ޕީއެންސީން ވަކިވެ އެމްޑީޕީއަށް ސޮއިކުރުމުން އެޗްޑީސީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

މުއިއްޒު ޕީއެންސީގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

މުއިއްޒު ޕީއެންސީގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރި ޝާނީޒް ހާޝިމް (ޝާންކޮ) އެ ޕާޓީން ވަކިވެ އިދިކޮޅު އެމްޑީޕީއާ ގުޅުމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފި އެވެ.

އެޗްޑީސީގެ ވަޒީފާގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ޝާންކޮ އެޗްޑީސީގެ ވަޒީފާއިން ވަކިކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ ވަޒީފާއިން ވަކިކުރީ ދިފާއުގައި ދެއްކި އެއްވެސް ވާހަކައަކަށް ރިއާޔަތްނުކޮށް ކަމަށް ޝާންކޮ ބުންޏެވެ.

"ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުން އެއިރަކު އެ އޮންނަ ސަރުކާރު ނޫން އެހެން އެއްވެސް ޕާޓީއަކަށް ނުވަތަ ޕާޓީއެއްގެ ލީޑަރަކަށް ތާއީދުކޮށް ބަހެއް ބުނުންވެސް މި އޮންނަނީ ހަރާން ކަމަކާ އެއް ލެވެލްވެފައި،" ޝާންކޮ ބުންޏެވެ.

ހުޅުމާލެ ޒުވާނުންގެ މެދުގައި ވެސް މަގުބޫލު ޝާންކޮ ބުނީ އެންމެ ފުރަތަމަ އޭނާއަށް ފިއްތުންތައް ކުރިމަތިވީ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ޖަލަށްލުމުން އެކަން އެގޮތަށް ހިނގުމުން ހިތާމަކުރާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރުމުން ކަމަށެވެ. 

އޭގެ ފަހުން، އުފެދުނު ހިތްހަމަނުޖެހުންތަކުގައި ޕީއެންސީން ވަކިވެ އެމްޑީޕީއަށް ސޮއިކުރި ކަމަށް ޝާންކޮ ބުންޏެވެ. އަދި، ހިތަދޫ އުތުރު ބައި-އިލެކްޝަންގައި އަބްދުﷲ ސޯދިގު (ސޯބެ) އަށް ތާއީދުކޮށް ސޯޝަލްމީޑިއާގައި ޕޯސްޓެއް ޖެހި ކަމަށާއި ވަޒީފާއިން ވަކިކުރީ އޭގެ ފަހުން ކަމަށް އޭނާ ބުންޏެވެ.

ޝާންކޮގެ އިތުރުން ވެސް މިފަހުން ސިޔާސީ ގޮތުން ހިޔާލުތަފާތުވުމުން އެތައް ބަޔަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެ ކަންކަމާ ދެކޮޅަށް އެމްޑީޕީން ވަނީ މިރޭ މާލޭގައި މުޒާހަރާ ކުރަން ވެސް ނިންމައިފަ އެވެ.

ވަޒީފާ ބުރާސްފަތީގެ ނަމުގައި އެމްޑީޕީން ކުރާ މުޒާހަރާ ފަށާނީ މިރޭ 8:30 ގައި ރަސްފަންނު ސަރަހައްދުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox