ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސް، އިބުރޭ އާއި މައުރޫފްގެ މަގާމު އިއާދަކުރަނީ

އެމްޑީޕީގެ ލީގަލް ޑައިރެކްޓަރުގެ މަގާމުން ވަކިކުރި، އަހުމަދު މައުރޫފް (ކ) އެމްޑީޕިގެ ވަގުތީ ޗެއާޕާސަން، އަބްދުލްޣަފޫރު މޫސާ (މ) ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން ވަކިކުރި، އިބްރާހިމް ވަހީދު (ވ) -- ފޮޓޯ: އަދަދު

އެމްޑީޕީގެ ލީގަލް ޑައިރެކްޓަރުގެ މަގާމުން ވަކިކުރި، އަހުމަދު މައުރޫފް (ކ) އެމްޑީޕިގެ ވަގުތީ ޗެއާޕާސަން، އަބްދުލްޣަފޫރު މޫސާ (މ) ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން ވަކިކުރި، އިބްރާހިމް ވަހީދު (ވ) -- ފޮޓޯ: އަދަދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސް އެ ޕާޓީގެ އިސް ދެ މަގާމުން ވަކިކުރި ދެ ބޭފުޅުންގެ މަގާމު އަލުން އިއާދަކުރަން ނިންމައިފި އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން، މަގާމުން ވަކިކުރީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ ނައިބުގެ (އިދާރީ) މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު އާއި އެ ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފް އެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކިކުރީ، ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި އޭޕްރިލް 6، ގައި ބޭއްވި ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ނުދިނުމުން އުފެދުނު ނުތަނަވަސްކަމުގެ ތެރެެއިންނެވެ.

Advertisement

ނަމަވެސް އެ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި އެމްޑީޕީގެ ލީޑަޝިޕްގައި ކުރެވުނު މަޝްވަރާތަކަށްފަހު، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ނަގަން ނިންމާފައިވާކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ.

އެ ހޫނުގަނޑު ތެރެެއިން މަގާމުން ވަކިކުރި، މައުރޫފް އާއި އިބުރޭގެ މަގާމު އަލުން އިއާދަކުރަން ނިންމާފައިވާކަން ވެސް މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހޯމަ ދުވަހު އެމްޑީޕީ ގައުމީ މަޖިލީސް އެއްވަނީ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ. މި މައްސަލަ ހުށަހެޅީ، ޕާޓީގެ ޖަލްސާއެއްގައި ރައީސް ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ.

އެނގިފައިވާ ގޮތުގައި އެ ނިންމުންތައް ނިންމާނީ މިރޭ އޮންނަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ސިއްރުކޮށް ކުރިއަށް ގެންދިޔަ ނަމަވެސް، ބައްދަލުވުމުގައި ނިންމާ ކަންކަން، މިރޭ މީޑިއަތަކާ ހިއްސާ ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮއިއާއެކު ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ. އެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅީ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ލީޑު ކުރައްވާ ފެކްޝަނުންނެވެ.

އެ މައްސަލަ ހުށަހެޅުމަށް، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު އާއި ކުރީގެ ޑިފެންސް މިނިސްޓަރު، މާރިޔާ ދީދީގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން ސޮއިކުރައްވާފައިވެ އެވެ.

އެމްޑީޕީގެ ލީޑާޝިޕަށް އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށް ސޯލިހު އިއުލާނު ކުރައްވައިފި

އެމްޑީޕީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުން އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީގެ އަމާޒަކީ އެއްވެސް ލީޑަރަކު ބާކީނުކޮށް، އެންމެން ގުޅިގެން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.

އޭގެ އިތުރުން، މީގެ ކުރިން، ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންއަށް ނިސްބަތްވެވަޑައިގެންނެވި، އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު، ރޮޒައިނާ އާދަމް އާއި އެކަމަނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ ކުރީގެ މެންބަރު، މުހައްމަދު ނާޝިޒު ވެސް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލު ހޯދުމަށްޓަކައި އެ ޕާޓީގެ ލީޑަޝިޕްގައި ކުރެވުނު މަޝްވަރާތަކަށްފަހު، ހުރިހާ ފެކްޝަންތަކެއް އެކުގައި މަސައްކަތް ކުރެވޭނެ މަގެއް މިހާރު ވަނީ ހޯދައިފަ އެވެ. އެއީ، ފެކްޝަންތަކުގެ ލީޑަރުން ހިމެނޭ އިންތިގާލީ ކޮމިޓީއެއް އެކުލަވައިލައިގެން މަސައްކަތްތައް ކުރިއަށް ގެންދިޔުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox