ދައުލަތުން ބުނީ ފަވާޒަކީ ނައީމާ މަރާލަން ރާވައި އަގު ދިން މީހާ ކަމަށް، ދައުވާއަށް އިންކާރުކޮށްފި

ދައުލަތުން ބުނީ ފަވާޒަކީ ނައީމާ މަރާލަން ރާވައި އަގު ދިން މީހާ ކަމަށް، ދައުވާއަށް އިންކާރުކޮށްފި

މިދިޔަ އަހަރު އޭޕްރީލް 7، ގައި މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލުމުގެ ރޭވުމުގެ ފަހަތުގައި އެންމެ އިސްކޮށް ހުރެ، އެ ކަމަށް އަގު ދިނީ ހަސަން ފަވާޒު ކަމަށް ދައުލަތުން މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ފަވާޒުގެ އިތުރުން އަހުޒަމް އަބްދުލްޝަކޫރާއި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ. ތިން މީހުންނަށް ދައުވާތައް އިއްވުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.

ފަވާޒުގެ ބައި މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވާއިރު ދައުލަތުން ދައުވާ އިއްވަވަމުން ވަނީ ކުށް ހިންގި ގޮތުގެ ތަފުސީލު ކިޔައިދީފަ އެވެ.

Advertisement

ދައުލަތުގެ ވަކީލު ބުނި ގޮތުގައި ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ ސިހުރު ހަދާ މީހުން ގަތުލު ކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން ކަމަށް ބުނެ އަހުޒަމާއި ރިފާސްއަށް ވިސްނައިދީ އިރުޝާދު ދެމުން ދިޔައީ ފަވާޒެވެ.

މިދިޔަ އަހަރުގެ އޭޕްރީލް 6، ގައި ދަންވަރު އަހުޒާމާއި ރިފާސް އަންނާރުމާގެ ކައިރިއަށް ކާރެއްގައި ދުއްވާފައި ގެންގޮސްދިނީ ވެސް ފަވާޒު ކަމަށް ދައުލަތުން ބުންޏެވެ. ނައީމާ މަރާލަންވީ ގޮތުގެ އިރުޝާދު ވެސް އަހުޒަމާއި ރިފާސްއަށް ބުނެދިނީ ފަވާޒު ކަމަށް ވެސް ވަކީލު ބުންޏެވެ.

ނައީމާ މަރާލުމުން އެ މަސައްކަތުގެ އަގެއްގެ ގޮތުގައި އަޒުހަމާއި ރިފާސްއަށް ފަވާޒު މަސްތުވާތަކެތި ފޯރުކޮށްދިން ކަމަށް ވެސް ދައުލަތުގެ ވަކީލު ބުންޏެވެ.

ދައުލަތުން އިއްވި ތިން ދައުވާއަށް ވެސް ފަވާޒު އިންކާރުކުރި އެވެ. ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން ކުރާ ދައުވާތަކަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އެވެ.

މިއަދު ހެނދުނު ފުރަތަމަ އޮތީ ރިފާސްގެ ބައެވެ. ރިފާސްގެ މައްޗަށް އުފުލާ އެ ތިން ދައުވާ ދައުލަތުން މިއަދު އިއްވި އެވެ. އެކަމަކު ދައުވާއަށް އިންކާރު ކުރާ ކަން ނުވަތަ އިއުތިރާފުވާ ކަން ބުނުމުގެ ބަދަލުގައި އޭނާ ބުނީ ވަކީލާ ވާހަކަ ދައްކާފައި ނޫނީ ދައުވާއަށް ވަކި އެއްޗެއް ބުނަން އުނދަގޫ ކަމަށެވެ.

މި މައްސަލާގައި ދެން ދައުވާކުރާ އަހުޒަމްގެ ބައި އޮތީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ފަސްފަހަތް

ނައީމާ، 62، މަރާލާފައި އޮއްވާ ފެނުނީ އޭޕްރީލް 7، 2023 ގެ ރޭގަނޑު އިރާކޮޅެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަޅާފައި ހުއްޓެވެ. އަދި މުޅި ކޮޓަރިތެރެ އޮތީ ލެއިން ތަތްތެޅިފަ އެވެ.

މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި އޮއްވައި، އަހުޒަމް ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ބަންދުގައި ގޮޅީގައި ހުއްޓައި، އޭނާ މަރުގެ މައްސަލައިގައި ތަހުގީގަށް އެއްބަސްވެ މައުލޫމާތު ދީފައިވެ އެވެ. ފަވާޒާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.

ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ނައީމާ މަރާލީ އޭޕްރީލް 6، ގެ ދަންވަރު ވަގުތު ނިދާފައި އޮއްވަ އެވެ.

ނައީމާ މަރުވި އިރު އޭނާގެ ތިން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox