ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޓޫފޯ ރަސްމީކޮށް އައްޔަންކޮށްފި

ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު (ވ) -- ފޮޓޯ: ޕޮލިސް

ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު (ވ) -- ފޮޓޯ: ޕޮލިސް

ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ފުލުހުންގެ ވަޒީފާއިން މީގެކުރިން ކަނޑާލާފައި ހުރި އަހުމަދު މުހައްމަދު (ޓޫފޯ) މިއަދު އައްޔަނުކޮށްފި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، 1995 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފުލުހުންގެ ވަޒީފާއާ ގުޅުނު ޓޫފޯ މަގާމަށް އައްޔަންކުރިކަމުގެ ފަތްކޮޅު އެރުވީ ޑރ. މުހައްމަދު މުއިއްޒު އެވެ. 

މިދިޔަ ސަރުކާރުގައި ޓޫފޯ މަގާމުން ވަކި ކުރީ، ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވޭ ފުލުހުންގެ ސީނިއާ އޮފިސަރުން މަގާމުން ވަކި ކުރަންޖެހޭނެ ކަމަށް ފުލުހުންގެ އާ ގާނޫނުގައި ބަޔާންކޮށްފައި އޮތުމުންނެވެ. 

Advertisement

ފުލުހުންގެ ލޯންޗުތަކެއް ގަތުމުގައި ޓޫފޯ ކޮރަޕްޝަން ހިންގައި ފައިސާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހުން ބެލި އެވެ. އެ މައްސަލަ މިފަހުން އަނެއްކާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. 

ޓޫފޯ ފުލުހުންގެ ވަޒީފާއަށް އަލުން ނެރެ، އޭނާއަށް މި ސަރުކާރުން ވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ދީފަ އެވެ. 

ފުލުހުންގެ ހިދުމަތުން އޭނާ ވަކިކުރަން އޯގަސްޓު 9، 2021، ގައި ޕޮލިސް ބޯޑުން ލަފާދިނީ ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި މައްސަލައަށް ވެސް ރިއާތަތް ކުރުމަށްފަހު ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. އެ ލަފަޔާ އެއްގޮތަށް ޓޫފޯ ވަޒީފާއިން ވަކިކުރީ އޮކްޓޫބަރު 10، 2021، ގަ އެވެ.

މިއީ މި ސަރުކާރުން އައްޔަން ކުރާ ތިން ވަނަ ޕޮލިސް ކޮމިޝަނަރެވެ. އެންމެ ފުރަތަމަ އެ މަގާމު އަދާކުރެއްވީ އަލީ ސުޖާއު އެވެ. އެއަށްފަހު އެ މަގާމަށް ވަޑައިގަތީ އިސްމާއިލް ނަވީން އެވެ. 

ސުޖާއު އިސްތިއުފާ ދެއްވީ، އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާގެ މައްސަލައިގައި މާލޭގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާގެ ޕްރެޝަރު ބޮޑުވެގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox