އެތައް ދުވަހެއް ވަންދެން ފެން ލީކުވެ، މޯލްޑު ޖެހުމުގެ ސަބަބުން އެޗްޑީސީ ޗައިލްޑް ކެއާ ޔުނިޓު ބަންދުކޮށްފި

އެޗްޑީސީގެ ޗައިޑް ކެއާ ޔުނިޓުގައި ދެ ކުއްޖަކު ކުޅެނީ؛ އެޗްޑީސީގެ މުވައްޒަފުން ވަޒީފާގައި އުޅޭ ވަގުތުތަކުގައި އެމީހުންގެ ދަރިން ބަލަހައްޓަމުން ދިޔައީ އެ ޔުނިޓުގައި މަސައްކަތް ކުރާ ތަމްރީނު ކޮށްފައި ތިބި ތިން މުވައްޒަފުންނެވެ. އެ ހިދުމަތް މުވައްޒަފުންނަށް ދެމުން ދިޔައީ ހިލޭ -- ފޮޓޯ: ރައީސް އޮފީސް

އެޗްޑީސީގެ ޗައިޑް ކެއާ ޔުނިޓުގައި ދެ ކުއްޖަކު ކުޅެނީ؛ އެޗްޑީސީގެ މުވައްޒަފުން ވަޒީފާގައި އުޅޭ ވަގުތުތަކުގައި އެމީހުންގެ ދަރިން ބަލަހައްޓަމުން ދިޔައީ އެ ޔުނިޓުގައި މަސައްކަތް ކުރާ ތަމްރީނު ކޮށްފައި ތިބި ތިން މުވައްޒަފުންނެވެ. އެ ހިދުމަތް މުވައްޒަފުންނަށް ދެމުން ދިޔައީ ހިލޭ -- ފޮޓޯ: ރައީސް އޮފީސް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މުވައްޒަފުން ވަޒީފާގައި އުޅޭ ވަގުތު، އެ މީހުންގެ ދަރިން ބައިތިއްބާ އެ ކުންފުނީގެ 'ޗައިލްޑް ސްޕޭސް' ގައި މޯލްޑު ޖަހައި ވައިގެ ކޮލިޓީ ދަށްވުމުގެ ސަބަބުން ވަގުތީގޮތުން ބަންދުކޮށްފި އެވެ.

އެޗްޑީސީގެ ޖެނެރަލް އެޑްމިނިސްޓްރޭޝަނުން އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެއިލްއެއްގައި ބުނީ، ފެން ލީކުވުމުގެ ސަބަބުން އެ ކުންފުނީގެ ޗައިލްޑް ކެއާ ޔުނިޓުގައި އާންމު ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައިގެ ތެތްކަން އިތުރުވެ ވައިގެ ކޮލިޓީ ދަށްވެފައިވާ ކަމަށެވެ. އެކަން ފާހަގަވީ މި މަހުގެ 1، އަދި 2، ގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަނަކުން ކަމަށް ވެސް އެ މެއިލްގައި ބުންޏެވެ.

"އަޅުގަނޑުމެންގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެ ތަނުގައި ގިނަ ދުވަސްތަކެއް ވަންދެން ފެން ލީކުވަމުންދިޔުމުގެ ސަބަބުން، ވައިގެ ތެތްކަން ވަނީ މަތިވެފައެވެ. މީގެ އިތުރުން، ވައިގެ ފެންވަރު ދަށްވެފައިވާތީ، އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ ތަނުގެ ބޭނުންހިފާ ކުޑަކުދިންގެ ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވެއެވެ،" އެޗްޑީސީގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އިން ފޮނުވި މެއިލްގައި ބުނެފައިވެ އެވެ.

Advertisement

މަރާމާތު ނުކުރެވިގެން ޗައިލްޑް ކެއާ ޔުނިޓު މިހާރު ބަންދުކޮށްފައިވާއިރު، އެ ތަނުގައި މޯލްޑް ޖަހައި، ވައިގެ ފެންވަރު ދަށްވެފައި ވަނިކޮށް ވެސް އެ ކުންފުނީގެ މުވައްޒަފުންގެ ދަރިން ދިޔައީ އެ ތަނުގެ ބޭނުން ކުރަމުންނެވެ. އެހެންކަމުން، އެ ކުދިން ނުރައްކަލަށް ހުށަހެޅިފައި ހުންނާނެ ކަމަށް ބެލެވެ އެވެ.

އެކަމާ ބެހޭ ގޮތުން އަދަދު އަށް މައުލޫމާތު ދިން އެޗްޑީސީގެ މުވައްޒަފަކު ބުނީ ޗައިލްޑް ކެއާ ޔުނިޓުގެ ހާލަތު އެހާ ގޯސްވެގެންދިޔައިރު ވެސް މެނޭޖުމެންޓަށް ނޭނގުނީ، ކެމްޕޭން ތެރޭގައި މުވައްޒަފުން ވެއްދުމުގައި އަވަދިނެތި އުޅުމުގެ ސަބަބުން ކަމަށެވެ.

"މުވައްޒަފުން ވައްދާ ވައްދާ ގޮސްފައި ޑޭ ކެއާ ވެސް މަރާމާތު ނުވެ ހުރީ، އެންމެފަހުން އިންސްޕެކްޝަނަކުން އެނގުނީ، މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް، ހާއްސަކޮށް އެ ތަނަކީ ކުޑަކުދިން ބޭނުންކުރާ ތަނަކަށް ވާތީ، މި ތަނުގެ ސްޓާފްސްގެ ދަރިން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި އެ ކުންފުނީގެ މުވައްޒަފަކު ބުންޏެވެ.

އެޗްޑީސީގެ ޗައިލްޑް ކެއާ ޔުނިޓު އަލުން ހުޅުވޭނެ ތާރީހެއް އެ މެއިލްގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް، ވީހާވެސް އަވަހަކަށް އެ ތަނުގެ ފެން ލީކުވުމުގެ މައްސަލައަށް ހައްލެއް ހޯދައި، މޯލްޑު ޖެހުމާއި ވައިގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެ ކުންފުނީގެ ޕްލޭނިން ޑިޕާޓުމެންޓާއެކު މަސައްކަތް ކުރާނެކަމަށް އެ މެއިލްގައި ބުނެފައިވެ އެވެ.

އެޗްޑީސީގެ ޗައިލްޑް ކެއާ ޔުނިޓަކީ އެ ކުންފުނީގެ މުވައްޒަފުން ވަޒީފާގައި އުޅޭ ވަގުތުތަކުގައި އެ މީހުންގެ ދަރިން ބަލަހައްޓައިދިނުމަށް މިދިޔަ ސަރުކާރުގެ ދުވަސްވަރު ހުޅުވި ތަނެކެވެ. އެތަން ހާއްސަކޮށްފައި ވަނީ އުމުރުން ތިން އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ. މިގޮތުން އެޗްޑީސީގެ މުވައްޒަފުންގެ ދަރިން، ދޮންދަރިން އަދި ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން އޮފީހުގެ މަސައްކަތު ގަޑީގައި އެތަނުގައި ބަލަހައްޓައިދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox