އެމްޑީޕީގެ ލީޑާޝިޕަށް އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށް ސޯލިހު އިއުލާނު ކުރައްވައިފި

ރައީސް ސޯލިހު

ރައީސް ސޯލިހު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯއްދެވިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފި އެވެ. 

"އިރާދަކުރެއްވިއްޔާ މިހާ ހިސާބަށް އާދެވުނު އިރުގައި އަޅުގަނޑުމެން މި ވަނީ މިކަމަށް ހައްލެއް ހޯދާފައި. އާންމު މެންބަރު އެ އެދޭ ގޮތަށް އަޅުގަނޑުމެން މުޅި ލީޑާޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނުއިރު ހޯދިއްޖެ،" ސޯލިހު މިރޭ ވިދާޅުވި އެވެ.

ސޯލިހުގެ އުފަން ރަށް ޅ. ހިންނަވަރުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެވި އެކަމަށް މިހާރު ވެސް ވާހަކަ ދައްކަމުންދާ ކަމަށެވެ. 

"އަޅުގަނޑުމެން އެމްޑީޕީ އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ހަމަ އަޅުގަނޑުމެންގެ ލީޑާޝިޕް އިރާދަކުރެއްވިއްޔާ އެކީގައި އޮވެގެން. އެއްވެސް ލީޑަރު ބާކީވެނުވާ ކަހަލަ ގޮތަކަށް ހިސާބު ކުރެވިގެން،" ސޯލިހު ވިދާޅުވި އެވެ. 

ސޯލިހު ވިދާޅުވީ އެމްޑީޕީގެ ހުރިހާ ލީޑަރުން ފާއިތުވި ދުވަސްތަކުގައި ވަރަށް ދިގުކޮށް މަޝްވަރާކޮށްފައިވާ ކަަމަށެވެ. އެ މަޝްވަރާތަކުގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ސޯލިހު ވިދާޅުވި އެވެ. 

"މީގެ ދެ ދުވަސް ކުރިން މި ޖެހުނު މައްސަލައާއެކުގައި އަޅުގަނޑުމެން ހުރިހާ ލީޑަރުން، ޕާޓީގައި އިސްކޮށް މި ތިބި މީހުން މި ދެންނެވީ މަޝްވަރާކޮށް މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން. އިއްޔެ ވެސް، ރޭގައި ވެސް، މިއަދު ވެސް އަޅުގަނޑު ވެސް ގިނަ ވަގުތު ހޭދަ ކުރީ އެކަމުގައި،" ސޯލިހު ވިދާޅުވި އެވެ. 

އެބޭފުޅުންގެ އަމާޒަކީ ސުލްހައިގެ މަޝްވަރާތައް މާދަމާ ރޭގެ ނިޔަލަށް ނިންމާލުން ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ މި މަސައްކަތުގެ އަމާޒަކީ ލަސްވެގެން މާދަމާ ނޫނީވިއްޔާ މާދަމާ ރޭ މިކަމަށް ހައްލެއް ގެނެސް ޕާޓީގެ މެންބަރުން އެދޭ ގޮތަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަމާޒު ހިފުން،" އެމަނިކުފާނު ވިދާޅުވި އެވެ. 

ސޯލިހުގެ ފެކްޝަނުގެ އިތުރުން އެމްޑީޕީގައި ދެން ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ލީޑު ކުރައްވާ ފެކްޝަނާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނެވެ. 

ފެކްޝަންތަކުގެ މެދުގައި ޖެހިފައިވާ މައްސަލަގަނޑު އާންމުންނާ ހަމައަށް ތިލަވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރަން ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނަޝީދަށް ނުދިނުމުންނެވެ. 

ނަޝީދު ބޭނުންވެވަޑައިގެންނެވީ އިންތިގާލީ ސަރުކާރެއް ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިޔާލު ޖަލްސާގައި އިއުލާނު ކުރެއްވުމަށެވެ. އެކަމަކު ސޯލިހުގެ ފެކްޝަނުން އެކަމަށް ފުރުސަތު ނުދިނީ ކަމަށްވެ އެވެ. 

އޭގެ ފަހުން، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ނަޝީދުގެ ފެކްޝަނުން ވަނީ ފަށައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox