ލިޓަން މަރާލިކަމުގެ ކުށް ނިޒާމުގެ މައްޗަށް ސާބިތުވެ އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ލިޓަން މަރާލުމުގެ ދައުވާކޮށްފައިވާ ނިޒާމް؛ ދައުލަތުގެ ހެކިތަކެއް ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވޭ

ލިޓަން މަރާލުމުގެ ދައުވާކޮށްފައިވާ ނިޒާމް؛ ދައުލަތުގެ ހެކިތަކެއް ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވޭ

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު ލިޓަން، 35 މަރާލުމުގެ ކުށް، މުހައްމަދު ނިޒާމު، މަނާރު، ގދ. ތިނަދޫ، ގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ލިޓަންގެ މަރުގެ މައްސަލަ ފުރަތަމަ ފެންމަތިވީ. ޑިސެމްބަރު 28، 2023 ގައި ފިއުލް ޕަވާ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ލިޓަން އަދި ނިޒާމް ގެއްލިގެން ހޯދަން ފެށި ހިސާބުންނެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފުލުހުން ނިޒާމު ހޯދީ ސައްޔިދުކިލެގެފާނު މަގުގައި ހުންނަ ގެސްޓުހައުސްއެއްގައި އޭނާ ހުއްޓަ އެވެ.

މިއަދާ ހަމައަށް ވެސް ލިޓޮންގެ ހަށިގަނޑު ފެނިފައި ނުވާއިރު، ލިޓޮން ކޮށްޕައި މޫދަށް ވައްޓާލިކަމަށް ތަހުގީގުގައި ނިޒާމު ވަނީ އެއްބަސްވެފަ އެވެ.

Advertisement

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ ނިޒާމުގެ މައްޗަށް އިންސާނާގެ ފުރާނާއިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ ހާލަތެއްގައި މީހަކު ކުރާ ފަރުވާކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ކުށް ސާބިތުވާ ކަމަށެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ 25 އަހަރަށް ޖަލަށް ލުމަށް ހުކުމުގައިވެ އެެވެ. ނަމަވެސް، އެ މައްސަލައިގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، ދެން ނިޒާމު ބަންދުގައި ހުންނަން ޖެހޭނީ 21 އަހަރާރި 10 މަހާއި އެއް ދުވަސް ވަންދެނެވެ.

އޭނާގެ މައްޗަށް، މަރަށް މަރުގެ ހުކުމް އިއްވާފައި ނުވަނީ، ލިޓޮންގެ ހަށިގަނޑު މިހައިތަނަށް ފެނިފައި ނުވާތީ އާއި ލިޓޮން މޫދަށް ވައްޓާލިފަހުން ދެން ކަންވީގޮތުގެ ޑައިރެކްޓު ހެކި ނެތުމުން ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ލިޓޮން އާއި ނާޒިމް ދަތުރުކުރި ތެޔޮ ބޯޓު ފުލުހުންނަށް ފެނުނީ ޖެނުއަރީ 1، 2023 ގައި ކ. ހުޅުލެ ނެރު ކައިރިންނެވެ. އޭރު އެ ބޯޓުގައި ލިޓޮން ވެސް އަދި، ނިޒާމު ވެސް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox