ބެޑްމިންޓަން އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕަށް ބޮޑު ސިލެކްޝަނެއް

Mar 3, 2026, 11:49 AM
ބެޑްމިންޓަން އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕަށް ބޮޑު ސިލެކްޝަނެއް

ޕާކިސްތާނުގައި އަންނަ މަހު ބާއްވާ ބެޑްމިންޓަން އޭޝިއާ، ސައުތު އޭޝިއަން ރީޖަނަލް ޗެމްޕިއަންޝިޕްގެ ބޮޑު ސިލެކްޝަނެއް ކުރިއަށް ގެންގޮސް މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ކުޅުންތެރިން ހޮވައިފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރުގަދަ އެކަޑަމީތަކުގެ ކުޅުންތެރިން ހިމެނޭހެން ކުރިއަށްދިޔަ ސިލެކްޝަނަށް ފަހު، އިސްލާމްއާބާދުގައި އަންނަ މަހު 1-7 އަށް ކުރިއަށްދާ މުބާރާތަށް ވަނީ ތިން އުމުރުފުރާ އަކުން 12 ކުޅުންތެރިން ހޮވިފަ އެވެ.

އެ ގޮތުން، 16 އަހަރުން ދަށުން ފިރިހެން ހޮވުނީ ރިވައިވަލް އޭދަފުށީގެ ރިޝާމް އަބްދުލް ފައްތާހު އާއި ރިވައިވަލްގެ މުހައްމަދު އައިދިން އަންވަރު އެވެ. މި އުމުރުފުރާގެ އަންހެން ބައިން، ހޮވުނީ ބީއޭއެމް ވައިޑީޕީގެ ޔަލްވީ ހުސެއިން ޒުހުރީ އާއި ލައިބާ އަހުމަދު މަހުލޫފް (އެލީ) އެވެ.

ނަވާރަ އަހަރުން ދަށު ފިރިހެން ބައިން ބީއޭއެމް ވައިޑީޕީގެ މުހައްމަދު ފަލާހު ފަރޫޒާން އާއި ނައިފަރުގެ އިބްރާހިމް ނާޝިތު ހަމްދީ ވަނީ ހޮވިފަ އެވެ. އަދި، މި އުމުރުފުރާގެ އަންހެން ބައިން، ބީއޭއެމް ވައިޑީޕީގެ ކިޔާން އާދިލް މުހައްމަދު އާއި އައިމިނަތު ފަރްހާ ފަރޫޒާން ވަނީ ހޮވިފަ އެވެ.

ތޭވީސް އަހަރުން ދަށުގެ ފިރިހެން ބައިން، ހޮވުނީ ރިވައިވަލްގެ އާދަމް މަހީން މުހައްމަދު އާއި އަހުމަދު އަޔާން ބިން މުހައްމަދު ސޮލާހު އެވެ. އަދި، މި އުމުރުފުރާގެ އަންހެން ބައިން ހޮވުނީ، ބީއޭއެމް ވައިޑީޕީގެ އައިޝަތު ޒޯޔާ ހުސެއިން އާއި ޝުބާ މުހައްމަދު ޝަރީފް އެވެ.

ބީއޭއެމްގެ ރައީސް، އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވީ، އުމުރުފުރާ މުބާރާތަކަށް މި ގޮތަށް ރާއްޖޭގެ ވަރުގަދަ އެކަޑަމީތަކަށް ހުޅުވާލައިގެން މި ގޮތަށް ސިލެކްޝަނެއް ފޯރިގަދަކޮށް ބޭއްވިގެން ދިއުމަކީ ކުރިއެރުމެއް ކަމަށެވެ. އަދި، އުންމީދަކީ ސިލެކްޝަންތައް ކުޅެ، ކުޅުންތެރިންގެ ލެވަލް މަތިކޮށްގެން ބައިނަލްއަގުވާމީ މުބާރާތްތަކަށް ދެވެން އޮތްނަމަ އެ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުން ކަމަށް އިއްޕަ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox