މިދިޔަ މަހު އެކަނިވެސް ޑެންގީއަށް 413 މީހުން ޕޮޒިޓިވް

ޑެންގީ ހުން ފަތުރާ ބާވަތުގެ މަދިރިއެއް -- އާޓްވޯކް: އިސްމާއިލް އިމްދާދު

ޑެންގީ ހުން ފަތުރާ ބާވަތުގެ މަދިރިއެއް -- އާޓްވޯކް: އިސްމާއިލް އިމްދާދު

މަދިރީގެ ޒަރީޔާއިން ފެތުރޭ ޑެންގީހުމަށް ޕޮޒިޓިވްވާ މީހުން އިތުރުވެ މިދިޔަ މަހު އެކަނިވެސް 413 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ މަހު ޑެންގީހުން 413 ޖެހުނުއިރު، އެއީ ނޮވެމްބަރު މަހާ އަޅާބަލާއިރު 31 މީހުންގެ އިތުރުވުމެއް ކަމަށެވެ. ނޮވެމްބަރު މަހު ބައްޔަށް 382 މީހުން ޕޮޒިޓިވްވި ކަމަށް އެ އެޖެންސީން ބުންޏެވެ.

ޑެންގީފުހުންފަދަ މަދިރީގެ ޒަރީޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ތިން ދުވަހަށްވުރެ އިތުރަށް ހުންނަ އަންނަނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއް ލަފާ ހޯދަން އެޗްޕީއޭއިން އިރުޝާދު ދެ އެވެ.

އެ އެޖެންސީން ބުނީ މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕްލެންޓް ބޭނުން ކުރުން މުހިންމު ކަމަށެވެ.

މަދިރި އެންމެ ގިނަ ވާނެ ކަމަށް ބެލެވެނީ ފަތިސް ގަޑީގައި އަދި ހަވީރާއި އިރު އޮއްސޭ ވަގުތުކަމުން އެ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕަން އެޗްޕީއޭއިން އިރުޝާދުދެ އެވެ.

ފެން ހަރުލާ ތަކެތީގައި ފެން ހަރުލުމުން ޑެންގީ ފަތުރާ މަދިރި އާލާވުމަށް މަގުފަހިވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ހުސްފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލައި، އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރަން އެދޭ ކަމަށެވެ.

ހުން އައިސް ބަލިވެ އުޅޭނަމަ، ގިނަގިނައިން ދިޔާ ތަކެތި ބުއިމަށާއި އަރާމު ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެ އެވެ. އެގޮތުން އެޗްޕީއޭއިން އިރުޝާދުދިނީ ކުރުނބާފެން، ލޮނުޕެކެޓް ސޫޕް ފަދަ ތަކެތި ބުއިމަށެވެ.

ޑެންގީ ފެތުރެނީ ކިހިނެއް؟

ޑެންގީ އަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. އެއާ ހިލާފަށް މި ބަލި ފެތުރެނީ ޑެންގީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރި އިންސާނުންގެ ގައިގައި ހެފުމުންނެވެ. އިންސާނުންގެ ގައިން މަދިރި އަށް ވެސް މި ބަލި އަރަ އެވެ. އިންފެކްޓުވެފައިވާ މަދިރީގެ މުޅި އުމުރަށް ވެސް އިންސާނުންގެ މެދުގައި ބަލި ފަތުރަމުން ދާނެ އެވެ. މަދިރިއެއްގެ އުމުރުގެ ދިގު މިނަކީ 3-4 ހަފުތާ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ފަހަކަށް އައިސް ޑެންގީ ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އިންފެކްޝަންގެ އަސަރު އިންސާނަކަށް ކުރުމުން އަލާމާތްތައް ފެންނަނީ 4-5 ދުވަސް ފަހުންނެވެ. އެ އަލާމާތްތައް ހަފުތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން ފެނުން އެކަށީގެންވެ އެވެ.

ޑެންގީ ޖެހޭ ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކު ބަލިވެ އެވެ. އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، މޭނުބައި ކުރުން، ހުން އައުން، ބަނޑުގައި ރިއްސުން، ނޭވާލާން އުނދަގޫވުން އަދި ސީރިއަސް ހާލަތްތަކުގައި ހަށިގަނޑުގެ އެތެރެއިން ލޭ އައުން ހިމެނެ އެވެ. ޑެންގީ ޖެހުމުން ބަލިވާ ކޮންމެ 10 މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ އެވެ.

މިދިޔަ މަހު އިންފްލުއެންޒާއަށް 560 މީހުން ޓެސްޓުކުރިއިރު 152 މީހުން ބައްޔަށް ޕޮޒިޓީވްވި އެވެ. ނޮވެމްބަރު މަހު ބައްޔަށް 516 މީހުން ޓެސްޓުކުރިއިރު، 121 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ. މިދިޔަ އަހަރު ޖުމްލަ 4،407 މީހުން ބައްޔަށް ޓެސްޓުކުރިއިރު، 1،270 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ.

މިދިޔަ މަހު އަރިދަފުސް ރޯނގާ ޖެހިގެން 28،619 މީހުން ޑޮކްޓަރަށް ދައްކާފައިވެ އެވެ. އެއީ ނޮވެމްބަރު މަހު ޑޮކްޓަރަށް ދެއްކި 32،859 މީހުންނާ އަޅާބަލާއިރު މަދު އަދަދެކެވެ.

މީގެއިތުރުން މިދިޔަ މަހު ބޭރަށް ހިންގައިގެން 2،931 މީހުން ޑޮކްޓަރަށް ދައްކިއިރު، އެއީ ނޮވެމްބަރު މަހު ދެއްކި 4،102 މީހުންނާ އަޅާބަލާއިރު މަދު އަދަދެކެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭރަށް ހިންގައިގެން 3،640 މީހުން ޑޮކްޓަރަށް ދެއްކިއިރު، ޑިސެމްބަރުގައި 2،590 މީހުން ދެއްކި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox