އެމްޑީޕީގެ ފެކްޝަންތަކުގެ ލީޑަރުން ހިމެނޭ އިންތިގާލީ ކޮމިޓީއެއް ހަދަނީ

ކެމްޕޭން ނިންމާލުމަށް އެމްޑީޕީން ބޭއްވި ރެލީ

ކެމްޕޭން ނިންމާލުމަށް އެމްޑީޕީން ބޭއްވި ރެލީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގައި އުފެދިފައިވާ ހިިޔާލުތަފާތުވުންތައް ހައްލުކޮށް، ފެކްޝަންތަކެއް އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށްޓަކައި ހުރިހާ ލީޑަރުން ހިމެނޭ އިންތިގާލީ ކޮމިޓީއެއް ހަދަން އެއްބަސްވުމަކަށް އައިސްފި އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ މައްސަލައަށް ހައްލު ހޯދައި، ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށްޓަކައި އެކުލަވައިލަން ނިންމާފައިވާ އެ ކޮމިޓީގައި ހިމެނޭނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުރުން، އެކްޓިން ޗެއާޕާސަން، އަބްދުލްޣަފޫރު މޫސާ އާއި އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު އަދި ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ކަމަށް އަދަދު އަށް އެނގިފައިވެ އެވެ.

ހިޔާލުތަފާތުވުންތަކަށް ހައްލު ހޯދުމަށްޓަކައި އެ ޕާޓީގެ ލީޑަޝިޕުގައި ކުރެވުނު މަޝްވަރާތަކަށްފަހު، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގަން ވެސް ވަނީ ނިންމައިފަ އެވެ.

ހަމަ އެހެންމެ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން ވަކިކުރި، އިބްރާހިމް ވަހީދު އާއި އެ ޕާޓީގެ ލީގަލް ޑައިރެކްޓަރުގެ މަގާމުން ވަކިކުރި، އަހުމަދު މައުރޫފް ގެ މަގާމުތައް އިއާދަކޮށްދިނުމަށް ވެސް އެ މަޝްވަރާތަކުގެ ތެރެއިން ވަނީ އެއްބަސްވެފަ އެވެ.

އެމްޑީޕީގެ ލީޑާޝިޕަށް އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށް ސޯލިހު އިއުލާނު ކުރައްވައިފި

އެމްޑީޕީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުން އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީގެ އަމާޒަކީ އެއްވެސް ލީޑަރަކު ބާކީނުކޮށް، އެންމެން ގުޅިގެން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.

ފެކްޝަންތަކުން ކުރި މަޝްވަރާތަކުގެ ތެރެއިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގޮނޑިއެއް ކުރީގެ ރައީސް، މުހައްމަދު ނަޝީދުއަށް ދިނުމަށް އެއްބަސްވެފައިވާކަން ވެސް ވަނީ މި ނޫހަށް އެނގިފައިވެ އެވެ.

އެ ކަންކަމަށް އެއްބަސްވެފައިވީ ނަމަވެސް، އެ ނިންމުންތައް ނިންމާނީ މިރޭ އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގަ އެވެ.

އެމްޑީޕީގެ ތެރޭގައި އޮތް އެންމެ ބޮޑު ދެ ފެކްޝަން ކަމުގައިވާ، ސޯލިހުގެ ފެކްޝަނާއި ނަޝީދު ތާއީދުކުރައްވާ ފައްޔާޒުގެ ފެކްޝަނާ ދެމެދު މި ފަހުން ނުތަވަސްކަން އުފެދުނީ، ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި އޭޕްރިލް 6، ގައި ބޭއްވި ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ނުދިނުމުންނެވެ.

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސް، އިބުރޭ އާއި މައުރޫފްގެ މަގާމު އިއާދަކުރަނީ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސް، ޕާޓީގެ މަގާމުތަކުން ވަކިކުރި އިބްރާހިމް ވަހީދާއި އަހުމަދު މައުރޫފްގެ މަގާމު އިއާދަކުރަން ވަނީ ނިންމާފަ. މި ނިންމުންތައް ނިންމުމަށް ހަމަޖެހިފައިވަނީ ޕާޓީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި.

އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އެތެރޭގެ ސިޔާސީ ކޯޅުން އާންމުންނާ ހަމައަސް ތިލަވި އެވެ. އަދި އެއް ފެކްޝަނުން އަނެއް ފެކްޝަނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރަމުންދިޔަ އެވެ.

ނަޝީދުގެ ފެކްޝަނާއި ސޯލިހުގެ ފެކްޝަނުގެ އިތުރުން ދެން އެމްޑީޕީ ތެރޭގައި އޮންނަނީ އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދުގެ ފެކްޝަނާއި މަޖިލިސް މެންބަރު އަހުމަދު ޝަމްހީދުގެ ފެކްޝަނަކާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ފެކްޝަނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox