އެޗްޑީސީގެ ޗައިލްޑްކެއާ ޔުނިޓު ބަންދުކޮށްފި
އެޗްޑީސީގެ ޗައިލްޑް ކެއާ ޔުނިޓުގައި ގިނަ ދުވަސްތަކެއް ވަންދެން ފެން ލީކުވެ، މޯލްޑު ޖަހައި ވައިގެ ކޮލިޓީ ދަށްވުމުގެ ސަބަބުން އެތަން ވަގުތީގޮތުން ބަންދުކޮށްފިއެވެ. އިންސްޕެކްޝަނަކަށް ފަހު އެތަން ބަންދުކުރީ ކުޑަކުދިންނާއި މުވައްޒަފުންގެ ސިއްހަތަށް ނުރައްކާވެދާނެތީ ކަމަށް އެ ކުންފުނިން ބުނެއެވެ.