ނައީމާ މަރާލަން ރާވައި އަގުދިން ކަމަށް ދައުލަތުން ބުނާ ފަވާޒް ޕީޖީން އެދިގެން ގޭބަންދަށް ބަދަލުކޮށްފި

ނައީމާ މަރާލުމުގެ ތުހުމަތު ކުރެވޭ ހަސަން ފަވާޒު: އޭނާ ގޭބަންދުކުރީ ސިއްހީ ހާލަތަށް ބަލާފައި ---

ނައީމާ މަރާލުމުގެ ތުހުމަތު ކުރެވޭ ހަސަން ފަވާޒު: އޭނާ ގޭބަންދުކުރީ ސިއްހީ ހާލަތަށް ބަލާފައި ---

ނ. މަނަދޫ، އަންނާރުމާގޭ، ނައީމާ މޫސާ މަރާލުމަށް ރޭވުމުގެ ފަހަތުގައި އެންމެ އިސްކޮށް ހުރެ އެ ކަމަށް އަގު ދިން ކަމަށް ބުނެ ދައުލަަތުން ދައުވާކުރާ ހަސަން ފަވާޒް، ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގ ގާނޫނަށް ރިއާޔަތްކޮށް ފަވާޒް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާ ގޭ ބަންދަށް ބަދަލުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެންނެވެ.

ގޭ ބަންދަށް ބަދަލުކުރިއިރު، ފަވާޒްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ ފަވާޒް ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދުނީ އޭނާގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރު ދީފައިވާ ލަފާ އާއި ބަލީގެ ހައްސާސްކަމަށް ރިއާޔަތްކޮށް ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރި ކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ނަމަވެސް، އޭނާ ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް ކޯޓުގައި އެދުނީ ފަވާޒްއަށް ޝަރުތުތަކެއް ކުރުމަށްފަހު ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އެގޮތުން:

  • ބަންދުން ދޫކޮށްލާފައި ހުންނައިރު ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން
  • ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް ހާޒިރުވުން
  • ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 6:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން
  • ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާން ޖެހޭ ހާލަތް ފިޔަވައި އެ ނޫން ހުރިހާ ހާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން
  • މާލެއިން ބޭރަށް ނުދިޔުން
  • މައްސަލައިގައި ހެކިބަސް ދޭނެކަމަށް ގަބޫލުކުރެވޭ އެއްވެސް މީހަކާ މުއާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުން
  • ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިޔުންތައް ކޮންމެ 15 ދުވަހަކުން އެއްފަހަރު މި އޮފީހަށާއި، ކްރިމިނަލް ކޯޓާ ހިއްސާކުރަމުން ދިޔުން

ޕީޖީ އޮފީހުން ބުނީ އެ ހުރިހާ ޝަރުތަކަށް ވެސް ފަވާޒް އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން، އެ އޮފީހުން އެދުނު ގޮތަށް މިއަދުގެ ވަގުތެއްގައި ފަވާޒް ގޭ ބަންދަށް ކްރިިމިނަލް ކޯޓުން ބަދަލު ކޮށްދީފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ގޭ ބަންދުގައި ހުންނަ މުއްދަތުގައި، ފަވާޒްއަށް ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލު ކުރަމުން ދޭތޯ ފުލުހުންނާއި ކަރެކްޝަންސްއިން ބަލަމުންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި، އެ ގޭ ބަންދުގައި ހުންނަ މުއްދަތުގައި އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ، ވަގުތުން ޖަލު ބަންދަށް ބަދަލު ކޮށްދިނުމަށް ކޯޓުގައި އެދޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ނައީމާ މޫސާ، 62، މަރާލާފައި އޮއްވާ ފެނުނީ އޭޕްރިލް 7، 2023 ގެ ރޭގަނޑު އިރާކޮޅު އޭނާ ދިރިއުޅޭ ގެ، އަންނާރުމާގެއިންނެވެ. ނައީމާ ފެނުނުއިރު، އޭނާގެ ހަށިގަނޑުގެ އެތައް މިތަނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްފައި ހުއްޓެވެ. އޭނާގެ ހަށިގަނޑު އޮތް ކޮޓަރި ވެސް އޮތީ ލެއިން ތަތްތެޅިފަ އެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ފަވާޒުގެ އިތުރުން އަހުޒަމް އަބްދުލްޝަކޫރާއި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ފާއިތުވެފައި ވަނިކޮށް، އަހުޒަމް ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ބަންދުގައި ގޮޅީގައި ހުއްޓައި، އޭނާ މަރުގެ މައްސަލައިގައި ތަހުގީގަށް އެއްބަސްވެ މައުލޫމާތު ދީފައިވެ އެވެ. ފަވާޒާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.

މީގެ ކުރިން ދައުލަތުން ކޯޓުގައި ބުނެފައި ވަނީ ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ ސިހުރު ހަދާ މީހުން ގަތުލު ކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން ކަމަށް ބުނެ އަހުޒަމާއި ރިފާސްއަށް ވިސްނައިދީ އިރުޝާދު ދެމުން ދިޔައީ ފަވާޒު ކަމަށެވެ.

އަދި، އޭޕްރީލް 6، 2023 ގެ ދަންވަރު އަހުޒާމާއި ރިފާސް އަންނާރުމާގެ ކައިރިއަށް ކާރެއްގައި ދުއްވާފައި ގެންގޮސް ދިނީ ވެސް ފަވާޒު ކަމަށް ދައުލަތުން ބުނެފައިވެ އެެވެ. ނައީމާ މަރާލަންވީ ގޮތުގެ އިރުޝާދު ވެސް އަހުޒަމާއި ރިފާސްއަށް ބުނެދިނީ ފަވާޒު ކަމަށް ވެސް ދައުލަތުން އޭރު ބުންޏެވެ.

ނައީމާ މަރާލުމުން އެ މަސައްކަތުގެ އަގެއްގެ ގޮތުގައި އަޒުހަމާއި ރިފާސްއަށް ފަވާޒު މަސްތުވާތަކެތި ފޯރުކޮށްދިން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ނަމަވެސް، ފަވާޒް ވަނީ އެ ތިން ދައުވާއަށް ވެސް އިންކާރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox