ގާޒާގެ ހިދުމަތްތައް ޕްރައިވެޓައިޒް ކުރަން ހުށަހަޅާފައިވާއިރު، މިއީ ފަލަސްތީނުގެ ރައްޔިތުން ބިމުން ބޭރުކުރުމަށް ކުރާ ކަމެއް ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.