ނައީމާގެ މަރު; ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ދޭން ނިންމައިފި

ނައީމާ އަދި މަރުގެ ތުހުމަތު ކުރެވޭ މީހުނާ އޮތް ގުޅުމާއި މަރުގެ މަގުސަދު ދައްކުވައިދީފައި - އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު

ނައީމާ އަދި މަރުގެ ތުހުމަތު ކުރެވޭ މީހުނާ އޮތް ގުޅުމާއި މަރުގެ މަގުސަދު ދައްކުވައިދީފައި - އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު

މިދިޔަ އަހަރު އޭޕްރީލް 7، ގައި މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލާގައި ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރާއި, ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒުގެ އިތުރުން ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް އަށެވެ. އެ ތިން މީހުންގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކި ވަކިންނެވެ.

މިއަދު ބޭއްވި ތިން އަޑުއެހުމުގައި ވެސް ނިންމީ ދައުލަތުން އެދުނު ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެ ދިނުމަށެވެ. ދައުލަތުން އެދުނީ ބައެއް ހެކިތައް އެއްކޮށް ސިއްރުކޮށްދިނުމަށާއި, ބައެއް ހެކިތަކުގެ ވަކި މިންވަރެއް ސިއްރު ކޮށްދިނުމަށެވެ.

އެއްކޮށް ސިއްރުކުރަން އެދުނު ހެކިތަކުގެ ތެރޭގައި ސިއްރު ހެކިންގެ ބަޔާންތައް ހިމެނޭއިރު ވަކި މިންވަރެއް ސިއްރުކޮށްދޭން އެދުނު ހެކިތަކުގެ ތެރޭގައި ނައީމާގެ މަރުގެ މައްސަލާގައި ނަގާފައިވާ ފޮޓޯތައް ހިމެނެ އެވެ.

މި މައްސަލާގައި ދައުވާއަށް ޖަވާބުދާރީވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެން ބާއްވާ އަޑުއެހުމެއްގަ އެވެ.

ކްރިމިނަލް ކޯޓުގެ ހާލަތު ހުރި ގޮތުން ކޮންމެ ދުވަހަކު ޝަރީއަތްތައް ނުބޭއްވޭތީ, މި މައްސަލާގައި ދެން ޝަރީއަތް ބޭއްވޭނެ ތާރީހެއް ފަހުން ކަނޑައަޅުއްވާނެ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ ހުސެއިން ފަވާޒުގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ވަނީ, އޭނާއަށް ލިބެންޖެހޭ ސިއްހީ ހިދުމަތްތައް ލިބުމުގައި ލަސްކަން ފާހަގަކޮށް, ބޭސްފަރުވާގެ ކަންކަން ކުރިއަށްވުރެ ފުރިހަމައަށް ހަމަޖައްސައިދޭން އެދިފަ އެވެ. އަދި މައްސަލައިގެ ދިފާއު ބިނާ ކުރުމަށް ވަކީލާއި މުވައްކިލާ ދެމެދު އެކަށީގެންވާ މިންވަރަށް ވާހަކަދެއްކޭނީ އޭނާއަށް ބޭނުންވާ ނަފްސާނީ ފަރުވާ ލިބޭނެ ގޮތް ހަމަޖެހުމުން ކަމަށްވާތީ އެކަން ހަމަޖައްސައި ދިނުމަށް ދިފައީ ވަކީލު އަހުމަދު ޔާމީން އެދިވަޑައިގެންނެވި އެވެ.

އެ ފުރުސަތު ދިނުމަށްފަހު މައްސަލައިގެ ޝަރީއަތްތައް, ކޯޓުން ކަނޑައަޅާ ތާރީހެެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މައްސަލައިގެ ފަސްފަހަތް؛

ނައީމާ، 62، މަރާލާފައި އޮއްވާ ފެނުނީ އޭޕްރީލް 7، 2023 ގެ ރޭގަނޑު އިރާކޮޅެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަޅާފައި ހުއްޓެވެ. އަދި މުޅި ކޮޓަރިތެރެ އޮތީ ލެއިން ތަތްތެޅިފަ އެވެ.

މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި އޮއްވައި، އަހުޒަމް ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ބަންދުގައި ގޮޅީގައި ހުއްޓައި، އޭނާ މަރުގެ މައްސަލައިގައި ތަހުގީގަށް އެއްބަސްވެ މައުލޫމާތު ދީފައިވެ އެވެ. ފަވާޒާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.

ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ނައީމާ މަރާލީ އޭޕްރީލް 6، ގެ ދަންވަރު ވަގުތު ނިދާފައި އޮއްވަ އެވެ.

ނައީމާ މަރުވި އިރު އޭނާގެ ތިން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox