ކުނި ރަނަށް ބަދަލުކުރުން: ގަސް ހެއްދުމަށް އާ އުއްމީދެއް
އުކާލާ ލަކުޑި ބޭނުންކޮށްގެން ރާއްޖޭގައި އަލަށް އުފެއްދި "ޓެނޯގޯ ބަޔޯޗާ" އަކީ ބިންގަނޑުގެ މުއްސަނދިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ޚަރަދުތައް ކުޑަކުރުމަށް ލިބުނު އުންމީދީ ހައްލެކެވެ. ތިމާވެއްޓާ ރައްޓެހި މި އުފެއްދުމުގެ ސަބަބުން ބޭރުން އެތެރެކުރާ ކާނާއަށް ބަރޯސާވުން ކުޑަވެ، ފަސްގަނޑުގައި ފެނާއި ގަސްކާނާ ހިފެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.