އިންތިހާބު އެއްކޮށްލަން ރައްޔިތުން ވޯޓެއް ނުދޭނެ، ނަތީޖާއިން ސަރުކާރު ލަދު ގަންނާނެ:ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، އެކަމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ނުކުންނާނީ ސަރުކާރު ލަދުގަންނަ ވަރަށް ކަމަށް، ހިތަދޫ ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިލް ވިދާޅުވި ގޮތުގައި، ހަރަދު ކުޑަކުރުމުގެ ނަމުގައި އިންތިހާބުތައް އެއްކޮށްލަން ސަރުކާރުން އުޅުނު ނަމަވެސް، ރައްޔިތުން އެކަމަށް ތާއީދެއް ނުކުރާނެއެވެ.

"އިންތިހާބު އެއްނުކުރެވޭނެ، ނުކުރެވޭނެ، ރައްޔިތުންނެއް ވޯޓެއް ނުދޭނެ،" ނާޒިލް ވިދާޅުވިއެވެ.

Advertisement

ހަރަދު ކުޑަކުރުމުގެ ބަހަނާ ދައްކައިގެން އިންތިހާބުތަކަށް ބަދަލު ގެނައުމަކީ ރައްޔިތުން ގަބޫލުކުރާނެ ހަމައެއް ނޫން ކަމަށާއި، "މިއީ ރައްޔިތުން ބަލައިގަންނަ ސަރުކާރެއް ނޫން" ކަން އިންތިހާބުގެ ނަތީޖާއިން ވެސް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ދައްކާ ހަރަދު ކުޑަކުރުމުގެ ވާހަކަ ދެކޮޅު ނުޖެހޭކަން ފާހަގަކުރެއްވުމުގެ ގޮތުން ނާޒިލް ވިދާޅުވީ، މި ސަރުކާރު އައުމުގެ ކުރިން ފޮރިން މިނިސްޓްރީއަށް މަހަކު ހަރަދުވަނީ 23 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު، މިހާރު ފޮރިން މިނިސްޓްރީގެ މަހެއްގެ ބަޖެޓަކީ 54 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހާއްސަކޮށް އެމްބަސީތަކަށް ކުރާ ހަރަދު. ކޮން ކަމެއްތޯ ކުރެވެނީ؟ އެމްބަސީތަކުން ކުރާ މަސައްކަތުގެ ނަތީޖާއަކީ ކޮބައިތޯ ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގެން އެބަޖެހޭ،" ނާޒިލް ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށްލައިގެން 50 މިލިއަން ރުފިޔާ ސަލާމަތްވާއިރު، އެމްބަސީތަކަށް އަހަރަކު 648 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ފަސް އަހަރަށް 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ،" އޭނާ ވިދާޅުވިއެވެ.

"ހަރަދޭ ކިޔައިގެން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ. ހަރަދު ކުޑަކުރަން އިންތިހާބު އެއްކޮށްލާކަށް ރައްޔިތުން އެއްބަހެއް ނުވާނެ. ނަތީޖާ ބޮޑުކޮށް ފެންނާނެ. [ސަރުކާރު] ލަދު ގަންނަ ވަރަށް ފެންނާނެ ނަތީޖާ."

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox