ނައީމާގެ މަރު: ދައުވާތަކަށް ރިފާސް މިއަދު ޖަވާބެއް ނުދިން

ނައީމާގެ މަރު: ދައުވާތަކަށް ރިފާސް މިއަދު ޖަވާބެއް ނުދިން

މިދިޔަ އަހަރު އޭޕްރީލް 7، ގައި މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލި މައްސަލައިގައި ހިމެނޭ އަބްދުލްވާހިދު ރިފާސްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް މިއަދު ޖަވާބުދާރީވެވެން ނެތް ކަމަށް އޭނާ ބުނެފި އެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރާއި, ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒުގެ އިތުރުން ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް އަށެވެ. އެ ތިން މީހުންގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކި ވަކިންނެވެ.

ފުރަތަމަ އޮތީ ރިފާސްގެ ބައެވެ. ރިފާސްގެ ވަކީލު އާދަމް ޝަމީމް ފުރަތަމަ އެދިވަޑައިގަތީ ފުލުހުން ތައްޔާރުކުރަމުންދާ ފޮރެންސިކް ހެކިތަކުގެ ރިޕޯޓްތައް ލިބުމުން ދައުވާއަށް ޖަވާބުދާރީވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.

Advertisement

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ދައުވާއަށް ޖަވާބުދާރީވުމުގައި އޮންނަނީ ދައުވާއަށް އިންކާރުކުރާ ކަން ނުވަތަ އިއުތިރާފުވާ ކަން ބުނުން އެކަނި ކަމަށެވެ. ފުލުހުންގެ ބައެއް ރިޕޯޓުތައް އަދި ނުލިބުނަސް ދައުވާތަކަށް ޖަވާބުދާރީވެވޭނެ ކަމަށް ޝަރީއަތުން ދެކޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެއަށް ފަހު ދައުލަތުގެ ވަކީލުންނަށް ތިން ދައުވާ އިއްވުމަށް ގާޒީ އެންގެވި އެވެ. ދައުވާ އިއްވުން ކުރިއަށް ގެންދިޔައީ ފަހަރަކު ދައުވާއެއް ވަކިންނެވެ. ފުރަތަމަ އިއްވީ ނައީމާ މަރާލުމުގެ ދައުވާ އެވެ.

އެ ދައުވާއަށް ޖަވާބުދާރީވާން ގާޒީ އެންގެވުމުން ރިފާސް ބުނީ ވަކީލާ މަޝްވަރާކޮށްފައި ނޫނީ ވަކި ޖަވާބެއް ދިނުމަށް ދަތި ކަމަށެވެ. ދެން ވަކީލާ ސުވާލު ކުރުމުން ޝަމީމް ވެސް ވިދާޅުވީ އޭނާ ވެސް އެދެނީ މުވައްކިލު ދަންނަވާ ގޮތަކަށް ކުރިއަށް ގެންދިއުމަށެވެ.

ދައުވާއަށް އިންކާރު ކުރާ ކަން ނުވަތަ އިއުތިރާފުވާ ކަން ބުނުމަށް ގާޒީ އެންގެވުމުން ވެސް ރިފާސް ބުނީ "މިއީ ވަރަށް ބޮޑު މައްސަލައެއް" ކަމަށެވެ. ދައުވާއަށް ވަކި އެއްޗެއް ބުނަން އެނގޭނީ ވަކީލާ ބައްދަލުކޮށް އިތުރަށް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ދެން އެ ގޮތަށް ކުރިއަށް ދާން ގާޒީ ނިންމެވި އެވެ. ހެކިތައް ނައްތާލި މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވާ އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި، މައްޔިތާގެ ހަށިގަނޑު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަށް ވެސް ރިފާސް ބުނީ ހަމަ އެއް ވާހަކައެކެވެ.

އަހުޒަމާއި ފަވާޒުގެ މައްޗަށް ވެސް ދައުލަތުން އުފުލާފައިވަނީ ހަމަ މި ތިން ދައުވާ އެވެ. އެ ދެ މީހުންގެ ބައި ވެސް ވަކިވަކިން މިއަދު ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވެ އެވެ.

ފަސްފަހަތް

ނައީމާ، 62، މަރާލާފައި އޮއްވާ ފެނުނީ އޭޕްރީލް 7، 2023 ގެ ރޭގަނޑު އިރާކޮޅެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަޅާފައި ހުއްޓެވެ. އަދި މުޅި ކޮޓަރިތެރެ އޮތީ ލެއިން ތަތްތެޅިފަ އެވެ.

މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި އޮއްވައި، އަހުޒަމް ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ބަންދުގައި ގޮޅީގައި ހުއްޓައި، އޭނާ މަރުގެ މައްސަލައިގައި ތަހުގީގަށް އެއްބަސްވެ މައުލޫމާތު ދީފައިވެ އެވެ. ފަވާޒާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.

ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ނައީމާ މަރާލީ އޭޕްރީލް 6، ގެ ދަންވަރު ވަގުތު ނިދާފައި އޮއްވަ އެވެ.

ނައީމާ މަރުވި އިރު އޭނާގެ ތިން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox