ޕްރިޒަންސް ކޮމިޝަނަރުގެ ރަސްމީ ދަތުރަކަށް ވިޔަފާރިވެރިންގެ އެހީ ހޯދައިފި

ޕްރިޒަންސްގެ އިސްވެރިން މެލޭޝިއާއަށް ކުރި ރަސްމީ ދަތުރުގެ ތެރެއިން ކޮމިޝަނަރު، ޒަރީރުއާއި އޭނާގެ އަނބިކަނބަލުން -- ފޮޓޯ: ސޯޝަލްމީޑިއާ

ޕްރިޒަންސްގެ އިސްވެރިން މެލޭޝިއާއަށް ކުރި ރަސްމީ ދަތުރުގެ ތެރެއިން ކޮމިޝަނަރު، ޒަރީރުއާއި އޭނާގެ އަނބިކަނބަލުން -- ފޮޓޯ: ސޯޝަލްމީޑިއާ

މެލޭޝިއަން ޕްރިޒަންސް ޑިޕާޓުމެންޓާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށާއި އަމަލީ ތަޖުރިބާ ހޯދުމަށް ޓަކައި، މެލޭޝިއަން ޕްރިޒަންސް އިން ބަލަހައްޓަމުން ގެންދާ ޖަލަކަށް ޒިޔާރަތް ކުރުމަށް މޯލްޑިވްސް ޕްރިޒަންސްގެ އިސްވެރިންނާއެކު މެލޭޝިއާއަށް ކުރި ރަސްމީ ދަތުރަކަށް ޕްރައިވެޓު ކުންފުނިތަކާއި ޕްރިޒަންސްގެ މުވައްޒަފުންގެ އަތުން ޑޮނޭޝަން ނަގައިގެން ހިންގާ ޕްރިޒަންސް ކުލަބުން ސްޕޮންސާ ހޯދައިފި އެވެ.

އެ ދަތުރުގައި މޯލްޑިވްސް ޕްރިޒަންސް ސާވިސްގެ ފަރާތުން ވަޑައިގެންނެވީ އެ އިދާރާގެ ކޮމިޝަނަރު ހަސަން ޒަރީރުއާއި އިސްވެރިންނެވެ. ނަމަވެސް އެ ދަތުރުގައި ޒަރީރުގެ އަނބިކަނބަލުން، ވެސް ބައިވެރިވެވަޑައިގެންނެވިކަން މެލޭޝިއަން ޕްރިޒަންސް އިން ސޯޝަލް މީޑިއާގައި އާންމު ކުރި ފޮޓޯތަކުން އެނގެ އެވެ. މެލޭޝިއަން ޕްރިޒަންސް ޑެޕާޓުމެންޓުގެ އިސްވެރިންނާއެކު ބައެއް ފޮޓޯތައް ވެސް ކޮމިޝަނަރުގެ އަނބިކަނބަލުން ނަންގަވައިފައިވެ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދެއްވަމުން ޕްރިޒަންސްގެ ކޮމިޝަނަރު، ހަސަން ޒަރީރު ވިދާޅުވީ އެ ދަތުރުގައި އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވީ އޭނާގެ އަމިއްލަ ހަރަދުގައި ކަމަށެވެ.

Advertisement

"އަޅުގަނޑުގެ އަމިއްލަ ހަރަދުގައި އެއީ އިނގޭތޯ؟" އޭނާ ވިދާޅުވި އެވެ.

"އަދަދު" އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޕްރިޒަންސް ކޮމިޝަނަރުގެ ދަތުރަށް ސްޕޮންސާ ހޯދާފައި ވަނީ މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ކޭޓާ ކޮށްދޭ މޭނާ ކޭޓަރިން ޕްރައިވެޓް ލިމިޓެޑާއި ޕްރިޒަންސްގެ ސްޓާފުންގެ ކޮއްތު ކޭޓާ ކޮށްދޭ އަރޭނާ އިންވެސްޓްމެންޓް މެނޭޖުމަންޓް ލިމިޓެޑާއި ޕޮލްކޯއާއި ޕްރިސްކޯ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ، ޕަރެސްކޯ ޕްރައިވެޓް ލިމިޓެޑާއި ޕްރިޒަންސް މުވައްޒަފުންގެ އަތުން ޑޮނޭޝަން ނަގައިގެން ހިންގާ ޕްރިޒަން ކުލަބުންނެވެ.

މެލޭޝިއާއަށް ކުރި ދަތުރުގެ ހަރަދަށް އެ ތިން ކުންފުންޏާއި ޕްރިޒަންސް ކުލަބުން މުޅި ޖުމުލަ 8715 ޑޮލަރު މޯލްޑިވްސް ޕްރިޒަންސް ސާވިސަސްއިން ހޯދަން އެދިފައިވެ އެވެ.

ޕްރިޒަންސްގެ ދަތުރަށް ފައިސާ ހޯދުމަށް އެދިފައި ވަނީ:

  • މޭނާ ކޭޓަރިން ޕްރައިވެޓް ލިމިޓެޑް - ތިން މީހެއްގެ ހުރުމާއި ކެއުމަށް 2575 ޑޮލަރު (މީހަކަށް 858.33 ޑޮލަރު)
  • ޕްރިޒަންސް ކްލަބު - ދެމީހެއްގެ ދެކޮޅު ޓިކެޓަށް 1256 ޑޮލަރު ހުރުމާއި ކެއުމަށް 2184 ޑޮލަރު ޖުމުލަ 3440 ޑޮލަރު
  • އަރޭނާ އިންވެސްޓްމެންޓް މެނޭޖުމެންޓް ލިމިޓެޑް - ދެމީހެއްގެ ހުރުމާއި ކެއުމަށް 1350 ޑޮލަރު (މީހަކަށް 675 ޑޮލަރު)
  • ޕަރެސްކޯ ޕްރައިވެޓް ލިމިޓެޑް - ދެ މީހެއްގެ ހުރުމާއި ކެއުމަށް 1350 ޑޮލަރު (މީހަކަށް 675 ޑޮލަރު)

މީގެ ތެރެއިން ޕަރެސްކޯ އަށާއި އަރޭނާގެ އިތުރުން މޭނާ ކޭޓަރިންއަށް ޕްރިޒަންސްއިން ސިޓީ ފޮނުވާފައި ވަނީ އޭޕްރިލް 24، 2024 ގަ އެވެ. ޕްރިޒަންސް ކްލަބަށް ސިޓީ ފޮނުވާފައި ވަނީ އޭޕްރިލް 18، 2024 ގަ އެވެ.

ސިޓީތަކުގައި ސޮއިކޮށްފައި ވަނީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސް، އިބްރާހިމް ނާޝިދުއާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް، އިބްރާހިމް މުހައްމަދު ދީދީ އެވެ.

މެލޭޝިއާ ދަތުރަށް ސްޕޮންސާ ހޯދަން ސިޓީ ފޮނުވި ކަމަށް އެއްބަސްވެވަޑައިގެން ޒަރީރު ވިދާޅުވީ އެ ދަތުރުގެ ހަރަދުތައް ހަމަޖެއްސީ ޕްރިޒަންސްއިން ސިޓީ ފޮނުވި ތަންތަނުން ސްޕޮންސަރުގެ ގޮތުގައި ލިބުނު ފައިސާއިން ކަމަށެވެ.

"ސްޕޮންސާސް ލިބިގެން އަޅުގަނޑުމެން ގޮސްފައި ހުންނާނީ އިނގޭތޯ، ސްޕޮންސާ ލިބިގެން ގޮސްފައި ހުންނާނީ އިނގޭތޯ؟ އޭގެ ތަފުސީލު ލިބިވަޑައިގަންނަވާނެ ހަމަ އޭގައި އަޅުގަނޑުމެން ފޮރުވަންޖެހޭ އެއްވެސް ކަމެއް ނޯންނާނެތާ،" ޒަރީރު ވިދާޅުވި އެވެ.

ޕްރައިވެޓު ކުންފުނިތަކާއި ޕްރިޒަންސް ކުލަބުން ހަރަދު ހޯދައިގެން ޕްރިޒަންސްގެ ދަތުރެއް ކޮށްފައިވާއިރު، މި އަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ ކަރެކްޝަނަލް ސާވިސަސް ހިންގުމަށް 406,472,153ރ. ހިމަނައިފަ އެވެ.

އެ އަދަދުގެ އިތުރުން ވެސް ޕްރިޒަންސްއަށް ބޭރުގެ އެކި ފަރާތްތަކުން އެހީތައް ލިބެ އެވެ. މީގެ ކުރިން އެ އިދާރާގެ ދަތުރުތައް ހަމަޖައްސަނީ ދައުލަތުން ދޭ ފައިސާގެ އިތުރުން ބޭރުގެ އެކި ފަރާތްތަކުން ލިބޭ އެހީގެ ތެރެއިން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު "އަދަދު" އަށް ކިޔައިދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox