ޗެލްސީގައި ޕާމާ ހުރީ އުފަލުން، ޓްރާންސްފާގެ ވާހަކައެއް ނެތް

Jan 31, 2026, 4:03 AM
ޗެލްސީގައި ޕާމާ ހުރީ އުފަލުން، ޓްރާންސްފާގެ ވާހަކައެއް ނެތް

ލަންޑަން (ޖެނުއަރީ 31) - ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ތަރި، ކޯލް ޕާމާ އެ ކްލަބްގައި ހުރީ އުފަލުން ކަމަށާއި އޭނާއާ ގުޅޭގޮތުން ޓްރާންސްފާގެ އެއްވެސް ވާހަކައެއް ނެތް ކަމަށް ޗެލްސީގެ ކޯޗު، ލިއަމް ރޮސެނިއާ ބުނެފި އެވެ.

މެންޗެސްޓާ ސިޓީ ދޫކޮށް، މީގެ ތިން އަަހަރު ކުރިން، 2023 ވަނަ އަހަރު، 50 މިލިއަން ޑޮލަރުގެ ފީ އަކަށް ޗެލްސީން ޕާމާގެ ސޮއި ހޯދިއިރު، ފުރަތަމަ ސީޒަނުގައި އޭނާ ވަނީ، ޕްރިމިއާ ލީގުގައި 22 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި، މިހާތަނަށް ޗެލްސީ އަށް ކުޅެދިން 111 މެޗުން 48 ގޯލު ޖަހައި، 31 ލަނޑު ޖަހަން ފުރުސަތު ހޯދައިދިނެވެ.

ޗެލްސީއާ އެކު، 2033 ގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓް އޮތް ނަމަވެސް، ޕާމާގެ ހިތްހަމަނުޖެހުންތަކެއް ލަންޑަންގައި ދިރިއުޅެން ޖެހޭތީ ހުރި ކަމަށް ބުނެ، އާއިލާ ކައިރީގައި މެންޗެސްޓާގައި އުޅުމަށް އެ ސަރަހައްދުގެ ޓީމަަކަށް ޕާމާ ބަދަލުވެދާނެ ކަމަށް ބުނެ، އިނގިރޭސި އެކި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެންޒޯ މަރެސްކާ ވަކިކޮށް ޗެލްސީން އެ ޓީމުގެ ކޯޗުކަން ހަވާލުކުރި ރޮސެނިއާގެ އިރުޝާދުގެ ދަށުން އެ ޓީމުން ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވިއިރު، އޭނާ އަށް ގިނައިން ޖަވާބު ދޭން ޖެހިފައިވަނީ ޓްރާންސްފާއާ ގުޅޭ ސުވާލުތަކަށެވެ.

އެ ގޮތުން، ޕާމާގެ މުސްތަގުބަލާ ގުޅޭގޮތުން އަމާޒުވި ސުވާލަށް ރޮސެނިއާ ބުނީ، ޕާމާ ހުރީ ޗެލްސީގައި ހިތްހަމަޖެހިގެން ކަމަށާއި ފިޓްނަސް އެންމެ ބޭނުންވާ ވަރަށް ރަނގަޅުކުރުމުގައި މެޗުތަކުގައި ކުޅެ ކުރިއެރުން ވެސް ހޯދަމުން އަންނަ ކަމަށެވެ.

"ޕާމާއާ ގުޅޭ ޓްރާންސްފާގެ ވާހަކައެއް އޮތް ހެނެއް ހިއެއްނުވޭ،" ރޮސެނިއާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމްއާ ދެކޮޅަށް ޗެލްސީން ކުޅޭ މެޗުގައި ވެސް ޕާމާ ފެނިގެންދާނެ ކަމަށް ރޮސެނިއާ ވަނީ ބުނެފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox