މި ސީޒަނުގައި އެފްއޭ ކަޕް ނުބާއްވަން ނިންމައިފި

މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލް މެޗަށް ފަހު ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މުބާރާތުގެ ޓްރޮފީއާ އެކު އުފާފާޅުކުރަނީ.---

މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލް މެޗަށް ފަހު ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މުބާރާތުގެ ޓްރޮފީއާ އެކު އުފާފާޅުކުރަނީ.---

މި ސީޒަނުގައި އެފްއޭ ކަޕް ނުބާއްވަން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

މި ނިންމުމާ އެކު، ފުރަތަމަ ޑިވިޝަނަށް ސީޒަން ވަނީ ނިމިފަ އެވެ. އަންނަ ސީޒަން ފަށާނެ ތާރީހެއް ނޭނގެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް، "އަދަދު" އަށް ވިދާޅުވެފައިވަނީ އެފްއޭ ކަޕް ނުބާއްވާނެ ކަމަށާއި އަންނަ މަހު 31 ވަނަ ދުވަހު ބާއްވަން އިއުލާނުކޮށްފައިވާ އެފްއޭއެމްގެ އިންތިހާބުގެ ކުރިން ދެން އޮންނާނެ ހަމައެކަނި މުބާރާތަކީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކަމަށެވެ.

އަދި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ނިމުމުން ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމް އިން ފުރަތަމަ ޑިވިޝަނަށް ސީޒަން ނިންމާލަން ނިންމާފައިވަނީ، މާލީ ގޮތުން އެ އެސޯސިއޭޝަނަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާތީ، އެ އިދާރާގެ ހިންގުމަށް ވެސް ގިނަ ގޮންޖެހުންތަކެއް އޮތް ދަނޑިވަޅެއް ކަމަށްވާތީ އެވެ.

އެފްއޭއެމް މުވައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއް ވެފައިވަނިކޮށް، ފީފާ އިން ދިން ފައިސާއިން ވަނީ މުވައްޒަފުންގެ މުސާރައިގެ އެއް ބައި ހަމަޖައްސައިދީފަ އެވެ. ފީފާ އިން އެފްއޭއެމަށް އެންމެ ފަހުން ފައިސާ ދީފައިވަނީ މުވައްޒަފުންނަށް މުސާރަ ދޭން ޝަރުތުކޮށެވެ. ފީފާ އިން އެފްއޭއެމަށް ދޭ ފައިސާ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިމެނޭ ގޮތަށް އެ އިދާރާގެ ބައެއް ވެރިންގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރިއަށް އެބަދެ އެވެ.

އެފްއޭ ކަޕް މިދިޔަ ހަ އަހަރު ތެރޭ ބޭއްވުނީ އެއް ފަހަރު

މިދިޔަ އަހަރު އެފްއޭއެމް އިން، އެފްއޭ ކަޕް ބާއްވާފައިވަނީ 2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. އޭގެ ފަހުން، މިދިޔަ އަހަރާ ހަމައަށް އެފްއޭއެމުން އެކި ސަބަބުތަކާ ހުރެ، އެ މުބާރާތް ބާއްވާފައިނުވެ އެވެ.

އެއް ފަހަރު، މުބާރާތް ފެށި ނަމަވެސް ޖެހުނީ ވަކި ހިސާބަކުން ކެންސަލްކުރާށެވެ. އެ ގޮތުން، 2020 ވަނަ އަހަރު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުނު ފަހުން، މުބާރާތް ކެންސަލްކުރީ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސީޒަން އަވަހަށް ނިންމާލަން އެފްއޭއެމުން ނިންމުމުންނެވެ.

މި ސީޒަނުގައި އެފްއޭއެމް އިން ފުރަތަމަ ޑިވިޝަނަށް ކަލަންޑަރު ކުރި ތިން މުބާރާތުގެ ތެރެއިން އެފްއޭ ކަޕް ނުބޭއްވުނުއިރު، ދިވެހި ޕްރިމިއާ ލީގު ވެސް ނިންމާލީ، ތިން ވަަނަ ބުރު ނުކުޅެ އެވެ. ލީގުގެ ދެ ވަނަ ބުރު ފެށިތަނާ ގައުމީ ޓީމުތަކަށް ފުރުސަތު ދޭން ކަމަށް ބުނެ، އެފްއޭއެމުން ނެގި 79 ދުވަހުގެ ދިގު ބްރޭކަށް ފަހު، ދެން އަލުން ސީޒަން ފެށިއިރު، ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާ ވަނީ މާލީ މައްސަލަަަތަކާއި އެ ނޫން ވެސް ގޮންޖެހުންތަކާ ހުރެ ލީގުން ވަކިވެފަ އެވެ.

އެނގިފައިވާ ގޮތުގައި މި ސީޒަނަށް ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޓީމު ވަރުގަދަ ކުރިއިރު، އެ ދެ ކްލަބުން އެފްއޭ ކަޕްގައި ކުޅެން ވެސް އޮތީ ނިންމައިފަ އެވެ. އަދި މާލީ ދަތިތަކާ ހުރެ، ލީގުން ވަކިވި ވެލެންސިއާ ވެސް އެފްއޭ ކަޕަށް ނުކުންނަ ވިސްނުމެއް ގެންގުޅުނެވެ.

ވެލެންސިއާ އަކީ މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ރަނަރަޕް އެވެ. ވެލެންސިއާ ބަލިކޮށް މިދިޔަ ސީޒަނުގައި އެފްއޭ ކަޕް ކާމިޔާބުކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox