އީރާނުގެ އުޅަނދެއް ހިފެހެއްޓުމުން ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ އުޅަނދުތަކަށް ހަމަލާދީފި

Apr 20, 2026, 11:03 AM
ފޮޓޯ: އަނަދޮލޫ އެޖެންސީ

ފޮޓޯ: އަނަދޮލޫ އެޖެންސީ

އެމެރިކާގެ ސިފައިން އީރާނުގެ އުޅަނދަކަށް ބަޑިޖަހައި، އެ އުޅަނދު ހުއްޓުވުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން އީރާނުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު އެމެރިކާގެ ބައެއް އުޅަނދުތަކަށް ޑްރޯން ހަމަލާތަކެއް ދީފި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އީރާނުގެ ތަސްނީމް ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮމާން ކަނޑުން ދަތުރުކުރި "ޓޫސްކާ" ނަމަކަށް ކިޔާ ކޮންޓޭނަރު އުފުލާ އުޅަނދަށް އެމެރިކާ ސިފައިން އެރި ފަހުން، އީރާނުން ވަނީ އެމެރިކާގެ އުޅަނދުތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް އެ ހަމަލާތައް އަމާޒުކުރީ އަސްކަރީ އުޅަނދުތަކަކަށް ކަމެއް ނުވަތަ ވިޔަފާރި އުޅަނދުތަކަކަށް ކަމެއް އެ އެޖެންސީން ހާމަކޮށްފައެއް ނުވެ އެވެ.

އެމެރިކާގެ ސިފައިން އީރާނުގެ އުޅަނދު ހިފެހެއްޓިކަން އެ ގައުމުން ކުރިން ކަށަވަރުކޮށްދީފައިވާއިރު، މި އަމަލުގެ ބަދަލު "މާލަސްތަކެއް ނުވެ" ހިފާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. އީރާނުން ބުނާ ގޮތުގައި މިއީ ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އޭޕްރިލް 7 ވަނަ ދުވަހު އިއުލާންކުރި ދެ ހަފުތާއަށް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ހިލާފުވުމެވެ. އެ އެއްބަސްވުމަށް މިހާތަނަށް ދެ ފަރާތުން ވެސް ދިޔައީ ބޮޑުތަނުން އަމަލުކުރަމުންނެވެ.

އީރާނުގެ ފާރްސް ނޫހުން ރިޕޯޓްކުރި ގޮތުގައި، އެ ގައުމުގެ "ޚާތަމް އަލް-އަންބިޔާ" މަރުކަޒީ ހެޑްކުއާޓާާސްއިން ބުނެފައިވަނީ އެމެރިކާ ސިފައިން އެ އުޅަނދަށް އަމާޒުކޮށް ހަމަލާދީ، އޭގެ ނެވިގޭޝަން ސިސްޓަމް ހަލާކުކޮށްލުމަށް ފަހު އުޅަނދަށް އަރާފައިވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.

އުޅަނދުތައް ދަތުރުކުރާ މަގު ދައްކައިދޭ ޑޭޓާތަކުން އެނގޭ ގޮތުގައި، "ޓޫސްކާ" އުޅަނދު މެލޭޝިއާގެ ޕޯޓް ކްލޭންގުން ފުރާފައިވަނީ އޭޕްރިލް 12 ވަނަ ދުވަހު އެވެ.

އީރާނުގެ އަސްކަރީ ތަރުޖަމާނު އިބްރާހިމް ޒުލްފަގާރީ ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން އެ އުޅަނދަށް އެރުމުގެ ކުރިން ވަނީ އުޅަނދަށް އަމާޒުކޮށް ބަޑިޖަހާފަ އެވެ.

މި ހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ އާދީއްތަ ދުވަހު ހާމަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އޭގެ ފަހުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ސެންޓްކޮމްއިން ބުނި ގޮތުގައި އެމެރިކާގެ މަނަވަރު "ޔޫއެސްއެސް ސްޕްރޫއަންސް" އިން އީރާނުގެ ދިދަ ޖަހާފައިވާ އެ މުދާ އުފުލާ އުޅަނދު ހިފެހެއްޓީ، އޮމާން ކަނޑުގައި އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ބްލޮކޭޑާ ހިލާފުވާން މަސައްކަތް ކުރުމުންނެވެ.

ސެންޓްކޮމްއިން ބުނި ގޮތުގައި އެމެރިކާގެ މެރިން ސިފައިންގެ ބެލުމުގެ ދަށުގައި މިހާރު އޮތް އެ އުޅަނދު ދަތުރުކުރަމުން ދިޔައީ އީރާނުގެ ބަންދަރު އައްބާސް ބަނދަރަށެވެ.

މީގެ އިތުރުން، އެމެރިކާގެ މަނަވަރަކުން ބަޑިޖެހުމުގެ ކުރިން އެ އުޅަނދަށް އިންޒާރުދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސެންޓްކޮމްއިން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި އާންމުކޮށްފަ އެވެ.

ޒުލްފަގާރީ ވިދާޅުވީ "އިސްތިއުމާރީ އެމެރިކާއިން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ، ކަނޑުފޭރުމުގެ އަމަލެއް ހިންގައި، އީރާނުގެ އުޅަނދުގެ ނެވިގޭޝަން ސިސްޓަމް ހަލާކުކޮށްލުމަށް ފަހު އެ އުޅަނދަށް ހަމަލާދީފައިވާ" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމެރިކާ ސިފައިން އެ އުޅަނދަށް އަރާފައިވަނީ "ޓެރަރިސްޓް މެރިން ސިފައިންގެ ބަޔަކު" އެ އުޅަނދަށް ބޭލުމަށްފަހު ކަމަށެވެ.

"އެމެރިކާގެ އަސްކަރިއްޔާއިން ހިންގި ހަތިޔާރު އެޅި ކަނޑުފޭރުމުގެ މި އަމަލަށް އީރާނުގެ އަސްކަރީ ބާރުތަކުން ވަރަށް އަވަހަށް ރައްދުދީ ބަދަލުހިފާނެ ކަމުގެ އިންޒާރު އަހަރެމެން ދެން،" ޒުލްފަގާރީ ވިދާޅުވިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox