އެފްއޭ ކަޕްގެ ކާމިޔާބީގައި މާޒިޔާ އިން ފެނުނީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް: ސުޒެއިރު

Aug 22, 2022, 7:12 AM
މާޒިޔާ ކުޅުންތެރިންނާއި އޮފިޝަލުން އެފްއޭ ކަޕް ކާމިޔާބު ކުރުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

މާޒިޔާ ކުޅުންތެރިންނާއި އޮފިޝަލުން އެފްއޭ ކަޕް ކާމިޔާބު ކުރުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭ ކަޕްގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދިއިރު ފެނިގެންދިޔައީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެ ހުރި، އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު ބުނެފި އެވެ.

ފަސް އަހަރު ތެރޭ ކުޅުނު ފުރަތަމަ އެފްއޭ ކަޕް ފައިނަލުގައި ރޭ މާޒިޔާ އިން ވަނީ 2-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް ތިން ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

"މި ހަމަ ޓީމު ހުރިހާ ކުޅުންތެރިންނާއި މެނޭޖްމަންޓާއި ޗެއާމަން މި ހުރިހާ އެންމެންގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކީ މި ކާމިޔާބީ މި ލިބުނީ، އެ މީހުންނަށް މި ހިއްސާކުރަން. ވަރަށް ބުރަ މަސައްކަތް މިއީ، ކުރީގެ ހެޑް ކޯޗު (ޖެސިކް) ދެން ގޯރާން (ފިޓްނަސް ކޯޗު) ވެސް ފާހަގަކުރަން، ޓީމު އަހަރުގެ މިހާ ފަހުކޮޅަށް ޖެހެންދެން ވެސް ޓީމު މިހާ ފިޓްކޮށް އޮތީ އެ މީހުންގެ ހިއްސާއާ އެކު،" ސުޒެއިރު ބުންޏެވެ.

މާޒިޔާ އިން ސީޒަން ފެށީ މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގަ އެވެ. ސީޒަންގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕް ފައިނަލުން ވެލެންސިއާ އަތުން ބަލިވި ހިސާބުން މޯހަން މަގާމުވި ވަކިވީ އެވެ. ދެން، މާޒިޔާ އިން ގެނައީ ސާބިއާގެ ކޯޗު މިއޮޑްރަގް ޖެސިކް އާއި ފިޓްނަސް ކޯޗު ގޯރާން ގުޒިޖާން އެވެ. ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާ އަށް ދިވެހި ޕްރިމިއާ ލީގު ޔަގީންވި ހިސާބުން އޭނާ ވަނީ ސައުދީ އަރަބިއްޔާގެ އެއް ވަނަ ޑިވިޝަން ކްލަބަކުން ލިބުނު އޮފާ ގަބޫލުކޮށް އެ ޓީމަށް ބަދަލުވެފަ އެވެ.

ޖެސިކް ދިޔަ ފަހުން، މާޒިޔާ އިން ވަނީ ކޮންޓްރެކްޓް ހަމަވާތީ ބިދޭސީ ކުޅުންތެރިން ވެސް ދޫކޮށްލައި، ހުސް ދިވެހި ކުޅުންތެރިންނާ އެކު އެފްއޭ ކަޕަށް ނުކުންނަން ނިންމައި، އެ ޒިންމާ ސުޒެއިރުއާ ހަވާލުކޮށްފަ އެވެ.

ސުޒޭރު ބުނީ މުޅި ސީޒަން ކާމިޔާބު ކުރުމުގެ ޓާގެޓާ އެކު މާޒިޔާ ނުކުމެ، ދިމާވި ކަންކަމުން ފިލާވަޅު ނަގައި، ސީޒަން ނިންމާލީ ރަނގަޅަށް ކަމަށެވެ.

"މާޒިޔާ އަސްލު ނުކުތީ މުޅި ސީޒަން އެއްކޮށް ކާމިޔާބުކުރަން. އެކަމަކު، ނަސީބު ދިމާކުރި ގޮތުން ފުރަތަމަ މުބާރާތް ގެއްލުނީ، ގެއްލުނު ހިސާބުން އަނެއްކާ ޓީމު މެނޭޖްމަންޓް އިތުރު ސްޓެޕެއް ކުރިއަށް ނަގައި ހުރިހާ އެއްޗެއް ދެން މި ގެނައީ،" ސުޒެއިރު ބުންޏެވެ.

"މެނޭޖްމަންޓްގެ ވިސްނުން ހުރީ، ދެ ސީޒަނެއް މިދިޔައީ ދިވެހި ކޯޗުން ލައިގެން ހަމަ އެ މީހުންނަށް ކުޑަ ވަގުތު ކޮޅެއް މި ލިބެނީ. ދީފައި މި ދާން ޖެހެނީ ބޭރު ކޯޗަކަށް. މިހާރު މެނޭޖްމަންޓްގެ ވިސްނުން ހުރި މި އަންނަ އަހަރު ބޭރު ކޯޗަކާ އެކީގައި ފަށާ ކަހަލަ ވިސްނުމެއް، ކޯޗުންނާ ވާހަކަ ދައްކަމުން މި ދަނީ ވެސް،"

ސުޒެއިރު ރޭގެ ފައިނަލަށް ފަހު މީޑިއާ އަށް އިންޓަވިއު ދެނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ސުޒެއިރު ވަނީ އެފްއޭ ކަޕަށް ތައްޔާރުވާން މާޒިޔާގައި ތިބި ކުޅުންތެރިން ޓީމެއްގެ ގޮތުގައި އެ ރޫހުގައި ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ.

"އެފްއޭ ކަޕްގައި ބޭރު މީހުން ނުތިބޭނެއޭ ބުނި ހިސާބުން ފެށިގެން އެ މީހުން (މާޒިޔާގެ ދިވެހި ކުޅުންތެރިން) އަމިއްލަ އަށް ވާހަކަ ދައްކައިގެން ތިމަންނަ މެންނަށް މި ކަންތައްތައް ވާނެއޭ، ނެޝަނަލް ޓީމުގެ ޕްލޭޔަރުންނޭ މި ތިބީ، މެނޭޖްމަންޓުން ކޮށްދޭ ހުރިހާ ކަމެއް އެބަކޮށްދެއޭ، އެހެންވީމަ ތިމަންނަމެން މި ފަހަރު ހުރިހާ ދިވެހި ޕްލޭޔަރުން އެކުވެގެން ހިނގާށޭ މި ކަންތައް ކޮށްދޭން. މި ކަންތައް ވެދާނެއޭ،" ސުޒެއިރު ބުންޏެވެ.

އެފްއޭ ކަޕްގައި މާޒިޔާ އިން ކުޅުނީ ދިވެހި ކީޕަރު، އިޔާން އަބްދުލް އަލީމް (ޗިކީ) ގޯލުގައި ބަހައްޓައިގެންނެވެ. މުޅި ސީޒަނަށް ބަލާއިރު، މާޒިޔާގެ އެއް ނަމްބަރު ކީޕަރަކަށް ހުރީ ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު، ކިރަން ކުމާރް ލިމްބޫ އެވެ. ދެން ހުރީ ގައުމީ ޓީމުގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) އެވެ. ތިން ކީޕަރުން ވެސް މި ސީޒަނުގައި މާޒިޔާގެ މެޗުތަކުގައި ފެނުނެވެ.

ސުޒެއިރު ބުނީ މާޒިޔާ އިން މުޅި ސީޒަން އެއްކޮށް ދިވެހި ގޯލްކީޕަރަކާ އެކު ނިންމާލަން އޮތް ހުރަހަކީ އަބަދުވެސް އެ ޓީމުން އޭއެފްސީ ކަޕަށް އަމާޒުކޮށް ބިދޭސީ ކީޕަރަކަށް ދިއުމުގެ ވިސްނުން ކަމަށެވެ. އެކަމަކު، މި ވަގުތަށް އަދި އަންނަ ސީޒަނުގައި މާޒިޔާގައި ހުންނާނެ ގޯލްކީޕަރެއްގެ ހުރިހާ ކަމެއް ނިންމައިގެން ނުތިބޭ ކަމަށާއި ފަހަރުގައި ދިވެހި ކީޕަރެއް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox